Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގުމަތިން ޤާނޫނު ތަންފީޒުކުރުން

ޤާނޫނުގައި އޮތް ގޮތަށް ހެކި ނުލިބިއްޖެނަމަ، ކުށެއް ކުރިޔަސް ނިޒާމުގެ ތެރެއިން ފިޔަވަޅެއް ނޭޅޭނެ: ޕީޖީ ޝަމީމް

4 ސެޕްޓެމްބަރު 2022 | އާދީއްތަ 08:31

އަދަބެއް ދެވޭނީ، ޤާނޫނީ ނިޒާމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ސެޕްޓެމްބަރު 2022 | އާދީއްތަ 08:31
ޕީޖީ ޝަމީމް- ޝަމީމް ވިދާޅުވީ، އެމީހަކަށް އިންޞާފުކަމަށް ޤަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި ކަމެއްކަމަށް

ޕީޖީ ޝަމީމް- ޝަމީމް ވިދާޅުވީ، އެމީހަކަށް އިންޞާފުކަމަށް ޤަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި ކަމެއްކަމަށް | ރާއްޖެއެމްވީ

އެމީހަކަށް އިންޞާފުކަމަށް ޤަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ، " އިސްލާމީ ޝަރީޢަތުގައި، މަގުމަތިން ޤާނޫނު ތަންފީޒުކުރުން ހުއްދައެއް ނޫން" މި ސުރުޙީގެ ދަށުން އޭނާގެ ބްލޮގްގައި ޝާއިއު ކުރައްވާފައިވާ ލިއުމެއްގައެވެ. އެގޮތުން ޝަމީމް ވިދާޅުވީ، އެމީހަކަށް އިންޞާފުކަމަށް ޤަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި، ޤާނޫނީ ގޮތުންނާއި ދީނީ ގޮތުން ބޮޑުވެގެންވާ މަނާކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ، އެޤާނޫނަކީ އިސްލާމްދީނާ ޚިލާފު ޤާނޫނެއްކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު، ރައްޔިތުންނަށް އޮތީ ޤާނޫނުގައިވާ ގޮތުގެ މަތިން އުޅުން ކަމަށެވެ.

ޝަމީމް ވަނީ އިޖުރާއަތު ފުރިހަމަ ނުވެގެން ކުށް ކުރާ މީހުންނަށް އަދަބު ނުދެވުމުގެ ބައެއް މިސާލުތައް އިސްލާމީ ތާރީޚުން ކިޔާ ދެއްވާފައެވެ.

މީހަކާމެދު ކުރާ ނަފްރަތަކީ، ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކުން ބޭރުން މީހުންނާމެދު ޢަމަލުކުރުން ދީނީ ގޮތުންވެސް، ޤާނޫނީ ގޮތުންވެސް ހުއްދަކުރާ ކަމެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން އެކަން އެގޮތަށް ހަމަޖެހިފައިވަނީވެސް އެތައް މަޞްލަޙަތެއް ޙިމާޔަތް ކުރުމަށްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، ވަކި ކަމެއް ހިނގީ ވަކި ގޮތަކަށްކަން އެނގުނަސްވެސް، އެކަމަކަށް އަދަބެއް ދެވޭނީ، ޤާނޫނީ ނިޒާމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލިގެން ކަމަށެވެ. އެގޮތުން ކުށްކުރާ މީހުންނާމެދު ޢަމަލުކުރާނެ ގޮތް އޮތީ ޤާނޫނުގައި ލިޔެވިފައިކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، ހައްޔަރުކުރާނެ ގޮތާއި، ޙާލަތާއި، ހައްޔަރުގައި ބަހައްޓާނެ ގޮތާއި، ޙާލަތާއި، ހެކި ހޯދާނެ ގޮތާއި، ހެކި ހުށަހަޅާނެ ގޮތާއި، ހެކި ވަޒަންކުރާނެ ގޮތާއި، އެކަމާގުޅޭ ހުރިހާ ވާހަކައެއް ޤާނޫނުގައި ބަޔާންވެގެންވާ ކަމަށެވެ.

އެގޮތުން ބަލާއިރު، ޤާނޫނުގައި އޮތް ގޮތަށް ހެކި ނުލިބިއްޖެނަމަ، މީހަކު އަދި ކުށެއް ކުރިއަސްވެސް، ނިޒާމުގެ ތެރެއިން ފިޔަވަޅެއް ނޭޅޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި އެ ކަންކަން އެގޮތަށް އޮންނަނީވެސް، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. 

އޭގެ އިތުރުން، މި ނިޒާމު ރަނގަޅު ނޫންނަމަ، ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ބަދަލު ގެނެވިދާނެކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، މަގުމަތިން މި މައްސަލަ ޙައްލުކުރުމަކީ ހުއްދަކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އެއީ، އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މަގުމަތިން ޤާނުނު ހިންގުމާއި، ކުށްކުރާ މީހުންނަށް އަނިޔާކޮށް ބަދަލު ހިފުމުގެ އިތުރުން، ކުށުގެ ތުހުމަތު ކުރެވޭ މީހުން ގަން ހިންގުވުމާއި އެކި ގޮތްގޮތުން ފުރައްސާރައާއި އަނިޔާ ކުރުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް