Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހަށް ހުށަހެޅޭ މައްސަލަ

ކުށްކުރުން ގިނަވުމާއި ގާނޫނު ތަންފީޒު ނުކުރެވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އިތުރުވާކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފި

އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ މައްސަލައާއި އެކަމާ ގުޅިގެން ހިންގާ މާރާމާރީއާއި ވައްކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް މައްސަލައިގައި ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2022 | ހޯމަ 04:08
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު

ރާއްޖޭގައި ކުށްކުރުން ގިނަވުމާއި، ގާނޫނުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އިތުރުވަމުންދާތީ، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ އެޖެންޑާގައި މި މައްސަލަ ތާވަލުކޮށްފައިވީނަމަވެސް، މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުގެ އެދިވަޑައިގަތުމުގެ މަތިން މި މައްސަލަ ވަނީ ފަހުން އެޖެންޑާއިން ނަގާފައެވެ. މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ އުސޫލާ ކަންކަން ތަންދޭކަމެއް ކަމުން މެންބަރު ޝަރީފް އެދިލައްވާފައިވާ ގޮތަށް މައްސަލަ ނުބާއްވާނެކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ޝަަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގައި ގޮތްނޭނގޭ މަރުތަކާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި އެކަމާގުޅިގެން ހިންގާ މާރާމާރީ އިތުރުވުމާއި ޖިންސީ ގޯނާ ކުުރުމާއި، އެކަމާގުޅިގެން އުފެދޭ މައްސަލަތައް ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އަދި މީހުން މެރުމާއި މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީއާ ގުޅިގެން މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދި، ކުށްކުރާ މީހުން މުޖްތަމައުގެ ތެރޭގައި މިނިވަންކަމާއެކު އުޅެމުންދާއިރު ފިޔަވަޅު ނޭޅުމުގެ ސަބަބުން ބައެއް ސިޓީތަކާއި ރަށްރަށް ހަލާކުގެތެރެއަށް ވެއްޓިގެންދާ ކަމަށެވެ. ހާއްސަކޮށް އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ މައްސަލައާއި އެކަމާ ގުޅިގެން ހިންގާ މާރާމާރީއާއި ވައްކަން އިންތިހާއަށް އިތުރުވެ، ރައްޔިތުން ގޮތްހުސްވެ، ކަންބޮޑުވެފައިވާ އިރު ވެސް އެކަށޭނެ ހައްލެއް ހޯދައިދެވިފައި ނުވާކަމަށެވެ.

މީގެ އިތުރުން ކުށްކުރާ ބައެއް މީހުންނަށް އަދަބު ނުދިނުމާއި، އެފަދަ މީހުންގެ މައްޗަށް ގާނޫނު ނުހިންގުމާއި ރައްޔިތުންގެ އާންމު މަސްލަހަތާ ގުޅުން ހުންނަ ކަންކަމުގައި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، ކުށްކުރާ ފަރާތްތަަށް އާންމު ފަރާތްތަކުން އަނިޔާކޮށް، ގަންހިންގުންފަދަ ކަންކަން މުޖްތަމައުގައި އާންމުވަމުންދާއިރު، ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މުޖްތަމައުގައި ބިރުވެރިކަން އިތުރުވަމުންދާ ކަމަށެވެ.

އަދި މުޖްތަމައުގައި ކުށްކުރުން މަދުކުރުމަށާއި، ކުށްކުރުން ހުއްޓުވުމަށާއި ކުށްކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށާއި، އެފަދަ ކަންކަން ރިޕޯޓްކުރެވުމުން އަވަހަށް އެކަމަށް ފިޔަވަޅުއަޅައި، ރައްޔިތުންނާއި މުޖްތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށް ސަރުކާރުން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅާކަމަށް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު