Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީނީ މަގުގެ މަޝްރޫއު

މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކައުންސިލެއް ބާކީނުކުރުން: އަކްރަމް

30 އޯގަސްޓު 2022 | އަންގާރަ 14:17

އެއްބަސްވުމުގައި ނުހިމެނޭ ބޮޑެތި މަގުތަކުގެ މަސައްކަތް ވަކި އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 އޯގަސްޓު 2022 | އަންގާރަ 14:17
އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިން އެންޑް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަފުޅުދައްކަވަނީ

އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިން އެންޑް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަފުޅުދައްކަވަނީ

މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކައުންސިލެއް ބާކީނުކުރުން ކަމަށް, ހައުސިން އެންޑް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވުމަށް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަކްރަމް ވިދާޅުވީ، އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިނިސްޓްރީން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރި ހިސާބުން މައުލޫމާތުގެ އޮޅުންތަކެއް އެރިކަމަށާއި، އަމީނީމަގުގެ މަޝްރޫއު ވަކިން ކުރިއަށް ގެންދިއުމަށް އާރްޑީސީއާ ހަވާލުކުރިކަމަށެވެ. މާލެސިޓީގެ ސްކޭޕިންގ މަޝްރޫއުގެ ދަށުން މާލޭގެ 13 ސެގްމަންޓްގައި މަގު ހެދުމަށް މިނިސްޓްރީން މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް އާރްޑީސީއާ ހަވާލުކުރި މި މަސައްކަތަކީ މުޅިން ވަކި މަޝްރޫއެއް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ އެއްބަސްވުމުގައި ނުހިމެނޭ ބޮޑެތި މަގުތަކުގެ މަސައްކަތް ވަކި އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާނެ ކަމަށެވެ. އަދި އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ އޭގެ ފެށުންކަމަށެވެ.

އަމީނީ މަގު ތަރައްގީކުރަން ސަރުކާރުން ނިންމީ އެ މަގަކީ ގިނަ އާންމު ރައްޔިތުން ބޭނުންކުރާ މަގަކަށްވެފައި، މުހިންމު ހުރިހާ ޚިދުމަތެއް އެ މަގެއްގައި ގާއިމުވެފައިވާ ހަމައެކަނި މަގަކީ މިހާރު އަމީނީ މަގުކަމަށް ވާތީ އަކްރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، އަމީނީ މަގުގެ މައްސަލައަކީ ގައުމީ ފެންވަރުގެ މައްސަލައެއްކަމަށް ބުންޏަސް ދޮގަކަށްނުވާނެ ކަމަށެވެ. އާރްޑީސީ ކުންފުންޏާ ސަރުކާރުން މި މަސައްކަތް ހަވާލުކުރީ އެ ކުންފުންޏަކީ މަގު ހެދުމުގެ އެންމެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކުންފުންޏަށްވުމުން ކަމަށާއި، މީގެ ކުރިން އެ ކުންފުނިން ހަދާފައިވާ މަގުތަކަށް ބަލާއިރު މަގުތައް ހެދުމުގެ ފެންވަރާއި ހުނަރު، ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފެނިގެންހިނގައްޖެކަމަށެވެ.

މަގު ހެދުމަށް އާރްޑީސީއާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. ވިއްސާރަ މޫސުންތަކުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްގީކުރުމަށް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު އަކްރަމް ކަމާލުއްދީންއާރްޑީސީމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
19 އޮކްޓޯބަރު 2025

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ
16 އޮކްޓޯބަރު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

16 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް
14 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
21 އޯގަސްޓު 2025

މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި

21 އޯގަސްޓު 2025
މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް