Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ވެލާނާގެ މުޙައްމަދު ދީދީ - ސިޔާސީ ނާކާމިޔާބަށްފަހު ސިޔާސީ ކާމިޔާބީ، ދަރިކޮޅުން ގައުމުގެ ވެރިކަން

މުޙައްމަދު ދީދީ ވަނީ ބޮޑު ހަނގުރާމަ ތެރޭގައި ދައުލަތް ހިންގާ މަޖިލިސްގެ މެންބަރުކަމާއި ސަރުކާރުގެ ވެރިޔާގެ ނައިބުކަން ކުރައްވާފައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 16 އޯގަސްޓު 2022 | އަންގާރަ 07:28
ވެލާނާގެ މުޙައްމަދު ދީދީ

ވެލާނާގެ މުޙައްމަދު ދީދީ

ތާރީޚީ ޢިބްރަތްތަކުގެ ތެރެއިން ރާއްޖޭގެ ވެރިކަމުގެ ވާހަކައެކެވެ. އަލްވަޒީރު ޙަސަން ވެލާނާ މަނިކުފާނުގެ ދަރިކަލުން މުޙައްމަދު ދީދީ، މީގެ 113 އަހަރުކުރިން 1909ގައި، އިންޑިޔާގެ (މިހާރުގެ ޕާކިސްތާނުގެ) ޕިޝާވަރުގެ ކުލީ ސިފައިންގެ ބަޔަކު ނުވަތަ ޕިޗޯރީން ގޮވައިގެން ރާއްޖެއައިސް އޭރު ރާއްޖޭގައި އޮތް ވެރިކަން ބަދަލުކުރުމަށް ޙަމަލާދިނެވެ. ދިވެހި ސިފައިން (ދިވެހި ޢަސްކަރިއްޔާއިން) ވަނީ މި ޢުދުވާނީ ޙަމަލާއިން ދިވެހިޤައުމާއި ވެރިކަން ޙިމާޔަތްކޮށް ދިފާޢުކޮށްފައެވެ. އޭގެ ފަހުން ވެލާނާގެ މުޙައްމަދު ދީދީ ވަނީ ބޮޑު ހަނގުރާމަތެރޭގައި (1939 - 1941) ގައި ދައުލަތް ހިންގާ މަޖިލިސްގެ މެންބަރުކަމާއި ސަރުކާރުގެ ވެރިޔާގެ ނައިބުކަން ކުރައްވާފައެވެ.

ސިޔާސީ ޒައީމެކެވެ. ސިޔާސީ ޙަކީމެވެ. ހިންގުންތެރި ވެރިއެކެވެ. ސިޔާސީ ނާކާމިޔާބަށްފަހު ސިޔާސީ ކާމިޔާބީއެވެ.

ޢަރަބިކަރަ (ސައޫދީއަރަބިއްޔާ)ން އުތުރުކަރަ (އިންޑިއާ)ށް ވަޑައިގެން ސައްޔިދު ދަރިކޮޅަކުން، ދިވެހިރާއްޖެއަށް ވަޑައިގެންނެވި، ކޯލާޑި ސައްޔިދު މުޙައްމަދު ހޮޅިނަޚާ މަލާބާރީގެ، ފަސްމަންދޫ ބޮޑުހަކުރާތަކުރުފާނުގެ، ޙަަސަން ހޮޅިހަކުރާމަނިކުފާނުގެ، ޢަލީ ދޮށިމޭނާމަނިކުފާނުގެ، ކީހި އިބްރާހިމް މަނިކުފާނުގެ، ވީރު ޙަސަން ދީދީގެ، ޢަލީ މަލިންމަނިކުފާނުގެ، މަލިންގޭ ޙަސަން ދީދީ (އަލްވަޒީރު ޙަސަން ވެލާނާމަނިކުފާނު / ޚާރިޖީ ވަޒީރު)ގެ، ވެލާނާގެ މުޙައްމަދު ދީދީއެވެ. (ދައުލަތް ހިންގާ މަޖިލިސްގެ މެންބަރު އަދި ސަރުކާރުގެ ވެރިޔާގެ ނައިބެވެ.)

ވެލާނާގެ މުޙައްމަދު ދީދީގެ ދަރިކަލުން ޞާޙިބުލްމަޢާލީ އިބްރާހިމް މުޙައްމަދު ދީދީ ވަނީ، ދައުލަތުގެ އިސްމަޤާމުތައް އަދާކުރައްވައި، ފުރަތަމަ ޖުމްހޫރިއްޔާ 1953ގައި ޤައުމުގެ ރައީސްގެ ނައިބު (ނައިބު ރައީސް) ކަން ކުރައްވާފައެވެ. (1953 - 1954 އިންޤިލާބީ ވެރިކަމާއި ސިފައިންގެ އެންމެ މަތީ ވެރިކަން ކުރެއްވިއެވެ.)

ވެލާނާގޭ މުޙައްމަދު ދީދީގެ އަޙްމަދު ދީދީގެ ސުމުއްވުލްއަމީރު އިބްރާހިމް ނަޞީރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ވަނީ ރާއްޖޭގެ ބޮޑުވަޒީރުކަން 1957ން 1968ށް އަދި ރައީސުލްޖުމްހޫރިއްޔާކަން 1968ން 1978ށް ކުރައްވާފައެވެ.

ވެލާނާގޭ މުޙައްމަދު ދީދީގެ މެއްދީދީގެ އޮނަރަބަލް އަޙުމަދު ޒަކީ ސަރުކާރުގެ އިސްމަޤާމުތައް އަދާކުރެއްވި އަދި 1972ން 1975ށް ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވިއެވެ.

ވެލާނާގޭ މުޙައްމަދު ދީދީގެ ދަރިކޮޅުން، 1930ގެ އަހަރުން ފެށިގެން 90 އަހަރު އެންމެމަތީވެރިން ސަރުކާރުގެ އެންމެ މަތީވެރި ވަޒީރުންނެވެ. މިހާރުވެސް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނެވެ.

ވެލާނާ މަނިކުފާނުގެ ދަރިކޮޅުން ކަމުގައިވާ ނަމަ 1800ގެ ފަހުކޮޅުން ފެށިގެން 1300 އަހަރަށްވުރެ ގިނަ އަހަރު ދައުލަތުގެ އެންމެ މަތީވެރިން ސަރުކާރުގެ އެންމެ މަތީވެރިން ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނެވެ.

ވެލާނާގެ މުޙައްމަދު ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

06 ސެޕްޓެމްބަރު 2023
އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

12 ސެޕްޓެމްބަރު 2022
ނާސިރީ ސަފުހާތަކުން ސިޔާސީ އަޚުލާގު ދަސްކުރަމާބަހީއެވެ!

ނާސިރީ ސަފުހާތަކުން ސިޔާސީ އަޚުލާގު ދަސްކުރަމާބަހީއެވެ!

25 ޖުލައި 2021

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު