Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރާއްޖެ ދުށް އެންމެ ބާރުގަދަ ވެރިކަން - ޙަސަން ފަރީދުގެ ވެރިކަން

އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ރާއްޖޭގެ ވެރިކަމުގެ އެންމެހައި ބާރުތައް ލިބިވަޑައިގަތީ ދުނިޔޭގެ ބޮޑުހަނގުރާމަ ފެށުމާއެކު 1939ގަައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2022 | ހޯމަ 08:14
ޙަސަން ފަރީދު

ޙަސަން ފަރީދު

1900ގެ އަހަރުތައް (20ވަނަ ގަރުނުގައި)ރާއްޖެ ދުށް އެންމެ ބާރުގަދަ ވެރިކަމުގެ ވާހަކައެވެ. ޤާނޫނުއަސާސީއެއް ރައްޔިތުންގެ މަޖިލީހެއް ވަޒީރުންގެ މަޖިލީހެއް ނެތި ދައުލަތް ހިންގާ މަޖިލީހަކުން ރާއްޖެ ހިންގި ވާހަކައެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ރާއްޖޭގެ ވެރިކަމުގެ އެންމެހައި ބާރުތައް ލިބިވަޑައިގަތީ ދުނިޔޭގެ ބޮޑުހަނގުރާމަ ފެށުމާއެކު 1939ގަައެވެ. 1939ން 1944ށް، ކުރެއްވި ވެރިކަމުގައި 31 ޖަނަވަރީ 1940ން 23 އޭޕުރީލު 1942ށް ވެރިކަންކުރެއްވީ ގާނޫނުއަސާސީއެއް ނެތިއެވެ. ޤާނޫނުއަސާސީއެއް ރައްޔިތުންގެ މަޖިލީހެއް ވަޒީރުންގެ މަޖިލީހެއް ނެތިދައުލަތް ހިންގާ މަޖިލިސްގެ މެންބަރުން ޙަސަން ފަރީދު ދީދީވެލާނާގެ މުޙައްމަދު ދީދީޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު ޙުސައިން ޞަލާޙުއްދީން ކަޅުހުރާގެ ތުއްތުސީދީ މުޙައްމަދު އަމީނު ދީދީމަޖިލިސްގެ ސެކެއްޓެރީ އިބްރާހީމް ޙިލްމީ ދީދީމިއީ 1932 އިން ފެށިގެން ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ 90 އަހަރުގެ ތެރޭގައި ގާނޫނުއަސާސީއެއް ނެތް ފުރަތަމަ ފަހަރު! އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ރާއްޖޭގެ ވެރިކަމުގެ ބާރުތައް ލިބިވަޑައިގަތުމުން ސުލްޠާން ޙަސަން ނޫރުއްދީން ރަދުންނާއި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ފަރީދު ދީދި، ޝަރަފުވެރި 2 މަޤާމެއްގެ ގޮތުގައެވެ. މިގޮތުގައި ތިއްބެވުމަށްފަހު (ބޮޑުހަނގުރާމައިގެތެރޭ) 7 އޭޕުރީލު 1943ގައި ރަދުންނާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވިއެވެ.

އަލްއަމީރު ޙަސަން ފަރީދު ދީދީ (1939ން 1944ށް) ރާއްޖޭގެ ވެރިކަން ކުރެއްވީ ރަަސްކަލެއް ނުވަަތަ ބޮޑުވަޒީރެއްގެ ގޮތަކުންނެއް ނޫނެވެ. ވަޒީރުއްދާޚިލިއްޔާ(Ministerie Interior Affaires)ވަޒީރުލް ޚާރިޖިއްޔާ(Minister of External Affairs)ވަޒީރުލްއަމަންޢާންމު(Minister of Defense)ވަޒީރުލްމާލިއްޔާ(Minister of Finance) މި ހައިސިއްޔަތުތަކުންނެވެ. ބޭރުގެ ބައެއް ލިޔުންތަކުގައި ހުރީ ދިވެހިރާއްޖޭގެ ޗީފް މިނިސްޓަރ ކަމަށް (Maldivian Chief Minister) އަލްއަމީރު ޙަސަން ފަރީދު ދީދީގެ ގައުމީ ޚިދުމަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ދިވެހި ގައުމަށް ދިފާއީގޮތުން ގިނަގުނަ ޚިދުމަތްތައް ހިމެނެއެވެ. މިގޮތުން ކަމާބެހޭ ޤަވާއިދުތައް ހައްދަވައި ތަންފީޒުކުރެއްވިއެވެ. ރައްޔިތުންނަށް ކާބޯތަކެތި ހަމަޖެއްސެވިއެވެ. ފުރެއްދެ ލަވަތަކުގެ ބަދަލުގައި ދިވެހި އުފަލާ ހިތްވަރުގެ ކަންކަމުގައި، ދިވެހި އަންބާ ދިވެހި ފަރިހި ދިވެހި ލަވަ ކިޔުމަށް އަމުރުކުރައްވައި، ދިވެހި ކަމާބެހޭ މުބާރާތްތައް އެންމެ ފުރަތަމަ ބޭއްވެވިއެވެ. ދިވެހި ބަހުން ޚުޠުބާލިޔެ ކިޔުމަށް އެންމެ ފުރަތަމަ އަމުރުކުރައްވައި އެކަން ތަންފީޒުކުރެެއްވެވިއެވެ. ދިވެހި ބަހާއި ދިވެހި އަދަބިއްޔާތު ކުރިއެރުވުމުގެ އެތައް ހަރަކާތްތަކެއް އެންމެ ފުރަތަމަ ފަށްޓަވައިގެން ހިންގެވުމެވެ. ދިވެހި ބަހާއި ދިވެހި އަދަބިއްޔާތު ކުރިއެރުވުމަށާއި ދިވެހި އާދަކާދައާއި ސަގާފަތު ދިރުވައި އާލާކުރެއްވުމަށް ކުރެެއްވެވި ގިނަގުނަ ޚިދުމަތްތައްވެސްމެއެވެ.

އަލްއަމީރު ޙަސަން ފަރީދު ދީދީ، 26 މާރިޗު 1944ގައި، ޢިނގިރޭސިވިލާތުގެ ރޯޔަލް ނޭވީ ބޯޓެއް ކަމަށްވާ އެޗް.އެމް.އެސް މާލޮއިގަައި ކޮޅުމަޑުލުން ސިލޯނަށް ދަތުރުކުރައްވަން ފެށްޓެވިއެވެ. 27 މާރިޗު 1944ގައި ޖަރުމަނުވިލާތުގެ ސަބްމެރީނަކުން ދިން ޓޯރުޕިިިޑޯ ހަމަލާގައި، އެޗް.އެމް.އެސް މާލޮއި ކަނޑަށް ފެތި އޭގައި ތިބި އެންމެން މަރުވީއެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، އަލްއަމީރު ޙަަސަން ފަރީދު ދީދީ، އެންމެފަހުން ވަޑައިގަތީ ކޮޅުމަޑުލު ހިރިލަންދޫއަށެވެ. އެއީ 26 މާރިޗު 1944ގައެވެ. ހިރިލަންދޫ ރައްޔިތުންނާއި (ކުދިބޮޑުއެންމެންނާއި) ބައްދަލުކުރެއްވިއެވެ. ކާބޯތަކެތީގެ ކަންކަން ހުރިނެތްގޮތާއި ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވި، އޮޅުންފިލުއްވިއެވެ. ވަގުތުން ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖެއްސެވި، ކާބޯތަކެތިވެސް ދެއްވިއެވެ. ހިރިލަންދޫ ބައްތެއްޔެއްގައި ދަތުރުކުރެއްވީ ކޮޅުމަޑުލު "ވަންބަދި" ނަމަކަށް ކިޔާ ފަޅުރަށަަކަށެވެ. ވަންބައްޖަށް ލައްގާފަައި އޮތް ބޮމެއް އެދުވަހު (26 މާރިޗު 1944ގައި) ގޮއްވާލެވުނެވެ.

"އަލްއަމީރު ޙަސަން ފަރީދު ދީދީގެ ޙަޔާތްޕުޅު ނިމިދިއުމުގައި އެމަނިކުފާނަކީ، ދިވެހިރާއްޖޭގެ މިޒަމާނުގެ ތާރީޚު ދުށް ލާމަސީލު ބަޠަލެކެވެ. އަދި އެމަނިކުފާނަކީ ޤައުމީ ޚިދުމަތުގައި ފުރާނައިން ޤުރުބާންވި ދިވެހި ދަރިއެކެވެ."(ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ 1 މިފޮތުގައިވެއެވެ.) އަލްއަމީރު ޙަސަން ފަރީދު ދީދީއަށަވުރެ ބާރުގަދަ ވެރިއެއް 20ވަނަ ޤަރުނު (1900ގެ އަހަރުތަކުގައި) ދިވެހިރާއްޖޭގައި ނެތެވެ! އެކަމަކު ވެރިންގެ ލިސްޓުގައި ނުހިމަނައެވެ! އަޖާއިބު ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޓީބީ ބާލިން ފެއާގައި ރާއްޖެ ބައިވެރިވާތާ 37 އަހަރު!

އައިޓީބީ ބާލިން ފެއާގައި ރާއްޖެ ބައިވެރިވާތާ 37 އަހަރު!

22 މާރިޗު 2023
ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

21 ޑިސެމްބަރު 2022
އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

16 އޮކްޓޯބަރު 2022
ވެލާނާގެ މުޙައްމަދު ދީދީ - ސިޔާސީ ނާކާމިޔާބަށްފަހު ސިޔާސީ ކާމިޔާބީ، ދަރިކޮޅުން ގައުމުގެ ވެރިކަން

ވެލާނާގެ މުޙައްމަދު ދީދީ - ސިޔާސީ ނާކާމިޔާބަށްފަހު ސިޔާސީ ކާމިޔާބީ، ދަރިކޮޅުން ގައުމުގެ ވެރިކަން

16 އޯގަސްޓު 2022
އަރުޝީފުކުރުމުގައި ރާއްޖެއަށް ހާސް އަހަރުވީ ތާރީޚެއް

އަރުޝީފުކުރުމުގައި ރާއްޖެއަށް ހާސް އަހަރުވީ ތާރީޚެއް

21 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު