Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އާސެނަލް މޮޅުވުމުގެ ސިލްސިލާ ފަސް މެޗަށް، ތާވަލްގެ އެއްވަނާގައި!

އާސެނަލް އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:46
އާސެނަލްގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ޖެސޫސް

އާސެނަލްގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ޖެސޫސް

އާ ސީޒަންގައި އާސެނަލްގެ ރަނގަޅު ފޯމް ދަމަހައްޓާ ލީގުގައި ފުރަތަމަ ފަސް މެޗުންވެސް މޮޅުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ކުޅުނު ފަސްވަނަ ފުޓުބޯޅަ މެޗު ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި އެސްޓޮން ވިލާއާ ވާދަކޮށް 2-1 ނެވެ. ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ އާސެނަލްއަށް ކުރި ހޯދައިދިނީ ސިޓީން ގެނައި ބްރެޒިލް ފޯވާޑް ޖީސުސްއެވެ. އެކަމަކު 74 ވަނަ މިނެޓުގައި ޑަގްލަސް ލުއިޒް ލަނޑެއް ޖަހާ އެސްޓޮން ވިލާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެނަތީޖާގައި ދެމިއޮތީ އެންމެ ދެ މިނެޓެވެ. ގަބްރިއަލް މާޓިނެލީ ލަނޑު ޖަހާ އާސެނަލްއަށް ފަސްވަނަ މޮޅު ހޯދައިދީ, ތާވަލްގެ އެއްވަނާގައި ބާއްވައިދިނެވެ. މިއީ 2004-2005 ވަނަ އަހަރުގެ ސީޒަންގެ ފަހުން ފުރަތަމަ ފަސް މެޗުން އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ. އެސީޒަންގައި އާސެނަލް ލީގު ނިންމާލީ ދެވަނާގައެވެ.

މިމޮޅާއެކު އާސެނަލްއަށް އެއްވަނާގައި މަޤާމް ދެމެހެއްޓުނު ނަމަވެސް, މިބައްޔާއެކު އެސްޓޮން ވިލާގެ ކޯޗު ސްޓީވަން ޖެރާޑަށް ވަނީ ޕްރެޝަރ ބޮޑުވެފައެވެ. ފުރަތަމަ ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ޓީމް އޮތީ ރެލިގޭޝަން ޒޯންގައެވެ.

ޕްރިމިއަރ ލީގުއާސެނަލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު