Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުން ތެޔޮ ގަތުން

ރަޝިޔާގެ ތެޔޮ އަފްޣާނިސްތާނުން ގަންނަނީ

ތެލުގެ އިތުރުން ގޮދަން ހޯދުމުގެ މަޝްވަރާ ވެސް ތާލިބާނުން އަންނަނީ ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 އޯގަސްޓު 2022 | އަންގާރަ 03:06
ހަމަށް ތެޔޮ އަޅާފައި ކާބުލްގެ މަގުމަތީގައި ވިއްކަން ބަހައްޓާފައި

ހަމަށް ތެޔޮ އަޅާފައި ކާބުލްގެ މަގުމަތީގައި ވިއްކަން ބަހައްޓާފައި

ރަޝިއާގެ ތެޔޮ ގަތުމުގެ އެއްބަސްވުމުގެ ފަހުގެ މަރުހަލާއަކަށް އާދެވިފައިވާ ކަމަށް އަފްޣާނިސްތާނުގެ ވެރިކަން ކުރަމުން އަންނަ ތާލިބާން ސަރުކާރުން ބުނެފިއެވެ.

ރޮއިޓަރސް އަށް މައުލޫމާތު ދެމުން ތާލިބާންގެ ސަރުކާރުގެ އޮފިޝަލެއް ވިދާޅުވެފައިވަނީ، ރަޝިއާގެ ތެލާއި، ޕްލާސްޓިކާއި ރެސިން އަދި ނައިލޯނާއި ސިންތެޓިކް ފައިބަރ އުފައްދަން ބޭނުންކުރާ ބެންޒީން ގަތުމަށް ރަޝިއާއާއި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ މަޝްވަރާގެ ފަހު މަރުހަލާ ކަމަށެވެ.

އަފްޣާނިސްތާނުގެ މިނިސްޓްރީ އޮފް އިކޮނޮމީގެ ތަރުޖަމާން ހަބީބުއްރަހުމާން ހަބީބީއާއި ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ ކޮމާސް މިނިސްޓްރީން އިސްނަގައިގެން ރަޝިއާގައި އެގައުމުގެ ވަފުދެއް މި މަސައްކަތުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެ ވަފުދުން ކުރަމުން އަންނަނީ ގޮދަނާއި، ގޭހާއި ތެޔޮ ގަތުމުގެ އެއްބަސްވުން ފައިނަލް ކުރުމަށް ކަމަށެވެ.

އަފްޣާނިސްތާނުގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ މި މަހުގެ ތެރޭގައި ރަޝިއާއަށް މިނިސްޓަރުންގެ ފެންވަރުގެ ވަފުދެއް ވަޑައިގެންފައިވާއިރު، ކޮމާސް އަދި ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން އަދިވެސް ތިބީ މޮސްކޯގައި ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ އެއްބަސްވުމާއި ގުޅޭގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ ތެލާއި ބެންޒީން ހޯދުމަށް އެއްބަސްވުމަކަށް އައުމަށް ވަރަށް ކައިރިވެއްޖެ ކަމަށާއި، ވަރަށް އަވަހަށް މި މަސައްކަތް ނިމޭނެ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ރަޝިއާގެ ފޮރިން އަދި އެނަރޖީ މިނިސްޓްރީގެ ތަރުޖަމާނު ބަހެއް ބުނެފައެއް ނުވެއެވެ.

ތެލުގެ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންދަނީ، އަފްޣާނިސްތާނުގެ ކޮމާސް މިނިސްޓަރުގެ މަގާމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ބޭފުޅާގެ އިސްނެންގެވުމުގެމަތިން އެގައުމަށް ވަފުދެއް ވަޑައިގެން ކުރެއްވި މަޝްވަރާތަކާއެކުއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފިނަމަ، ބައިނަލްއަގުވާމީ ދުނިޔެއިން ތާލިބާނުންނާއެކު ވިޔަފާރިކުރުމުގެ މަސައްކަތަށް އިތުރުވެގެންދާނެ ބޮޅަކަށެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބި ފަހުން އެގައުމުގެ ކޮންޓްރޯލް އަލުން ތާލިބާނުންގެ ދަށަށް ގެނެސް ސަރުކާރެއް އެކުލަވާލިނަމަވެސް، ބައިނަލްއަގުވާމީ ދުނިޔެއާއި އެހާބޮޑު ގުޅުމެއް ނެތެވެ.

އަފްޣާނިސްތާނުން ރަޝިއާގެ ތެޔޮ ހޯދުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ ރަޝިއާ ޔޫކްރެއިންގެ ހަނގުރާމައާއި ގުޅިގެން، އެމެރިކާ އިސްވެ އޮވެ ރަޝިއާގެ ތެޔޮ ބޮއިކޮޓްކުރުމަށް ގޮވަމުންދާ ދަނޑިވަޅެކެވެ. އަފްޣާނިސްތާނު އަދި ރަޝިއާއަކީ ވެސް ބައިނަލްއަގުވާމީ ފިއްތުންތައް ކުރިމަތިވެފައިވާ ދެގައުމެވެ.

އަފްޣާނިސްތާންރަޝިއާތެލުގެ އަގު

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު