Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މަޢުމޫނާއި ރައީސް ޔާމީންގެ ގުޅުން

"ޔާމީން ސަރުކާރުން ހިންގި ގޯސްތަކުގެ ވާހަކަ ދެއްކުމުން ހިތްހަމަޖެހިވަޑައިނުގެން ކޯފާ ވެސް އިސްކުރެއްވި"

އަޅުގަނޑަކަށް ޤަބޫލުއް ނުކުރެވޭ އޭރު ހިނގަން ޖެހޭ ކަންތައްތައް އޭރު އެގޮތަށް ހިނގަންވާނެ ކަމަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ސެޕްޓެމްބަރު 2022 | ހުކުރު 08:29
ކުރީގެ ދެ ރައީސުން

ކުރީގެ ދެ ރައީސުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހިންގި ގޯސްތަކުގެ ވާހަކަ ދެއްކެވުމުން އެކަމާއި އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގެން ކޯފާ އިސްކުރެއްވި ކަމަށް ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވީޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މަޢުމޫން ވިދާޅުވީ އެ ދެބެއިންގެ ދެމެދު ވަރަށް ބޮޑެތި މައްސަލަތައް އުޅޭ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ހަޒާނާއިން ކޮންމެވެސް މީހަކު ފައިސާ ނެގުމާއި ކޮރަޕްޝަންގެ ކަންތައްތަކާއި އަދުލު އިންސާފު ޤާއިމު ނުކުރުމުގެ މައްސަލަތައް ދިމާވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޚިޔާލު ތަފާތުވުންތައް އުފެދުނު ކަމަށެވެ.

Advertisement - newsAdvertisement

އެކަހަލަ ކަންތައްތައް ވުމުން ހިތްހަމަޖެހިވަޑައިނުގަތް ކަމަށާއި ޔާމީން ވެރިކަމަށް ގެންނެވުމަށް އެމަނިކުފާނު ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށް އެޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީނާއެކު ވަޑައިގެން މާލެ އާއި އަތޮޅުތަކަށް ޒިޔާރަތްކުރައްވާ ޔާމީނަށް ވޯޓް ހޯދައިދެއްވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރު ރަނގަޅު ގޮތަށް ނުދާނަމަ، މަގަށް އެޅުވުމުގެ ޒިންމާ ކޮންމެވެސް ވަރަކަށް އެމަނިކުފާނުގެ ވެސް އޮތްކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެއީ ބުނަން ފަސޭހަވިޔަސް ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

ރައީސް މަޢުމޫން މިފަދައިން ވިދާޅުވެފައިވާއިރު ޕީޕީއެމްގެ ވެރިކަމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ހައްޔަރު ވެސް ކުރައްވާފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ހައްޔަރުކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ.

އެއަށްފަހު ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއަކާއި ގުޅިގެންނެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މަޢުމޫން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައިވެއެވެ. އަދި އެމަނިކުފާނު ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކުރުމާއެކު އެމަނިކުފާނު އޭރު މާފުށީ ޖަލަށް ބަދަލުކުރިއެވެ. ނަމަވެސް ސިއްޙީ ހާލުކޮޅު ހުރި ގޮތުން އާއިލާއިން ތަކުރާރުކޮށް އެދުމުން ދޫނިދޫ ޖަލަށް އޭރު ބަދަލުކުރިއެވެ.

ރައީސް މައުމޫނުގެ ޖަލު ހުކުމް ބާތިލްކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެމަނިކުފާނު އޭރު ބަންދުގައި ހުންނެވިއިރު ވެސް ވިދާޅުވަމުން ގެންދެވީ އެއްވެސް ޖިނާއީ ކުށެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ވެރިކަމުގައި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް ހައްޔަރު ކުރެއްވީ އެމަނިކުފާނު ކުށެއް ނުކުރައްވާ ހުންނަވަނިކޮން ނޫން ކަމަށް ރައީސް ޔާމީން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މަޢުމޫން ހައްޔަރު ކުރެއްވީ އެމަނިކުފާނު ކުށެއް ނުކުރައްވާ ހުންނަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރެއްވީ ދައުލަތުގެ ހައްޤަށް އަރައިގެންނެވުމުން ކަމަށެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލުމަށް އެންމެ އިސް މޭއިސްތިރިއަކަށް ހުންނެވީ ވެސް ކުރީގެ ރައީސް މަޢުމޫން ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ. އެގޮތަށް އަމަލު ކުރެއްވުމުން ހައްޔަރު ކުރަން މަޖުބޫރު ވެވަޑައިގަތް ކަމަށާއި އެއީ ރައީސް ޔާމީންގެ އަމިއްލަފުޅު ނިންމެވުމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު