Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލުން

ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލަ: ދެ ހެއްކެއްގެ ހެކިބަސް ނަގައިފި

މޫސާ އިނާސްގެ އިތުރުން، ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް ދައުވާކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 އޯގަސްޓު 2022 | އަންގާރަ 09:10
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް

ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ޤަޞްދުގައި އަލިފާންރޯކޮށްލި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ލ ގަން ތުނޑި، ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ އިތުރުން، ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

މި އަޑުއެހުމުގައި މޫސާ އިނާސް ކޯޓަށް ހާޒިރު ކުރެވިފައި ނުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިދާރީ އޮޅުމެއްގެ ސަބަބުންނެވެ. އޭނާ ވަނީ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ކޯޓުގައި ވަކީލާއެކުކަން ފާހަގަކޮށްފައެވެ. ވުމާއެކު، މި އަޑުއެހުމުގައި އޭނާއާ ގުޅުންހުރި ހެކިންގެ ހެކިބަސް ނަގާފައެއް ނުވެއެވެ.

މި މައްސަލައިގައި ފުރަތަމަ ހެއްކެއްގެ ގޮތުގައި ހާޒިރު ކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ފަރާތެކެވެ. މި ޙާދިސާ ހިނގިއިރު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ފުލުހުންގެ ސީިރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގައެވެ.

އޭނާ ވަނީ އަބްދުއްލަތީފް ދިރިއުޅޭ ކޮޓަރި ބަަލައި ފާސްކޮށް ބައެއް އިލެކްޓްރޯނިކް ވަސީލަތްތައް ހޯދާފައެވެ. އެގޮތުން ފޯނާއި، ޕެންޑްރައިވްއާއި ހާޑް ޑިސްކް ފަދަ ތަަކެތި ވަނީ ހޯދާފައެވެ.

ދައުލަތާއި ދިފާއުންވެސް ވަނީ އޭނާއާ ސުވާލުކޮށްފައެވެ. އެއަށްފަހު ދެން ހާޒިރުކޮށްފައިވަނީ މި މައްސަލައިގެ ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރެއްވި ފަރާތެވެ. މި އަޑުއެހުމުގައި ދައުލަތުން އޭނާއާ ސުވާލު ކުރުމަށްފަހު ދިފާއުންވެސް ވަނީ ގިނަ ސުވާލުތަކެއް އޭނާއަށް އަމާޒުކޮށްފައެވެ.

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވަނީ 22 މާރިޗު 2020 ދުވަހުއެވެ.

ފުލުހުންގެ ލޯންޗެއް ރޯކޮށްލި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިނާސްގެ ގެ ބަލާ ފާސްކުރުއިރު، ފެނުނު ލެޕްޓޯޕެއްގެ ހާޑް ޑިސްކް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ، އިސްލާމިކް ސްޓޭޓް އާއި އަލްގައިދާ އަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާކަމަށް ދައުލަތުން ބުނެއެވެ.

މީގެއިތުރުން، ކޯޓު އަމުރެއްގެ ދަށުން، އަބްދުއްލަތީފްގެ ގެ ބަލާ ފާސްކުރިއިރު، ފެނުނު ހާޑް ޑިސްކެއް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ ޖަބްޙަތުއްނުޞްރާ އާއި އަލްގައިދާއަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސްޓެރަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު