Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޑޭޓާ ރޯލްއޯވަރ

ދިރާގު ޕޯސްޓްޕެއިޑާއި އަމިއްލަ މަންތުލީ ޕްލޭންތަކުގެ ބާކީވާ ޑޭޓާ އަނެއް މަހަށް

ރޯލްއޯވަރ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ 1 މަސްދުވަހުގެ މުއްދަތަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2022 | އާދީއްތަ 17:47
މި ޚިދުމަތް 1 ސެޕްޓެމްބަރ 2022ން ފެށިގެން ލިބޭނެ

މި ޚިދުމަތް 1 ސެޕްޓެމްބަރ 2022ން ފެށިގެން ލިބޭނެ

ދިރާގު ޕޯސްޓްޕެއިޑާއި އަމިއްލަ މަންތުލީ ޕްލޭންތަކަށް 1 ސެޕްޓެމްބަރ 2022ން ފެށިގެން ޑޭޓާ ރޯލްއޯވަރ ތައާރަފުކޮށްފިއެވެ.

ޑޭޓާ ރޯލްއޯވަރ ތައާރަފުކުރުމާއެކު، އޯގަސްޓު މަސް ނިމިގެންދިޔައިރު ދިރާގު ޕޯސްޓްޕެއިޑާއި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ހުރިހާ ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުންނުކޮށް ހުރި ކޯ ޑޭޓާ އެލަވަންސެއް ވާނީ ސެޕްޓެމްބަރ މަހުގެ އެލަވަންސާއެކު ހިމަނާފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް، އެމަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް، ޖެހިގެން އަންނަ މަހުގެ އެލަވެންސާއެކު ހިމެނިގެންދާނެއެވެ.

މި ރޯލްއޯވަރ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ 1 މަސްދުވަހުގެ މުއްދަތަށެވެ. މިއީ ދިރާގު ޕޯސްޓްޕެއިޑާއި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުންނަށް އިތުރު ޚަރަދަކާނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.

މި ޚިދުމަތް ތައާރަފުކޮށްފައިވަނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްގެން، ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ނަސީބުވެރި ކަސްޓަމަރަކަށް އަބޫދާބީ، ދުބާއީ އަދި އިސްތަންބޫލަށް ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިދަތުރުގައި، ހިލޭ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން، ޑުބާއީއާއި އިސްތަންބޫލްގެ ދެ ޓުއަރއެއްވެސް ހިމެނެއެވެ. އަދި މީގެ އިތުރުން 1000 ޑޮލަރުގެ ޝޮޕިން އެލަވަންސެއްވެސް ނަސީބުވެރި ފަރާތަކަށް ލިބިގެން ދާނެއެވެ. ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ 30 ސެޕްޓެމްބަރ 2022ގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެޕްލައިކުރާ ފަރާތްތަކުން ޑިޕޮސިޓެއް ބަހައްޓާކަށް ނުޖެހޭނެއެވެ.

މިއީ ދިރާގުގެ ތަފާތު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ބަދަލުކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ދިރާގު ޕޯސްޓްޕެއިޑާއި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑްގެ ތަފާތު، ޕެކޭޖުތަކާއެކު ކަސްޓަމަރުން ބޭނުންވާ ގޮތަށް، ބޭނުންވާ އަގެއްގައި، ތަފާތު ވޮއިސް އަދި ޑޭޓާ އެލަވަންސްތައް ޚިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

12 މެއި 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު