Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުން

ލިވާތު އަދި ސިޙާޤުގެ ކުށްތަކަކީ ބޮޑެތި ޖިނާއީ ކުށްތަކުގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފި

ބިލް ފާސްކުރަން މެމްބަރުންގެ އެއްބާރުލުން ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގަންނަވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 އޯގަސްޓު 2022 | ބުދަ 06:57
މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

ލިވާތުގެ ކުށާއި ސިޙާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހުށަހަޅުއްވާފައިވާ އެ އިސްލާހުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ޤާސިމް މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހުގައި ހުށަހަޅާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާ އަށް އަކުރެއް އިތުރުކުރުމަށެވެ.

އެ ބިލު ހުށަހަޅުއްވަމުން ޤާސިމް ވިދާޅުވެފައި ވަނީ އެއްޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކުށެއް ކަަމަށް ދެކި، އެފަދަ އަމަލުތައް ކުރާ ފަރާތްތައް ފަސޭހައިން މުޖުތަމައު ތެރެއަށް ދޫވެފައި ތިބުމަކީ ޝަރުއީ މަރުހަލާ ނިމުމުގެ ކުރިން ބަޔަކާއި އެކު ވަހުޝީ އަމަލެއް ހިންގުމަށް ފުރުސަތު ލިބޭ ކަމެއް ކަަމަށެވެ. އެފަދަ މީހުންނަކީ މުޖުތަމައު އަށް ނުރައްކާތެރި ބައެއް ކަމަށް ސިފަކުރައްވާ ޤާސިމް ވަނީ އެ ފަދަ މީހުންގެ ވަސްވާސް އެ މީހުންގެ އާއިލާ އާއި މުޖުތަމައަށް ފޯރުމުގެ ކުރިން އެކަހެރި ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. އެއީ އިސްލާމީ މުޖުތަމައުގެ ސަލާމަތަށްޓަކައި ގައުމުގެ ވެރިންނާއި، މެމްބަރުން ސީރިއަސްކޮށް ވިސްނަވަން ޖެހޭ މައްސަލަ އެއް ކަމަށް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ޤައުމުގެ ބޮޑުންގެ ތެރެއިން ބަޔަކު އެފަދަ އަމަލުތައް ކުރާ މީހުން ހިމާޔަތް ކުރާ ހިސާބަށް ކަންކަން ދިއުމަކީ ލަދުވެތި ކަމެއް ނޫންތޯ ގާސިމް ވަނީ ސުވާލުކުރައްވާފައެވެ. އަދި ރުހުމުގައި ޒިނޭކުރުމާއި، ލިވާތުކުރުން ފަދަ އަމަލުތައް ކުރުމަކީ މައްސަލައެއް ނޫން ކަމަށް ގަބޫލުކުރާ މީހުން މުޖުތަމައުގައި ގިނަވެފައިވާ ކަމަށާއި، އެފަދަ އަމަލުތަކަކީ ބޮޑުކަމެއް ނޫން ކަަމަށް ދޭހަވާ މޭރުމަކުން ބައެއް ސިޔާސީ މީހުން ވެސް ވާހަކަދައްކާ ކަަމަށް ޤާސިމް ވަނީ އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައެވެ. އަދި އެ އަމަލު ޕްރޮމޯޓުކުރުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށް ވެސް ޤާސިމް ވަނީ ތުހުމަތުކުރައްވާފައެވެ. ބިލް ފާސްކުރަން މެމްބަރުންގެ އެއްބާރުލުން ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގަންނަވާފައެވެ.

ގާނޫނުލްޢުގޫބާތުގައި ބުނާ ގޮތުން މީހަކާ ނީނދެ ކާވެންޏެއްގެ މަތީގައި ހުރި މީހަކާއި ޒިނާ ނުވަތަ ލިވާތުކުރުމަކީ ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށެވެ. މީހަކާ ނީނދެ ހުރެ ކައިވެންޏެއްގެ މަތީގައި ނުވާ މީހަކާ އެކު ކުރި ކުށެއް ނަމަ އެއީ ޖުނަޙުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށުގައި ޖަލަށް ލެވޭނީ ގިނަވަގެން 1 އަހަރު ދުވަހެވެ. ޖުނަޙުގެ 2 ވަނަ ދަރަޖައިގެ ކުށެއްގައި ޖަލަށް ލެވޭނީ ގިނަ ވެގެން 6 މަސް ދުވަހެވެ.

ޖިންސީ ކުށުގެ ޤާނޫނުގައި "އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް" ބަޔާންކޮށްފައިވެއެވެ. އެގޮތުން އެފަދަ އަމަލެއް ރުހުމުގައި ކޮށްފިނަމަ ކުށުގެ އަދަބަކީ 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެ އަމަލު ހިންގީ އެތަނުން އެކެއްގެ ނުރުހުމުގައި ނަމަ އަދަބަކީ 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްރައްޔިތުންގެ މަޖިލިސްޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
07 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

07 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު