Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނުތަކަށް ބަދަލުގެނައުން

ގާނޫނަށް މާގިނައިން އިސްލާހު ގެންނާތީ ޢަލީ ޙުސައިންގެ ކަންބޮޑުވުން

ގާނޫނު ފާސްކުރާތާ 2 މަސް ނުވަނީސް އިސްލާހު ހުށަހަޅާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ސެޕްޓެމްބަރު 2022 | ހޯމަ 13:14
ޢަލީ ޙުސައިން

ޢަލީ ޙުސައިން

ގާނޫނުތަކާއި ގަވާއިދުތަކަށް، ގާތްގާތުގައި އިސްލާހުތައް ގެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އޭނާ މިފަދައިން ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވީ ޔޫޓިލިޓީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޗް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ، ގާނޫނުތައް ފާސްކުރުމަށްފަހު ގާނޫނެއްގެ ސިފަ ގެއްލޭވަރަށް އެ ގާނޫނަށް އިސްލާހު ގެންނަމުންދާކަމަށާއި، ގާތްގާތުގައި ގާނޫނުތަކަށް ބޮޑެތި އިސްލާހުތައް ގެނައުމަކީ އޮޅުންއަރާކަމެއް ކަަމަށް ވިދާޅުވެފައެވެ. ގާނޫނު ފާސްކުރާތާ 2 މަސް ނުވަނީސް އިސްލާހު ހުށަހަޅާކަން ފާހަގަކުރައްވައި އޭނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތައް ގިނަވުމުން، ބަންޑާރަނައިބާއި މަޖިލީހުގެ މެމްބަރުންނަށްވެސް ދަތިފުޅުވާކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ. އެގޮތުން ގްރީންޓެކްސް ނެގުން ފަސްކުރަން ޖެހުނީ، ގާތްގާތުގައި އިސްލާހުތައް ހުށަހެޅުމުގެ ނަތީޖާއެއްގެގޮތުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ޢަލީ ޙުސައިން މިފަދައިން ވިދާޅުވީ، ޓުއަރިޒަމް ގާނޫނަށް ގެނައި އިސްލާހަކާގުޅިގެން، ގްރީން ޓެކްސް ނެގުން ފަސްކުރަންޖެހިފައި ވާތީ އެކަމަށް އިޝާރާތްކުރައްވަމުންނެވެ. ޓުއަރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި، ގްރީން ޓެކްސް ނަގަންފަށާ ތާރީޚުގެ ގޮތުގައި 1 ޖެނުއަރީ 2023 އޮތުމާއެކު، އެ މައްސަލައިގައި ފުށުއެރުންތަކެއް ހުރުމުން، އެކަން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އެކަމާގުޅިގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

02 މާރިޗު 2017
ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު