Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރު ގޮރްބަޗޯވް

ގޮރްބަޗޯވްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމާ ޕުޓިން ދެކޮޅުހައްދަވައިފި

1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 15:00

ގޮރްބަޗޯވްގެ ޖަނާޒާ އޮންނާނީ ހޮނިހިރު ދުވަހު މޮސްކޯގެ ހޯލް އޮފް ކޮލަމްންސްގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 15:00
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރު މީޚާއިލް ސެރްގެއިވިޗް ގޮރްބަޗޯވްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމާ، ރަޝިއާގެ މިހާރުގެ ރައީސް ލެޑްމިއަރ ޕުޓިން ދެކޮޅުހައްދަވައިފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ޕުޓިން ވަނީ ގޮރްބަޗޯވްގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވާނެއެވެ.

ހުޅަނގުގެ ގައުމުތަކަށް މިނިވަންކަން ހޯއްދަވައިދެއްވައި، އެގައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތްޕުޅާ ގުޅިގެން ސަބަބުން ހުޅަނގުގެ ގައުމުތަކުގެ މެދުގައި ގޮރްބަޗޯވްއަކީ މަޝްހޫރު ބޭފުޅެއް ނަމަވެސް، ސޯވިއެޓް ޔޫނިއަން ނިމުމަކަށް އައުމުގެ ޒިންމާ ގޮރްބަޗޯވް ނަންގަވަން ޖެހިވަޑައިގަންނަވާކަމަށް ދެކޭ ގިނަ އަދަދެއްގެ ބަޔަކު ރަޝިއާގައި މިވަގުތުވެސް އެބަތިއްބެވެ.

ރަޝިއާގެ ކުރީގެ ރައީސް ބޮރިސް ޔެލްސިން އަވަހާރަވުމުން އެމަނިކުފާގެ ޖަނާޒާ ވަނީ ރަސްމީ އިއްޒަތުގަައި ބާއްވާފައެވެ. އަދި އެކަމުގެ ހިތާމާގައި ޕުޓިން ވަނީ ގައުމީ ހިތާމައިގެ ދުވަހެއްވެސް އިއުލާނުކުރައްވާފައެވެ.

މިފަދަ ގޮތަކަށް ގޮރްބަޗޯވްގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ނުގެންދެވިނަމަވެސް ސަރުކާރުން އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން ކުރާނެކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވަނީ ވިދާޅުވެފައެވެ. ޕެސްކޮވް ވަނީ ޕުޓިންގެ މަސައްކަތްޕުޅު ހުރިގޮތުން، ހޮނިހިރު ދުވަހު މޮސްކޯގެ ހޯލް އޮފް ކޮލަމްންސްގައި ބާއްވަން ހަމަޖެހިފައިވާ ޖަނާޒާގައި އެމަނިކުފާނަށް ބައިވެރިވެވަޑައި ނުގެންނެވޭނެކަމަށް ވިދާޅުވެފައެވެ.

ގޮރްބަޗޯވްގެ ހަށިކޮޅަށް ޕުޓިން ޒިޔާރަތްކުރައްވާ މަންޒަރުދައްކައިދޭ ވީޑިއޯއެއް ބުރާސްފަތި ދުވަހު ވަނީ އާންމުވެފައެވެ. ބުރާސްފަތި ދުވަހު ޕުޓިން ޒިޔާރަތްކުރައްވާފައި ވަނީ ހޮނިހިރު ދުވަހު ޖަނާޒާގައި ބައިވެރިވެވަޑައިނުގެންނެވޭނެތީ ކަމަށް ޕެސްކޮވް ވަނީ ވިދާޅުވެފައެވެ.

ރަސްމީ އިއްޒަތުގެ ޖަނާޒާއެއް ނުބޭއްވުނުނަމަވެސް، އެމަނިކުފާނަށް އަސްކަރީ ގާރޑް އޮފް ހޮނަރ އެރުވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ގޮރްބަޗޯވް އަވަހާރަވެފައިވަނީ އުމުރުފުޅުން 91 އަހަރުފުޅުގައެވެ. އެމަނިކުފާނަކީ ލޭއޮހޮރުވުމަކަށް ނުގޮސް ފިނި ހަނގުރާމަ ނިމުމަކަށް ގެންނެވި، އެހެންނަމަވެސް ސޯވިއެޓް ޔޫނިއަން ނިމުމަކަށް އައުން ނުހުއްޓުވުނު ލީޑަރެވެ.

ދެ ވަނަ ބޮޑުހަނގުރާމައަށްފަހު ޔޫރަޕަށް އައިސްފައިވާ ބައިބައިވުން ނިމުމަކަށް ގެނެސް، ދެ ޖަރުމަނު ގުޅާލުމުގައި ބޮޑު ދައުރެއް އަދާކުރެއްވި ގޮރްބަޗޯވް ވަނީ، އެމެރިކާއާއެކު ހަތިޔާރު މަދުކުރުމުގެ އެއްބަސްވުމަކަށް ވަޑައިގަންނަވާފައެވެ. އެހެންނަމަވެސް އެމަނިކުފާނު ގައުމުގެ ކަންކަމުގައި ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން ސޯވިއެޓް ޔޫނިއަންގެ ބާރު ދަށްވެ، ސޯވިއެޓް ޔޫނިއަންގެ ވެރިކަމަށް ނިމުމެއް ގެނައުމަށް މަޖުބޫރުވިއެވެ.

މިކަންތައް ޕުޓިން ސިފަކުރައްވާފައި ވަނީ 20 ވަނަ ގަރުނުގެ އެންމެ ބޮޑު ޖިއޯޕޮލިޓިކަލް ކާރިސާގެ ގޮތުގައެވެ.

ރަޝިއާމީޚާއިލް ގޮރްބަޗޯވްވްލަޑިމިއަރ ޕުޓިން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
04 ޑިސެމްބަރު 2025

ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް

04 ޑިސެމްބަރު 2025
ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް
04 ޑިސެމްބަރު 2025

އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި

04 ޑިސެމްބަރު 2025
އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި
02 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި

02 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި
28 ނޮވެމްބަރު 2025

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025
ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް