Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގައި ފެންބޮޑުވުން

ޕާކިސްތާނުން ބައިނަލްއަގުވާމީ އިތުރު އެހީއަށް އެދިއްޖެ

4 ސެޕްޓެމްބަރު 2022 | އާދީއްތަ 02:24

އިތުރު 57 މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ސެޕްޓެމްބަރު 2022 | އާދީއްތަ 02:24
ޕާކިސްތާނުގައި ފެންބޮޑުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިއްޖެ

ޕާކިސްތާނުގައި ފެންބޮޑުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިއްޖެ

ޕާކިސްތާނުން ބައިނަލްއަގުވާމީ އިތުރު އެހީއަށް އެދިއްޖެއެވެ.

ޕާކިސްތާނުގެ ކަމާއިބެހޭ އިދާރާތަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާގައި ބުނެފައިވަނީ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އިތުރު 57 މީހުން މަރުވެފައިވާ އިރު، އެގައުމުން އެދިފައިވަނީ އިންސާނީ އެހީތެރިކަމަށެވެ. މިހާތަނަށް އައި އިރު އެގައުމުގައި 1265 މީހުން ވަނީ މަރުވެފައެވެ.

ފެޑެރަލް ޕްލޭނިންގ މިނިސްޓަރު އަހުސަން އިގްބާލް ވަނީ 33 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ޕަކިސްތާނުގައި ފެންބޮޑުވެ އެތައް މިލިއަން މީހުންނެއް ހާލުގައި ޖެހިފައިވާ އިރު، މިހާރު ވެސް ބައިނަލްއަގުވާމީ ދުނިޔެއިން އަންނަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޕާކިސްތާނުގެ ސަރުކާރުން ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 10 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

ޕާކިސްތާނުގައި ފެންބޮޑުވެ ކުރިމަތިލަމުން އަންނަ ކާރިސާގެ މައިގަނޑު ސަބަބަކީ މޫސުމީ ވިއްސާރައާއި މޫސުމީ ބަދަލުތަކެވެ. ނިމިގެންދިޔަ ހަފްތާގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވެސް ވަނީ މަޑުނިންޖެއްގައި ނުތިބެ ހޭލައިގެން ޕާކިސްތާނަށް ދިމާވެފައިމިވާ މި ނުރައްކާތެރި ކާރިސާއިން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔެއަށް ގޮވާލާފައެވެ.

މި މަހުގެ 9 ވަނަ ދުވަހު ގުޓަރޭސް ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު، މި ދަތުރުގައި ފެންބޮޑުވެ ގެއްލުން ލިބުނު ސަރަހައްދުތަކަށް ވަޑައިގެން ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނިމިގެންދިޔަ ހަފާތްގައި އދ އާއި ޕާކިސްތާން ގުޅިގެން ވަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 160 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބުނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ. ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މިލިއަނެއްހާ ގެއަށް ވަނީ ގެއްލުންވެފައެވެ.

ޕާކިސްތާންގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ހޮނިހިރު ދުވަހު އިތުރު 57 މީހުން މަރުވެގެން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިއާއެކު މިހާތަނަށް 1265 މީހުން މަރުވެފައިވާ އިރު، 441 ކުޑަކުދިން މީގެ ތެރޭގައި ހިމެނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް