Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތީ 2 ޖަނަވަރީ 1889 އިން 26 ޖުލައި 1965 އަށް!

ހިމާޔަތުގެ ދަށަށް ދިޔަ ތާރީޚާމެދު ދެގޮތަކަށް އަންނަނީ ލިޔަމުން

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 31 ޖުލައި 2021 | ހޮނިހިރު 04:48
ދިވެހިރާއްޖެއާއި އިނގިރޭސި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ދިވެހިރާއްޖެއާއި އިނގިރޭސި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

މިނިވަންދުވަސް ފާހަގަކޮށް ނިމިއްޖެއެވެ. ގިނަމީހުން ފާހަގަކުރީ 56ވަނަ މިނިވަންދުވަހެވެ. މަދުބަޔަކަށް 57ވަނަ މިނިވަން ދުވަހެވެ. ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ތާރީޚުގައި މުޅިދުނިޔެއިންވެސް ފާހަގަކުރެވޭ ފަޚުރުވެރި 800 ނުވަތަ 900 އަހަރުގެ މިނިވަންކަމުގެ ޝަރަފުވެރި ތާރީޚެއް އޮތް ގައުމެކެވެ. ވީމާ، 56 އޭ 57 އޭ ލިޔުމުގެ ކިޔުމުގެ ބަދަލުގައި، މިނިވަން ދުވަސް 2021 ލިޔުން ނުވަތަ ކިޔުން، އެއީ އެންމެ ރަނގަޅުގޮތެވެ. އޭރުން އެއްވެސް އޮޅުމެއް ނޭރީހެވެ.

އެކަމަކު އެހެންނެއް ނުވިއެވެ. ދެން އޮތީ އެހެން މައްސަލައެކެވެ. އެއީ ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ދިޔައީ 16 ޑިސެންބަރު 1887ގައިތޯ އުފެދޭ ސުވާލެވެ. ވަރަށްގިނަ މުއައްރިޚުންނާއި ލިޔުންތެރިން ލިޔުއްވާފައި ވަނީ 16 ޑިސެންބަރު 1887ގައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލު (ކުޑަބަންޑާރައިން)ގެ ރަސްކަމުގައި ކަމަށެވެ. އެހެންނަމަވެސް ޤާނޫނީގޮތުން ބުރަވެވެނީ 1889ގައި އައްސުލްޠާން އިބްރާހީމް ނޫރުއްދީން (ނޫރައްދީން ބަންޑާރައިން)ގެ ރަސްކަމުގައި ކަމަށެވެ.

"1889މިވަނަ އަހަރުގެ ޖަނަވަރީން 2ވަނަ ދުވަހު، މާތްވެގެންވާ އިނގިރޭސި ދައުލަތުން މާތްވެގެންވާ ކުއީން ވިކްޓޯރިޔާގެ ފަރާތްޕުޅުން މާތްވެގެންވާ ވައުދު ފޮނުއްވި ކަމަށެވެ" މިހެން އިހުގެ ރަސްމީ ލިޔުމެއްގައި ވެއެވެ.

24 އޭޕުރީލު 1948ގެ ދާޚިލީ މިނިވަންކަމުގެ އެއްބަސްވުމަށްފަހު، 1 ޖަނަވަރީ 1953ގައި އަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 3ވަނަ މާއްދާގައި ބުނަނީ މިހެންނެވެ. "ދިވެހިރާއްޖެއަކީ އިނގިރޭސީންގެ ޢިއްޒަތްތެރި ރާނީގެ ޙިމާޔަތްތެރިކަމުގެ ދަށުގައިވާ މިނިވަން ދައުލަތެކެވެ." އެދުވަހަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާއާއި ޤައުމުގެ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ރިޔާސަތު ފެށުނު ދުވަހެވެ.

26 ޖުލައި 1965ގައި، ދިވެހިރާއްޖެއަށް ޚާރިޖީ ފުރިހަމަ މިނިވަންކަން ލިބުމަށްފަހު، 11 ނޮވެންބަރު 1968ގައި އަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ، 2ވަނަ މާއްދާގައި ބުނަނީ މިހެންނެވެ. "ދިވެހިރާއްޖެއަކީ އަމިއްލަކަމާއި މިނިވަންކަން ފުރިހަމައަށް ލިބިގެންވާ ވެރިކަން ހިނގާ ދައުލަތެކެވެ. ދައުލަތުގެ ނަމަކީ ދިވެހިޖުމުހޫރިއްޔާއެވެ."

ދެވަނަ ޖުމްހޫރިއްޔާއަކީ ހިނގަމުންމިދާ ޖުމުހޫރިއްޔާއެވެ. މި ޖުމްހޫރިއްޔާއާއި ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރިވެރިޔާގެ ރިޔާސަތު ފެށުނު ދުވަހަކީ 1968 ގެ ނޮވެމްބަރު 11 އެވެ.

ޤާނޫނީގޮތުން ބަލާއިރު ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި އޮތީ 2 ޖަނަވަރީ 1889 އިން 26 ޖުލައި 1965 އަށެވެ. ވީމާ، 77 އަހަރެއް ނޫނެވެ. 75ވަރަކަށް އަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއަށް 897ވަނަ ރޯދަމަސް

ދިވެހިރާއްޖެއަށް 897ވަނަ ރޯދަމަސް

03 އެޕްރީލު 2023
ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

21 ޑިސެމްބަރު 2022
މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

05 ޖޫން 2022
އަށްސަތޭކަ ނުވަދިހަ ފަސްވަނަ މާހެފުން - އިހުގައި މާހެފުން އޮތީ ދުވާލުގެ ވަގުތު

އަށްސަތޭކަ ނުވަދިހަ ފަސްވަނަ މާހެފުން - އިހުގައި މާހެފުން އޮތީ ދުވާލުގެ ވަގުތު

19 މާރިޗު 2022

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު