Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިރާގު "މާލެ އޯޕަން" ފެތުމުގެ މުބާރާތް

ބޮޑު ތަރުހީބެއް ލިބުނު ދިރާގު "މާލެ އޯޕަން" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ދިރާގުން ބޭއްވި 'މާލެ އޯޕަން 2025' ފެތުމުގެ މުބާރާތުގައި ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން 350 ފެތުންތެރިން ބައިވެރިވެފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 26 މެއި 2025 | ހޯމަ 14:27
ދިރާގުން ބޭއްވި މާލެ އޯޕަން 2025 ގެ ސްވިމިން މުބާރާތުގެ ތެރެއިން

ދިރާގުން ބޭއްވި މާލެ އޯޕަން 2025 ގެ ސްވިމިން މުބާރާތުގެ ތެރެއިން

ދިރާގުން ކުރިއަށް ގެންދިއަ "މާލެ އޯޕަން 2025" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ދިރާގުން ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ސްވިމިން މުބާރާތަކީ ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތް އޮތީ މިމަހުގެ 24 ވީ ހޮނިހިރު ދުވަހު އެވެ.

Advertisement - newsAdvertisement

އެކި އުމުރުފުރައިން 350 ފެތުންތެރިން މި މުބާރާތުގައި ބައިވެރިވިއިރު، އެ މުބާރާތުގައި ދުނިޔޭގެ މަޝްހޫރު ފެތުންތެރިޔާ އެޑަމް ވޯކާ ވެސް ވަނީ ބައިވެރިވެފައެވެ. އަދި އޭނާ ވަނީ ފެތުންތެރިންނާ ބައްދަލުކޮށް ހިތްވަރުދީ، އޭނާގެ ފެތުމުގެ ތަޖުރިބާތައް ވެސް ފެތުންތެރިންނާއި ހިއްސާކޮށްފަ އެވެ.

ދިރާގުން ބުނީ ފޯރިއާއި އެކު ކުރިއަށްދިއަ މި މުބާރާތުގައި ބައިވެރިވި 350 ފެތުންތެރިންގެ ތެރެއިން 340 އަށް ވުރެ ގިނަ ފެތުންތެރިން ރޭސް ފުރިހަމަކުރި ކަމަށެވެ.

ދިރާގުން ބުނީ "މާލެ އޯޕަން" ފެތުމުގެ މުބާރާތަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، އެ ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުވަން ބޭއްވި މުބާރާތެއް ކަމަށެވެ.

އެ މުބާރާތުގައި، އުމުރުން 5 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ބައިވެރިވެފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމެނޭ ދިވެހިރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ސްވިމިން ސްކޮޑުގެ 13 ފެތުންތެރިންނާއި ޕެރަލިމްޕިކް ސްވިމިންގް ޓީމުގެ ފެތުންތެރިއަކު ވަނީ ބައިވެރިވެފަ އެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ ކޮމްޕެޓިޓިވް އެއް ކިލޯމީޓަރު ކެޓަގަރީ އަދި އަލަށް ފަށާ ފެތުންތެރިންނަށާއި 10 އަހަރުން ދަށުގެ ފެތުންތެރިންނަށް ހާއްސަ ނަން-ކޮމްޕެޓިޓިވް 250 މީޓަރު ކެޓަގަރީ އެވެ.

ދިރާގު މާލެ އޯޕަން 2025ގެ 10 އަހަރާއި 12 އަހަރާ ދެމެދު ފިރިހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އިބްރާހީމް ޔުއާން ޝަމީމް އެވެ. އަދި ދެވަނަ މިކައިލް ލައެލް އަބްދުލްއަލީމް ހޯދިއިރު ތިން ވަނަ ހޯދީ ނޫމާން މުހައްމަދު ނަސީފު އެވެ.

އެ މުބާރާތުގެ 10 އަހަރާއި 12 އަހަރާ ދެމެދު އަންހެން ކެޓަގަރީއިން އެއް ވަނަ ހޯދީ މަރިޔަމް އައިރާ ޝިރްމީލް އެވެ. އަދި ދެވަނަ އައެޝާ ޒަޔާހް ޙުސައިން ހޯދިއިރު ތިން ވަނަ ހޯދީ ޢަޝްޔާ އެއިލިޔާ ނާޒިމް އެވެ.

މި މުބާރާތުގެ 13 އަހަރާއި 14 އަހަރާ ދެމެދު ފިރިހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އިސްމާޢިލް ހާމް ޙުސައިން އެވެ. އަދި ދެވަނަ މުޙައްމަދު އަލްޔަން ޝިފާން ހޯދިއިރު ތިން ވަނަ ހޯދީ އިބްރާހީމް ޖޫދް ޙުސައިން އެވެ.

އެ މުބާރާތުގެ 13 އަހަރާއި 14 އަހަރާ ދެމެދު އަންހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އަލްޔާ އަޝްރަފް އެވެ. އަދި ދެވަނަ މަރިޔަމް މީސަމް ނިޔާޒް ހޯދިއިރު ތިން ވަނަ ހޯދީ ދާލިޔާ އައިޑާ ލަޠީފް އެވެ.

މުބާރާތުގެ 15 އަހަރާއި 19 އަހަރާ ދެމެދު ފިރިހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އިފްޒާލް އިބްރާހީމް މަޙްފޫޒް އެވެ. އަދި ދެވަނަ ލޫތު މުޙައްމަދު ޙުސައިން ހޯދިއިރު ތިން ވަނަ ހޯދީ ޔޫސުފް ޒިޔާން ޒާހިދު އެވެ.

އެ މުބާރާތުގެ 15 އަހަރާއި 19 އަހަރާ ދެމެދު އަންހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އަޔާނާ ޢަރީފް އެވެ. އަދި ދެވަނަ އާއިޝަތު އަލީނާ ޝާހިދު ހޯދިއިރު ތިން ވަނަ ހޯދީ ލައިބާ ޙަސަން މަނިކު އެވެ.

މުބާރާތުގެ 20 އަހަރާއި 29 އަހަރާ ދެމެދު ފިރިހެން ކެޓަގަރީއިން އެއް ވަނަ ހޯދީ މުބާލް ޢައްޒާމް އިބްރާހީމް އެވެ. އަދި ދެވަނަ ހޯދީ އަޙްމަދު ޝާވީ ރާފިއު އެވެ. އެ މުބާރާތުގެ 30 އަހަރާއި 39 އަހަރާ ދެމެދުގެ ކެޓަގަރީއިން އެއް ވަނަ ހޯދީ މުހައްމަދު އާމިރު އެވެ. އަދި ދެވަނަ މިންވާލް އިބްރާހިމް ހޯދިއިރު ތިން ވަނަ ހޯދީ ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.

އެ މުބާރާތުގެ 40 އަހަރާއި 49 އަހަރާ ދެމެދުގެ ކެޓަގަރީއިން އެއް ވަނަ ހޯދީ އާދަމް އަރީފް އެވެ. އަދި ދެވަނަ ހުސެއިން އިލްހާމް ހޯދިއިރު ތިން ވަނަ ހޯދީ އަހުމަދު ފިރާސް އަފީފް އެވެ. އެ މުބާރާތުގެ 50 އަހަރުން މަތީގެ ކެޓަގަރީއިން އެއް ވަނަ ހޯދީ ހުސެއިން ރިޔާޒް އެވެ. އަދި ދެވަނަ އަބްދުއްޝަކޫރު ހޯދިއިރު ތިން ވަަނަ ހޯދީ އަހުމަދު ނިޔާޒް އެވެ.

ދިރާގު މާލެ އޯޕަން 2025ގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ މަގާމަށް މުބާލް ޢައްޒާމް އިބްރާހީމް ހޮވުނު އިރު ދެވަނަ އަށް ދިޔައީ އިފްޒާލް އިބްރާހީމް މަޙްފޫޒު އެވެ. އަދި ތިން ވަނަ ކާމިޔާބު ކުރީ ލޫޠު މުޙައްމަދު ޙުސައިން އެވެ. އެ މުބާރާތުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަގާމު ހޯދީ އަޔާނާ ޢަރީފު އެވެ. އަދި ދެވަނަ ޢާއިޝަތު އަލީނާ ޝާހިދު ހޯދިއިރު ތިން ވަނަ ހޯދީ ލައިބާ ޙަސަން މަނިކު އެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ގިނަ މީހުން ބައިވެރިވާ ކުޅިވަރުގެ އެކި ހަރަކާތްތަކަށް އެއްބާރުލުންދީ، ފުރުސަތުތައް ހޯދައިދިނުމަކީ ދިރާގުން އަބަދުވެސް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވީ އެ މުބާރާތުގެ ސަބަބުން ރާއްޖޭގައި ފެތުން ހަރަކާތް ކުރިއަރައި، ވަށައިގެންވާ ކަނޑު ރައްކާތެރިކުރުމަށް މީހުންގެ ހޭލުންތެރިކަން އިތުރުވެގެން ދާނޭ ކަމަށެވެ.

ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު