Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބ. ދަރަވަންދޫ ކައުންސިލް

ރައީސް ޞާލިޙް އަކީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެގޮތުގައި ގިނަ ބަޔަކު ބަލައިގެންފި: ދަރަވަންދޫ ކައުންސިލް

މި ސަރުކާރަކީ ރާއްޖޭގެ ތަރައްގީގައި ކުޑަ ރަށެއް، އަދި ބޮޑު ރަށެއް ތަފާތުކުރުމެއްނެތި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ޚިދުމަތްތައް ފޯރުކޮށްދޭ ސަރުކާރެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 16:50
ރައީސުލްޖުމްހޫރިއްޔާ ބ. ދަރަވަންދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ބ. ދަރަވަންދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދަރަވަންދޫ ކައުންސިލުންގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމުންނެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ފާހަގަކުރި ގޮތުގައި، ރައީސް ޞާލިޙްގެ ސަރުކާރަކީ ރާއްޖޭގެ ތަރައްޤީގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ތަރައްޤީއާއި ރަށްތަކަށް ބޭނުންވާ ޚިދުމަތްތައް ދެއްވަމުންގެންދަވާ ސަރުކާރެކެވެ.

ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި މިހާރުވެސް ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިޔަށް ދިޔަކަމުގައިވިޔަސް ބައެއް ކަހަލަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ދަރަވަންދޫގެ ބަނދަރާއި އެއަރޕޯޓާއި ދެމެދުގައިވާ ސަރަޙައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި،ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރަން ބޭނުންވުމާ، ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފްލެޓް އަޅަން ބޭނުންވާކަމަށާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫ ކައުންސިލްގެ މެމްބަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެއްވުމަަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ މަޝްރޫޢުތައް ފާހަގަކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ބ. ދަރަވަންދޫރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު