Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

އައިޓީބީ ބާލިން ފެއާގައި ރާއްޖެ ބައިވެރިވާތާ 37 އަހަރު!

އައިޓީބީ ބާލިން ފެއާގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވީ މީގެ 37 އަހަރުކުރިން 1986 ގައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 22 މާރިޗު 2023 | ބުދަ 06:46
އައިޓީބީ ބާލިން ފެއާގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވުން 1986

އައިޓީބީ ބާލިން ފެއާގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވުން 1986

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައި ވަނީ ވަރަށް ބާރު ދުވެއްޔެއްގައެވެ. ސަރުކާރުގެ ސިޔާސަތުގެ ފުރިހަމަކަމާއި ހަރުދަނާކަމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިވެރިންގެ ބުރަމަސައްކަތާއި ހިންމަތާއި މިންނަތުގެ ފޮނިނަތީޖާއެވެ. ބޮޑުކާމިޔާބީއެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 20 އަހަރު ނުވަނީސް (1990ގެ އަހަރުތައް ފެށުނުއިރު) ރާއްޖޭގެ އިގުތިސާދުގެ 1 ވަނަ ސިނާއަތަކީ ފަތުރުވެރިކަން ކަމުގައި ވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެކިއެކި ރޮނގުތަކުން ރާއްޖެއާ ރާއްޖޭގެ ރިސޯޓުތަކަށް އެންމެމަތީވަނަތައް 1990ގެ އަހަރުތަކުން ފެށިގެން އަންނަނީ ލިބެމުންނެވެ. މީގެ 20 އަހަރުކުރިން 2000ގެ އަހަރުތައް ފެށުނުއިރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެމަތީ ދަރަޖައަށް އަރާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މާކެޓިންގާއި ޕޮރޮމޯޝަންގެ މަސަައްކަތް އެންމެ ބޮޑަށް ފެށުނީ 1980ގެ އަހަރުތަކުގައެވެ. މިގޮތުން ޔޫރަޕާއި މައުރަޒުތަކާއި އޭޝިޔާގެ މައުރަޒުތަކުގެ ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖެއިން ބައިވެރިވާން ފެށުން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެބޮޑު މައުރަޒު އައިޓީބީ ބާލިން ފެއާގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވީ މީގެ 37 އަހަރުކުރިން 1986ގައެވެ. ރާއްޖޭގެ ވަފުދުގެ ވެރިޔަކީ ރާއްޖޭގެ އިންޑަސްޓްރީޒްގެ ފުރަތަމަ މިނިސްޓަރު އޮނަރަބްލް އިލްޔާސް އިބްރާހީމް (އެއިރު ޓޫރިޒަމް މިނިސްޓްރީ ނުއުފެދޭ) އެވެ. ރާއްޖޭގެ ވަފުދުގައި ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ޑިރެކްޓަރު ޖެނެރަލް އަޙުމަދު ޒާހިރާއި ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ވެރިންނާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އިސް ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ސިނާޢަތުގެ ފުރަތަމަ ވަޒީރު އޮނަރަބްލް އިލްޔާސް އިބްރާހީމް ޖަރުމަނުވިލާތަށް ކުރެއްވި ފަތުރުވެރިކަމުގެ ސިނާޢަތާބެހޭ މިދަތުރުފުޅަށްފަހު ދިވެހިރާއްޖޭގެ 1 ވަނަ ޞިނާޢަތު ކަމުގައި ފަތުރުވެރިކަންވެއްޖެކަން ފާހަގަކުރެއްވިއެވެ. ވީމާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތުތައް އިތުރަށް އެކަށައަޅުއްވައި ހަރުދަނާކޮށް ހިންގުމަށް ފަތުރުވެރިކަމުގެ ޚާއްޞަ ވުޒާރާއެއް އުފައްދަވަންވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީފުޅަކުން ޚިޔާލުފުޅު ހުށަހެޅުއްވީ ދިވެހިރާއްޖޭގެ ސިނާޢަތުގެ ފުރަތަމަ ވަޒީރު އޮނަރަބްލް އިލްޔާސް އިބްރާހީމެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އުފެދުނީ ނޮވެންބަރު 1988 ގައެވެ. ވޭތުވެދިޔަ 51 އަހަރު ރާއްޖެއަށް އައި ހުރިހައި ކުރިއެރުމަކާއި ތަރައްގީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި ސިނާއަތަކީ ފަތުރުވެރިކަމެވެ. ރާއްޖޭގެ ގައުމީ ތަރައްގީގެ ދުވެލިވެސް މެކުހަށް ކުރިއަރައިގެން އައުމެވެ.

މިވޭތުވެދިޔަ 50 އަހަރު ނުވަތަ 51 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސަބަބުން ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ލިބުގެންއައި ކުރިއެރުންތައް ގިނަގުނައެވެ.

ފަތުރުވެރިކަން މިހާރު ރާއްޖޭގެ އިގުތިސާދުގެ 40 އިންސައްތަ ހިއްސާކުރެއެވެ. ދެން ހުރި ސިނާއަތްތައް ކުރިއެރުމުގައިވެސް ފަތުރުވެރިކަމުގެ ހިއްސާބޮޑެވެ.

ރާއްޖެއަށް ފަތުރުވެރިންގެ ފުރަތަމަ ގުރޫފެއް އައީ މީގެ 51 އަހަރުކުރިން 16 ފެބުރުވަރީ 1972ގައެވެ. އިޓަލީވިލާތުގެ ޓުއަރއޮޕަރޭޓަރެއް ކަމަށްވާ މިސްޓަރ ޖޯޖު ކޯބިންއާއެކު އިޓަލީވިލާތުގެ ފަތުރުވެރިންގެ 22 މީހުންގެ ގުރޫޕެއް 16 ފެބުރުވަރީ 1972ގައި ރާއްޖެ އައިސް ދެހަފުތާގައި ރާއްޖޭގައި ހޭދަކުރުން ހިމެނުނީ ރާއްޖޭގެ ފަތުރުވެރިކަން ފެށުން ކަމުގައެވެ.

މިދިޔަ އަހަރު ގައުމީ ގޮތުން، މިފާހަގަކުރެވުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލު އަހަރުގެ ގޮތުގައެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓު މާލެއަތޮޅު ވިހަމަނާފުށީގައި (ކުރުނބާ) ހުޅުވުނީ 3 އޮކްޓޫބަރު 1972 ގައެވެ. މިދުވަސް (3 އޮކްޓޫބަރު) މިދިޔަ އަހަރުން ފެށިގެން ގައުމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައި ފާހަގަކުރަން ފެށުނީވެސްމެއެވެ. ކަމަކީ ނުހަނު މުހިންމު ކަމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހި ސަގާފަތު ދިރުވައި އާލާކުރުމާއި ދިވެހި އުފެއްދުންތައް އިތުރުކުރުމަށް ވަނީ އިތުރަށް އިސްކަންދޭންޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

06 ސެޕްޓެމްބަރު 2023
ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއަށް 897ވަނަ ރޯދަމަސް

ދިވެހިރާއްޖެއަށް 897ވަނަ ރޯދަމަސް

03 އެޕްރީލު 2023
ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

21 ޑިސެމްބަރު 2022
ރާއްޖެ ދުށް އެންމެ ބާރުގަދަ ވެރިކަން - ޙަސަން ފަރީދުގެ ވެރިކަން

ރާއްޖެ ދުށް އެންމެ ބާރުގަދަ ވެރިކަން - ޙަސަން ފަރީދުގެ ވެރިކަން

05 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު