Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރީޖަނަލް ކޮމެޓީގެ 75 ވަނަ ބައްދަލުވުން

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ "ރީޖަނަލް ކޮމެޓީ"ގެ 75 ވަނަ ބައްދަލުވުން ފަށައިފި

މިއަހަރުގެ ރީޖަނަލް ކޮމެޓީގައި، މި ސަރަޙައްދުގެ ޤައުމުތަކުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ސެޕްޓެމްބަރު 2022 | ހޯމަ 09:59
ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ "ރީޖަނަލް ކޮމެޓީ"ގެ 75 ވަނަ ބައްދަލުވުން

ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ "ރީޖަނަލް ކޮމެޓީ"ގެ 75 ވަނަ ބައްދަލުވުން

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 75 ވަނަ ބައްދަލުވުން ބޫޓާންގެ ޕާރޯގައި ފަށައިފިއެވެ.

މިމަހުގެ 5ން 9ށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ.

Advertisement - newsAdvertisement

ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ޤަޢުމުތަކުގެ ރައްޔިތުންގެ ސިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުވުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަނަންސް' ބައްދަލުވުމެވެ.

މިއަހަރުގެ ރީޖަނަލް ކޮމެޓީގައި، މި ސަރަޙައްދުގެ ޤައުމުތަކުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ ރައުންޑް ޓޭބަލް ބައްދަލުވުމެއް 6 ސެޕްޓެމްބަރ 2022 ގައި ކުރިއަށްދާނެއެވެ. އަދި މިމަސައްކަތް ކުރިއަށް އޮތްތަނުގައި ހަރުދަނާ ކުރުމަށްޓަކައި "ޑިކްލަރޭޝަން ބައި ދަ ހެލްތު މިނިސްޓަރސް އޮފް މެމްބަރ ސްޓޭޓްސް އެޓް ދަ ސެވެންޓީ ފިފްތް ސެޝަން އޮފް ދަ ޑަބްލިޔު.އެޗް.އޯ ރީޖަނަލް ކޮމިޓީ ފޯ ސައުތް އީސްޓް އޭޝިއާ އޮން ޔުނިވަރސަލް އެކްސެސް ޓު ޕީޕަލް ސެންޓަރޑް މެންޓަލް ހެލްތު ކެއަރ އެންޑް ސަރވިސަސް" ގެ ނަމުގައި ގަރާރެއް ފާސްކުރެވޭނެއެވެ.

މިއާއެކު މިސަރަޙައްދުގެ ޤަޢުމުތަކަށް ކުރިމަތިވާ ޚާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޓީބީ ނައްތާލުމަށް ޤައުމުތަކުގެ މެދުގައި ކުރެވެމުންދާ މަސައްކަތާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ފެންވަރުގައި ހެދިފައިވާ އެކްޝަން ޕްލޭނާމެދުވެސް  މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރު (ސާރވިކަލް ކެންސަރ) ދުނިޔެއިން ނައްތާލުމަށް ޤައުމުތައް ގުޅިގެން ކުރެވެމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ސިއްޙީ ދާއިރާއިން ކުރާ މަސައްކަތްތަކާމެދުވެސް މަޝްވަރާކުރެވޭނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ކުރިޔަށް ރޭވިފައިވާ 76ވަނަ ވޯލްޑް ހެލްތު އެސެމްބްލީ އަދި 152ވަނަ އެގްޒެކެޓިވް ބޯޑް ބައްދަލުވުމުގައި މިސަރަހައްދުގެ ޤައުމުތަކުން މަޝްވަރާކުރުމަށް އިސްކަންދޭނެ ދާއިރާތައްވެސް ރީޖަނަލް ކޮމިޓީގެ މަޝްވަރާއާއެކު ކަނޑައަޅޭނެއެވެ.

މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ އާއި ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިބައްދަލުވުންތަކުގައި ސިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް، އަދި ސިއްޙީދާއިރާ ކުރިއެރުވުމަށް އިތުރު އެހެން ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.  

އިތުރަށް ކިޔާލަން

23 މެއި 2017

ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ

23 މެއި 2017
ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ
05 މެއި 2017

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
29 އެޕްރީލު 2017

އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި

29 އެޕްރީލު 2017
އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި
29 އެޕްރީލު 2017

ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި

29 އެޕްރީލު 2017
ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި
27 އެޕްރީލު 2017

ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ

27 އެޕްރީލު 2017
ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު