Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުތުރު ތިލަފަޅު ޔޫނިއަން

އުތުރު ތިލަފަޅުގައި ގޯއްޗާއި ފުލެޓު ދިނުންފިޔަވާ އިތުރު އެއްވެސް ކަމެއް ކުރުމަކީ ބަލައިގަންނާނެ ކަމެއްް ނޫން: ޔޫނިއަން

އަލީ ހުސައިން ވިދާޅުވީ މިސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި އެމައްސަލައަށް ހައްލެއް ހޯދޭނީ ގޯތި ލިބިގެން ކަމަށެވެ. އަދި އުތުރުތިލަފަޅުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރި ގޯތިތައް ރައްޔިތުންނަށް ލިބޭނެކަން އެޔޫނިއަނުން ކަށަވަރުކުރާނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ޝާހީން
އަލީ ޝާހީން | 29 ޖޫން 2025 | އާދީއްތަ 14:38
އުތުރު ތިލަފަޅު ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އުތުރު ތިލަފަޅު ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އުތުރު ތިލަފަޅުން ގޯތި ދިނުން ފިޔަވާ ނުވަތަ ގޮއްޗާއި ފުލެޓު ދިނުން ފިޔަވާ އިތުރު ކަމެއް އެތާގައި ކުރުމަކީ އުތުރު ތިލަފަޅު ޔޫނިއަން އިން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ބުނެފިއެވެ.

އުތުރު ތިލަފަޅު ޔޫނިއަން ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، އުތުރު ތިލަފަޅު އެހެން ބޭނުންތަކަށް ބިން ދޫކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ރައްޔިތުންގެ ތެރެއިން ނަވާރަ ހާސް މީހުންނާށްވުރެ ގިނަ ބަޔަކު ގޯތި ލިބުމުގެ އުންމީދުގައި ތިއްބާ ދަނޑުވެރިކަމަށް އުތުރު ތިލަފަޅު ހާއްސަ ކުރެވިގެން ދިޔައިމަ އެއީ ރައްޔިތުންގެ ވެސް ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ މިސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި އެމައްސަލައަށް ހައްލެއް ހޯދޭނީ ގޯތި ލިބިގެން ކަމަށެވެ. އަދި އުތުރުތިލަފަޅުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރި ގޯތިތައް ރައްޔިތުންނަށް ލިބޭނެކަން އެޔޫނިއަނުން ކަށަވަރުކުރާނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މިސަރުކާރުން އުތުރު ތިލަފަޅާއި ގުޅިގެން އެތައް ކަމެއްގެ ވާހަކަ ދައްކާފައިވާ ކަމަށާއި އެގޮތުން އުތުރު ތިލަފަޅުގައި ސަރުކާރުން މަރުކަޒީ ޖަލެއް ގާއިމު ކުރާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް އަލީ އިހްސާން ވިދާޅުވިއެވެ.

މިހާރު އުތުރު ތިލަފަޅުގައި އެގްރިކަލްޗަރ ޒޯން އަކަށް ހަދައި އެތާ ގްރީން ހައުސްތަކާއި ބައިވަރު ޕްރޮޖެކްޓަކެއް ހިނގައި އިގްތިސޯދީ ގޮތުން ވަކިން ހާއްސަކޮށް ދަނޑުވެރިކަމާއި ގުޅޭ ފޫޑް ސެކިއުރިޓީއާއި ގުޅޭ ބޮޑު ޕްރޮޖެކްޓެއް ހިންގާ ވާހަކަ ދައްކަމުން ދައްކަމުން އޭގެ ތާރިހުތަކާއެއްޗެހި ދެމުންގޮސް އަނެއްކާ 25 ޖޫން 2024 ގައި 241 ކޮމެޓިގައި މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވަނީ އުތުރު ތިލަފަޅުގައި ތިމަންނަމެން ނިންމައިފީމެ ޗެންޓްރަލް ޖަލު އަޅަން، 34:00
އަލީ ހުސައިން

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ، 300 އެއްހާ ކުދިން ރިހެބިލިޓޭޓު ކުރުމަށް 19،000 އާއިލާގެ އުންމީދު ގެއްލުވާލައިގެން ނުވާނެ ކަމަށެވެ. އަދި އެތަނުގައި ސެންޓްރަލް ޖަލަކާއި ހޯޕް އައިލެންޑެއް އަޅައި، މީހުން ދިރިއުޅުމަށް ގޯތި ދިނުމަށް ކުރަން ޖެހޭ ޚަރަދު މާބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ދުރާލާ ވިސްނައި ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި އަޅަންޖެހެނީ ސެންޓްރަލް ޖަލެއް ނުވަތަ ހޯޕް އައިލެންޑެއްވެސް ނޫންކަމަށާއި އުތުރު ތިލަފަޅަށް ވާންޖެހޭ ގޮތަކީ ކުރީ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް އެތަން ހިއްކާ އެތަނުން ގޯތި ދިނުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަދި އެއީ މާލެ ސަރަހައްދުގައި ޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ފެށި ކަމެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އުތުރުތިލަފަޅާ ގުޅުވައި، ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރާ މަޝްވަރާ ކުރާނެ ކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ. އަދި، އެތަނުން ގޯތި ނުދީ އެހެން ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަން އެ ޔޫނިއަނުން ފާހަގަކޮށްފައިވެއެވެ.

އެހެނިހެން ބޭނުންތަކަށް އުތުރުތިލަފަޅު ޚާއްސަކޮށްފައިވާތީ އެޔޫނިއަން އިން ކަންބޮޑުވުން ފާޅުކުރިއިރު، ހޯޕް އައިލެންޑް ތަރައްގީކުރަން މިހާރު ހަތަރު އިންވެސްޓަރަކު ކުރިމަތިލައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ފަށާފައިވާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލު ގެޒެޓު ކުރީ 23 ސެޕްޓެމްބަރު 2023 ގަ އެވެ. ނަމަވެސް، ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔައްސާ ގުޅޭ މާ ގިނަ މައުލޫމާތެއް މި ސަރުކާރުން ހާމައެއް ނުކުރެ އެވެ. އޭގެ ތެރެއިން އެއްވެސް ފޯމެއް ބާތިލު ނުކުރާނެ ކަމުގެ ޔަގީންކަން ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވަނީ ދެއްވައިފަ އެވެ.

އުތުރު ތިލަފަޅުއަލީ ހުސެއިންގޯތި ދިނުންމަރުކަޒީ ޖަލު

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "

25 ނޮވެމްބަރު 2025
"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "
12 އޮކްޓޯބަރު 2025

ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

12 އޮކްޓޯބަރު 2025
ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި
25 ސެޕްޓެމްބަރު 2025

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިފާ ފްލެޓްތަކަށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން

25 ސެޕްޓެމްބަރު 2025
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިފާ ފްލެޓްތަކަށް އެޑްވާންސް ފައިސާ ނަގަމުންދަނީ ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
21 ސެޕްޓެމްބަރު 2025

އިސްލާމީ ހަޟާރާތް ކުރިއަރައިގެންދިޔައީ އިންސާނުންގެ ސިކުނޑީގައި ތަޅުއަޅުވައިގެނެއް ނޫން: އަލީ ހުސެއިން

21 ސެޕްޓެމްބަރު 2025
އިސްލާމީ ހަޟާރާތް ކުރިއަރައިގެންދިޔައީ އިންސާނުންގެ ސިކުނޑީގައި ތަޅުއަޅުވައިގެނެއް ނޫން: އަލީ ހުސެއިން
06 ސެޕްޓެމްބަރު 2025

ގައުމު ސަލާމަތްކުރަން އައިމީހުން 38 ބިލިޔަނަށްވުރެ ބޮޑު އަދަދަކުން ދަރުވާލައިފި: އަލީ ހުސެއިން

06 ސެޕްޓެމްބަރު 2025
ގައުމު ސަލާމަތްކުރަން އައިމީހުން 38 ބިލިޔަނަށްވުރެ ބޮޑު އަދަދަކުން ދަރުވާލައިފި: އަލީ ހުސެއިން
05 އޯގަސްޓު 2025

މުހިންމީ 600 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފުށިދިއްގަރު ފަޅު ހިއްކުމެއް ނޫން، މުހިންމީ ކުރީ ސަރުކާރުގެ ހައުސިންގ މަޝްރޫއުތައް ނިންމުން: އަލީ ހުސެއިން

05 އޯގަސްޓު 2025
މުހިންމީ 600 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފުށިދިއްގަރު ފަޅު ހިއްކުމެއް ނޫން، މުހިންމީ ކުރީ ސަރުކާރުގެ ހައުސިންގ މަޝްރޫއުތައް  ނިންމުން: އަލީ ހުސެއިން
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
10 ޖުލައި 2025

ފުލެޓަށް ޝަރުތުހަމަވި މީހުން މާލޭގައި ނޫޅޭ ކަމަށް ދައްކަން މިނިސްޓްރީން ދޮގު މައުލޫމާތު ހިމެނޭ ސިޓީތަކެއް ފޮނުވަނީ!

10 ޖުލައި 2025
ފުލެޓަށް ޝަރުތުހަމަވި މީހުން މާލޭގައި ނޫޅޭ ކަމަށް ދައްކަން މިނިސްޓްރީން ދޮގު މައުލޫމާތު ހިމެނޭ ސިޓީތަކެއް ފޮނުވަނީ!
19 އެޕްރީލު 2025

ރައީސް މުއިއްޒަށް ވެސް އެންމެ ރަނގަޅުވާނީ ސުޕްރީމް ކޯޓު އޮތް ގޮތަށް ބާއްވައި، ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ފުރުސަތު ދިނުން: އަލީ ހުސެއިން

19 އެޕްރީލު 2025
ރައީސް މުއިއްޒަށް ވެސް އެންމެ ރަނގަޅުވާނީ ސުޕްރީމް ކޯޓު އޮތް ގޮތަށް ބާއްވައި، ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ފުރުސަތު ދިނުން: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު