Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ރާއްޖެ އިސްލާމްވީ ދުވަހަކާއި އިސްލާމް ކުރެއްވި ބެއިކަލެއްގެ ބަހުސް!

ރާއްޖެ އިސްލާމް ކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައި ޔޫސުފު ނަމަކަށް ކިޔުނު ބެއިކަލެއް

ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2021 | އާދީއްތަ 13:28
ރާއްޖޭގެ އިސްލާމީ އާސާރުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ބިނާކަމަށްވާ މާލޭގެ ހުކުރު މިސްކިތް

ރާއްޖޭގެ އިސްލާމީ އާސާރުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ބިނާކަމަށްވާ މާލޭގެ ހުކުރު މިސްކިތް

މިއަދަކީ ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާ ދުވަހެވެ. ހިޖުރީ ކަލަންޑަރުން ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. ރާއްޖެ އިސްލާމްވި ކަމަށް ބައެއް މީހުން ގަބޫލުކުރަނީ ހިޖުރީގޮތުން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ. އަނެއް ބަޔަކު އެއީ ބާރަވަނަ ދުވަސް ކަމަށްވެސް ނިންމައެވެ. މިފަހަކަށް އައުސް އެއީ ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަސްކަމަށް ނިންމާފައިވަނީ ސަރުކާރުން ރަސްމީ ގޮތުންނެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތެއް ކަމުގައި ހަމަޖެހިގެން ދިޔައީ އޭރު ދިވެހިރާއްޖޭގެ ރަސްކަލަކަށް ހުންނެވި ދަރުމަވަންތަ ރަސްގެފާނު، ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައި ޔޫސުފު ނަމަކަށް ކިޔާ ބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމް ވެވަޑައިގަތުމުންނެވެ.

މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުގެ ކުރީން ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމްދީން ގަބޫލު ކޮށްގެން ބަޔަކު ތިބި ކަމަށް ބާރު ދޭ ވާހަކަތައް ދޫދޫ މަތީން ވާރިދު ވެގެން އައިސްފައި ވެއެވެ. މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ އާއި އައްޑުއަތޮޅާއި ފުވައްމުލައް އިސްލާމްވީ އޭގެ ކުރިން ކަމުގައި ބުނެވެއެވެ. ކޮންމެއަކަސް ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ 2 ރަބީއުލްއާޚިރު 1374ގައެވެ. އެ ދުވަސް ޚާއްސަ ކުރީ ހަސަން ތާޖުއްދީނު އަރަބި ބަހުން ލިޔުއްވާފައިވާ ތާރީޚު އަސްލަކަށް ބަލައިގެންނެވެ. އެވާހަކަ އަދި ފަހުން ގެންނާނަމެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަސް ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހު އެންމެ ފުރަތަމަ ފާހަގަކޮށްފައި އެދުވަސް ފާހަގަކުރުން ރަބީއުލްއާޚިރު މަހުގެ ދެވަނައަށް އަންނަ ހުކުރު ދުވަސް ކަމަށްވެސް ފަހުން ހަމަޖެއްސިއެވެ.

އެގޮތަށް ނިންމީ އެދުވަހަކީ 12 ރަބީއުލްއާޚިރު ކަމުގައި ބޮޑަށް ބެލެވޭތީއެވެ. ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަސްކަން ކަށަވަރު ނުވާތީއެވެ. އެގޮތަށް ބާރަ ވަނަ ދުވަސް ފާހަގަކޮށްފައި މިހާރު އަނެއްކާވެސް ދެވަނަ ދުވަހަށް ރުޖޫއަވެފައި ވަނީއެވެ. އެދުވަހަށް އެނބުރި ރުޖޫއަވިޔަސް ދުވަހާމެދު ކުރެވޭ ބަހުސަށް ނިމުމެއް ނެތެވެ. ބަހުސް ދަނީ ކުރިއަށެވެ. އަދި ކިޔެއްތަ، އިސްލާމް ކުރެއްވި ބޭކަލަކާމެދު ކުރެވޭ ބަހުސަށް ވެސް ނިމުމެއް ނާދެއެވެ. ބަރުބަރީތޯ ތަބުރޭޒީތޯ އެވެ. އެއްބަޔަކު ބުރަވަނީ ފާރިސްކަރައިގެ ތަބުރޭޒީއަށެވެ. އަނެއް ބަޔަކު މަޣުރިބުކަރައިގެ ބަރުބަރީއަށެވެ. ކޮންމެ ދުވަހަކަށް ވިޔަސް އަދި ކޮންމެ ބެއިކަލަކަށްވިޔަސް މަހަކީ ރަބީއުލްއާޚިރު މަހެވެ. އެގޮތުން އިސްލާމް ދިވެހި ގައުމިއްޔަތަށް ހިޖުރީގޮތުން 895 އަހަރުވީއެވެ. މީލާދީ ގޮތުން 868 އަހަރުވީއެވެ.

ބަރުބަރީއަކަށް ވިޔަސް އަދި ތަބުރޭޒީއަކަށް ވިޔަސް އެބެއިކަލެއްގެ ފުރަތަމަ ނަންފުޅަކީ ޔޫސުފެވެ. އެކަމަށް އެންމެންވެސް އިއްތިފާގުވެއެވެ. ޔޫސުފޭ ކިޔުނު ކަލޭގެފާނުގެ އަތްޕުޅުމައްޗަށް ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެވަޑައިގަތް ކަމަށްވެސް އިއްތިފާގުވެއެވެ. ގައުމެއް ނުވަތަ ދައުލަތެއް އިސްލާމްވާނީ ދައުލަތުގެ ވެރިޔާ އިސްލާމްވެވަޑައިގަތުމުންނެވެ. އެގޮތުން ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެވަޑައިގެންނެވި ދުވަސް ބަލަންވާނީ އަދި ބެލޭނީވެސް ރާއްޖެ އިސްލާމްވީ ދުވަސްކަމުގައެވެ. އެކަމަކު ކުރީންވެސް ބަޔާން ކުރެވުނު ފަދައިން ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމްކަން އޭގެ ކުރިންވެސް ފައުޅުކޮށްގެން ދިވެހިން އުޅުނުކަން އެނގެން އެބައޮތެވެ. ރަސްމީ ގޮތުން ވަކި ކަމެއް ވަކި ގޮތަކަށް ތަރުތީބުކުރަން ޖެހުނީމާ ތަފާތު އިބާރާތްތައް ބޭނުން ކުރެވިދާނެއެވެ.

ވަކި ރަށްރަށުގެ ނަން ބަޔާން ކުރަންޏާ މިސާލަކަށް އެންމެ އުތުރުން ފުރަތަމައަށް އިސްލާމްވީ ކެންދޫއޭ ބުނެވިދާނެއެވެ. ދެކުނުން އެންމެ ފުރަތަމަ އިސްލާމްވީ އައްޑޫ މީދޫއޭ ވެސް ބުނެވިދާނެއެވެ. މިކަހަލަ ގޮތްގޮތަށް މިވާހަކަ ގެނެވިދާނެއެވެ. އިސްލާމީ ތާރީޚުންވެސް މިޒާތުގެ މިސާލުތައް ފެނެއެވެ. އެކި ކަހަލަ ސަބަބުތަކާހެދި ތާރީޚުގެ ބައެއް ކަންކަން އެކި ގޮތްގޮތަށް ބަޔާންކުރެވިފައި ހުރެއެވެ. އިބާރާތްތައް ތަފާތު ކުރެވިފައި ހުރެއެވެ. އެގޮތުން ކުރިމަތީގައި މިއޮތީ ތާރީޚުގެ މައްސަލައެވެ. ދުވަހުގެ މައްސަލައެވެ. އެންމެންގެ ކުރިމަތީގައި އޮތް މަސްދަރަކީ ހަސަން ތާޖުއްދީނު އަރަބި ބަހުން ލިޔުއްވި ލިޔުއްވުމެކެވެ. އެތަކުރުފާނު ލިޔުއްވަނީ އަސްނާ ރަބީއުލްއާޚިރެވެ. މާނަޔަކީ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ. ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހޭ ނުލިޔުއްވައެވެ.

އެކަމަކު ފިލި ނުޖައްސަވައި ތާޖުއްދީނު ލިޔުއްވި އަސްނާ ބައެއް ދިވެހީންނަށް އިސްނާއެއް ގޮތަށް ފެނި އިސްނާއަކަށް ހަދައިފިއެވެ. އިސްނާއަކަށް ހެދީމާ ދެވަނަ ދުވަސްކަމަށް މޭރުންވެއެވެ. އެކަމަކު ތާޖުއްދީނަކީ ރަގަޅަށް އަރަބި އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. ދެވަނަ ދުވަހޭ ވިދާޅުވާން އުޅުއްވިނަމަ ލިޔުއްވާނީ އިސްނައިނި މިހެންނެވެ. އިސްނާއެކޭ ނޫނެވެ. ކޮންމެއަކަސް ފިލި ނުޖަހައި ލިޔެފައި ހުންނަ ތަކެތި އަސްލާ ޚިލާފަށް ބައެއް ދިވެހީންނަށް މިނޫނަސް ފެނެއެވެ. އޭގެ އެންމެ ރިވެތި މިސާލަކީ ތަބުރޭޒީއަކު ބަރުބަރީއަކަށް ހެދި ހެދުމެވެ.

ފިލިނުޖަހައި ލިޔާ ލިޔުން އެކި މީހުންނަށް ކިޔަން ފަރިތަވާނީ އެކިގޮތަށެވެ. ތާނައިން ފިލިނުޖަހައި ހތދ މހނގ ފށ މިހެން ލިޔުނީމާ ކިޔޭނީ ކޮންގޮތަކަށް ބާވައެވެ. މާލޭ މީހުން ފަރިތަކަމާއެކު ކިޔާނެއެވެ. ހިތާދޫ މީހުންގެ ފޮށައެވެ. އައްޑޫ މީހުން ކިޔާނެއެވެ. ހިތަދޫ މީހުންގެ ފެށިއެވެ. ފުވައްމުލަކު މީހުން ކިޔާނެއެވެ. ހިތަދޫ މީހުންގެ ފޭށި އެވެ. ޕާކިސްތާނަށް ޒިޔާރަތްކުރާ އަރަތްބަކު އުރުދޫ ބަހުން ހަބީބު ބޭންކް ލިމިޓެޑް ލިޔެފައި އޮތް ބޯޑެއް ފެނިގެން ކިޔާނީ ހަބީބު ބައިނަކަ ލަމް ޔަޠިދު، މިހެންނެވެ. މިހިރީވެސް ކަންކަން ހިނގާނޭ މަގެވެ. އެހެންވީމާ މާލޭގެ މިސްކިތެއްގައި ތަބުރޭޒީއޭ ލިޔެފައި އޮންނަ ބޯޑަކުން އަރަތްބަކަށް ބަރުބަރީ ފެނުމަކީ ވެދާނޭ ކަމެކެވެ. ޚާއްސަކޮށް ބަރުބަރީއަކަށް ފެންނާނީވެސް އެހެންނެވެ.

ރާއްޖެ އިސްލާމްވި ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ކިބައިގައި ހުރި ސިފަތަކެއް ތަގުރީރުގައި ލިޔެގެން ކިޔުއްވީ ހެއްޔެވެ؟

ރައީސްގެ ކިބައިގައި ހުރި ސިފަތަކެއް ތަގުރީރުގައި ލިޔެގެން ކިޔުއްވީ ހެއްޔެވެ؟

05 އޮކްޓޯބަރު 2024
ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއަށް 897ވަނަ ރޯދަމަސް

ދިވެހިރާއްޖެއަށް 897ވަނަ ރޯދަމަސް

03 އެޕްރީލު 2023
އައިޓީބީ ބާލިން ފެއާގައި ރާއްޖެ ބައިވެރިވާތާ 37 އަހަރު!

އައިޓީބީ ބާލިން ފެއާގައި ރާއްޖެ ބައިވެރިވާތާ 37 އަހަރު!

22 މާރިޗު 2023
ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

21 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު