Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނާގެ އައު ސަފީރު

ގާނާގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

5 ސެޕްޓެމްބަރު 2022 | ހޯމަ 13:38

ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން، ދެ ގައުމަށްވެސް ފައިދާހުރި، އިތުރު ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ސެޕްޓެމްބަރު 2022 | ހޯމަ 13:38
ގާނާގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ގާނާގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ގާނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ކުވާކޫ އަސޫމާ ޝެރަމޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ގާނާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާގުޅިގެން މަރުހަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ގާނާއިން ސިޔާސީ ގުޅުން ގާއިމުކުރިތާ 33 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި، ކުރިޔަށް އޮތްތަނުގައިވެސް މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިބައްދަލުކުރެއްވުމުގައި ގާނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ގާނާގެ ސަފީރުގެ ހައިސިއްޔަތުން މަސައްކަތްޕުޅުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމަށްޓަކައި ޝުކުރުދެންނެވިއެވެ. އަދި ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން، ދެ ގައުމަށްވެސް ފައިދާހުރި އިތުރު ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ގާނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ގައުމެއްކަން ފާހަގަކުރައްވަމުން، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުން ދަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދެމެހެއްޓެނިވިގޮތުގައި ކުރިއަށް ގެންދެވޭނެ ސިނާއަތަކަށް ހެދުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ދެބޭފުޅުން ވަނީ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ދިވެހިރާއްޖެއާ ގާނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1989 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި
19 އެޕްރީލު 2017

ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި

19 އެޕްރީލު 2017
ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
07 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގިރޭސި ސަފީރު

07 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގިރޭސި ސަފީރު
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް