Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މީޚާއިލް ސެރްގެއިވިޗް ގޮރްބަޗޯވް

"ގޮރްބަޗޯވް އަށް ދިމާވި މައްސަލައަކީ ވެރިކަން ކުރެއްވުމަށް ލިބިވަޑައިގެންނެވި ގައުމަށް އެމަނިކުފާނަކީ މާރަނގަޅު ބޭފުޅަކަށް ވުން"

ސޯވިއެޓް ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ގޮރްބަޗޯވް ހަވާލުވެވަޑައިގެންނެވީ އުމުރުފުޅުން 54 އަހަރުގައި 1985 ވަނަ އަހަރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 31 އޯގަސްޓު 2022 | ބުދަ 14:40
ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރު މީޚާއިލް ސެރްގެއިވިޗް ގޮރްބަޗޯވް

ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރު މީޚާއިލް ސެރްގެއިވިޗް ގޮރްބަޗޯވް

މީޚާއިލް ސެރްގެއިވިޗް ގޮރްބަޗޯވް އަކީ ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރެވެ. އުމުރުފުޅުން 91 އަހަރުގައި އަވަހާރަ ވެފައިވާއިރު، އެމަނިކުފާނަކީ ލޭއޮހޮރުވުމަކަށް ނުގޮސް ފިނި ހަނގުރާމަ ނިމުމަކަށް ގެންނެވި އެހެންނަމަވެސް ސޯވިއެޓް ޔޫނިއަން ނިމުމަކަށް އައުން ނުހުއްޓުވުނު ލީޑަރެވެ.

ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް އައިސްފައިވާ ބައިބައިވުން ނިމުމަކަށް ގެނައިސް ދެ ޖަރުމަނު ގުޅާލުމުގައި ގައި ބޮޑު ދައުރެއް އަދާކުރެއްވި ގޮރްބަޗޯވް ވަނީ އެމެރިކާ އާއެކު ހަތިޔާރު މަދުކުރުމުގެ އެއްބަސްވުމަކަށް ވަޑައިގަންނަވާފައެވެ. އެހެންނަމަވެސް އެމަނިކުފާނު ގައުމުގެ ކަންކަމުގައި ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން ސޯވިއެޓް ޔޫނިއަންގެ ބާރު ދަށްވެ، ސޯވިއެޓް ޔޫނިއަންގެ ވެރިކަމަށް ނިމުމެއް ގެނައުމަށް މަޖުބޫރުވިއެވެ.

ރަޝިއާގެ މިހާރުގެ ރައީސް ވްލަޑްމިއަރ ޕުޓިން މިކަންތައް ސިފަކުރައްވާފައި ވަނީ 20 ވަނަ ގަރުނުގެ އެންމެ ބޮޑު ޖިއޯޕޮލިޓިކަލް ކާރިސާގެ ގޮތުގައެވެ.

މީޙާއިލް ގޮރްބަޗޯވް އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު އަވަހާރަވެފައިވާކަމަށް ރަޝިއާގެ ސެންޓްރަލް ކްލިނިކަލް ހޮސްޕިޓަލުން އާންމުކުރައްވާފައިވާއިރު، އެމަނިކުފާނު އަވާހަރަވުމާ ގުޅިގެން ރައީސް ޕުޓިން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ގޮރްބަޗޯވް އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ގިނަ ލީޑަރުން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އެގޮތުން ޔޫރަޕިއަން ކޮމިޝަންގެ ޗީފް، އުރްސެލާ ވޮން ޑަރ ލެޔެން ވަނީ، 1990 ވަނަ އަހަރުގެ ނޯބްލް ޕީސް ޕްރައިޒް ހޯއްދެވި ގޮރްބަޗޯވް ވަނީ ޔޫރަޕް މިނިވަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ގޮރްބަޗޯވް ވަނީ އެކަހެރިވެފައިވާ ސޯވިއެޓް ޔޫނިއަން އެހެން ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް ކުރިއެރުވުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިކަމަށް ވިދާޅުވެފައެވެ. މިކަންތައް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ފިނި ހަނގުރާމައަށް ނިމުމެއް ގެނައިސް ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ހުޅަނގާ ރަޝިއާ އާއި ދެމެދު އޮތް ގުޅުން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ގޮރްބަޗޯވް ވަނީ ކުރައްވާފައެވެ.

ކުރީގެ ރަޝިއަން ލިބަރަލްގެ އިދިކޮޅު ލީޑަރު ގްރިގޮރީ ޔެވްލިންސްކީ ވަނީ ރަޝިއާގެ އެތައް މިލިއަން މީހުންނާއި ޔޫރަޕްގެ ދެބައިކުޅަ އެއްބަޔަށް މިނިވަންކަން ހޯއްދަވައިދެއްވި ބޭފުޅަކީ ގޮރްބަޗޯވް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ވަރަށް މަދު ލީޑަރުންނަށް ނޫނީ ހޯދިފައިވާ ކާމިޔާބީއެއް ނޫން ކަމަށް ގްރިގޮރީ ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު ކުރިއަށްދާ ޔޫކްރެއިން ރަޝިއާ ހަނގުރާމައާއި އެކު އައު ފިނި ހަނގުރާމައެއް ފަށާނެ ކަމުގެ އިންޒާރުތައް ހުޅަނގުން ދެމުންދާއިރު، މިއީ ގޮރްބަޗޯވްގެ ލެގަސީގައި އެމަނިކުފާނުގެ އެންމެ ފަހުގެ އަހަރުތަކުގައި އެޅިގެންދިޔަ ވަރަށް ބޮޑު ކޫރުމެއް ކަަމަށް ބޭރުގެ މީޑިއާތަކުން ފާހަގަކުރެއެވެ.

ކާރނެގީ އެންޑޯމެންޓް ފޮރ އިންޓަނޭޝަނަލް ޕީސްގެ ސީނިއަރ ފެލޯއެއް ކަމަށްވާ އެންޑްރީ ކޮލެސްނިކޮވް ވަނީ ގޮރްބަޗޯވް އަވަހާރަވެފައި މިވަނީ އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތުން ހޯއްދެވި މިނިވަންކަން ގެއްލުވާލާ އެމަނިކުފާނުގެ ބުރަ މަސައްކަތްތައް ރަޝިއާގެ މިހާރުގެ ރައީސް ޕުޓިން ވެއްޔާ މޮޑެލާފައި ވަނިކޮށް ކަމަށް ވިދާޅުވެފައެވެ.

1989 ވަނަ އަހަރު ކޮމިއުނިސްޓް ސޯވިއެޓް ބްލޮކްގެ ގައުމުތަކުގައި ޕްރޯ ޑިމޮކްރަސީ މުޒާހަރާތައް ފެށުމުން ބާރުގެ ބޭނުން ކުރުމުން ގޮރްބަޗޯވް ވަނީ ދުރުހެލިވެފައެވެ. މިފަދަ މުޒާހަރާތަކާ މީގެ ކުރީގެ ލީޑަރުން ކުރިމަތިލާފައި ވަނީ ޓޭންކް ފަދަ ބަރު ހަތިޔާރާއެކުއެވެ. އޭގެތެރޭގައި 1956 ވަނަ އަހަރުގެ ހަންގޭރީގެ ހާދިސާ އާއި 1968 ވަނަ އަހަރުގެ ޗެކޯސްލޮވޭކިއާ ހާދިސާ ހިމެނެއެވެ.

އެހެންނަމަވެސް ގޮރްބަޗޯވްގެ މިސިޔާސަތުގެ ސަބަބުން ސޯވިއެޓް ޔޫނިއަންގެ ދަށުގައި ތިބި 15 ގައުމަކުން ވަނީ އެގައުމުތަކުގެ މިނިވަންކަމަށް ގޮވާލައި ސޯވިއެޓް ޔޫނިއަނުން ވަކިވެގަތުމުގެ މަސައްކަތް ކުރަން ފަށާފައެވެ. އެއާއެކު ދެ އަހަރު ދުވަހުގެ ތެރޭގައި ސޯވިއެޓް ޔޫނިއަނަށް ނިމުމެއް އައި މަންޒަރު ފެނިގެން ދިޔައެވެ.

ސޯވިއެޓް ޔޫނިއަން ރޫޅުނަ ނުދީ ހިފޭއްޓުމަށް ގޮރްބަޗޯވް މަސައްކަތްކުރެއްވި ނަމަވެސް 1991 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ކުރިއަށްދިޔަ ބަގާވާތާއެކު އެމަނިކުފާނު ވަނީ މަގާމުން ވަކިކުރެވިފައެވެ.

ސޯވިއެޓް ޔޫނިއަން ރިފޯމް ކުރުމުގެ މަސައްކަތް ގޮރްބަޗޯވް ފެއްޓެވުން ވެގެންގޮސްފައި ވަނީ ސޯވިއެޓް ޔޫނިއަން ރޫޅުމަށް މަގުފަހިވެގެން ދިޔަ އެއް ސަބަބަށެވެ. މިއީ ސޯވިއެޓް ޔޫނިއަންގެ އިތުރުން ގޮރްބަޗޯވް އަށް ކުރިމަތި އެންމެ ހިތާމަވެރި ހާދިސާކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.

ސޯވިއެޓް ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ގޮރްބަޗޯވް ހަވާލުވެވަޑައިގެންނެވީ އުމުރުފުޅުން 54 އަހަރުގައި 1985 ވަނަ އަހަރުއެވެ. ގިނަ ރިފޯމްތަކަކާއެކު ސިޔާސީ އަދި އިގުތުސާދީ މިނިވަނކަން ހަނިކުރެއްވުމުގެ މަސައްކަތް ކުރެއްވި ނަމަވެސް މިކަންތައް ބޮއްސުންލައިގެންދިޔައެވެ.

އެމެރިކާގެ މެސަޗޫސެޓްގެ އެމްހަރސްޓް ކޮލެޖްގެ ޕްރޮފެސަރެއް ކަމަށްވާ ވިލިއަމް ޓައުބްމަން ވަނީ ގޮރްބަޗޯވް އަކީ ރަނގަޅު އިންސާނެއް ކަމަށާއި އެމަނިކުފާނަށް ދިމާވި މައްސަލައަކީ ވެރިކަން ކުރެއްވުމަށް ލިބިވަޑައިގެންނެވި ގައުމަށް އެމަނިކުފާނަކީ މާރަނގަޅު ބޭފުޅަކަށް ވުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ސޯވިއެޓް ޔޫނިއަން ރޫޅުމުގައި ގޮރްބަޗޯވްގެ ދައުރެއް ވާކަމަށް ގަބޫލުކޮށް އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ ބޭފުޅަކީ ގޮރްބަޗޯވްކަމަށް ގަބޫލުކުރާ މީހުން ރަޝިއާގައި މަދެއް ނޫނެވެ. އަދި ބައެއް މީހުން ވަނީ ސޯވިއެޓް ޔޫނިއަން ގަސްތުގައި ރޫޅައިލި ކަމުގެ ތުހުމަތުވެސް ގޮރްބަޗޯވް އަށް ކޮށްފައެވެ.

މީޚާއިލް ގޮރްބަޗޯވް ފަސްދާނު ލެވޭނީ 1999 ވަނަ އަހަރު އަވާހަރަވި އެމަނިކުފާނުގެ އަނބިކަނބަލުން ރައިސާގެ މަހާނަ ކައިރީގައި މޮސްކޯގެ ނޮވޮޑެވިޗީ ސިމެޓްރީގައެވެ.

މީޚާއިލް ގޮރްބަޗޯވް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮރްބަޗޯވްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމާ ޕުޓިން ދެކޮޅުހައްދަވައިފި

ގޮރްބަޗޯވްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމާ ޕުޓިން ދެކޮޅުހައްދަވައިފި

01 ސެޕްޓެމްބަރު 2022
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017
ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

30 މެއި 2017
"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

23 މެއި 2017
ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!

ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!

08 މެއި 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު