Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ހަމަލާ

ޓެރަރިޒަމް: ޒޫމަލްއަށް ކުރާ ދައުވާގައި ވަކީލަކާއެކު ޖަވާބުދާރީވުމުގެ ފުރުސަތު

ދެން އަޑުއެހުމެއް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޯގަސްޓު 2022 | ހޯމަ 08:16
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، 6 މެއި 2021 ގައި، ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިންގި ތަހުގީގަށްފަހު ޓެރަރިޒަމާ ގުޅުންހުރި ދައުވާއެއް އުފުލާފައިވާ މުޙައްމަދު ޒޫމަލް ޒަރީރުގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި މިހާރު ކުރިއަށްދަނީ އިބްތިދާއީ މަރުޙަލާއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދިފާއުން ވަނީ ދައުވާއަށް ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވާން ބޭނުންވާކަމަށް ބުނެފައެވެ. އެހެންނަމަވެސް، ދައުވާލިބޭ ފަރާތުގެ ވަކީލު މިހާރު މައްސަލައިން ތަނާޒުލްވެފައިވާކަމަށް ހޯމަ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޒޫމަލް ވަނީ އޭނާ މައްސަލައާއެކު ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކުކަމަށް ބުނެފައެވެ. ދައުލަތުންވެސް އެކަމަށް އިއުތިރާޒެއް ނުކުރެއެވެ.

މި އަޑުއެހުމުގައި ގާޒީ ޙަސަން ސައީދު ވަނީ، އޭނާގެ މައްސަލައިގައި ވަކީލަކު ހުށައަޅާފައިވާކަމަށް އިދާރީ ގޮތުން މައުލޫމާތު ލިބިލައްވާފައިވާކަމަށް ވިދާޅުވެ، މައްސަލަ ވަކީލަކާއެކު ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ. ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމަކަށް ރަނގަޅަށް ތައްޔާރުވެގެން އައުމަށް ދިފާއަށް ދަންނަވާފައެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ފަހަތުގައި ތިބީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ތަހުގީގީ އިދާރާތަކުން ބުނެއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ހުކުމް އިއްވާފައިވަނީ ހަމަލާ ދޭން ރިމޯޓު ހިފައިގެން ހުރެ، އެ ރިމޯޓް މެދުވެރިކޮށް ބޮން ގޮއްވާލި އަދުހަމްގެ މައްޗަށް އެކަންޏެވެ.

އަދުހަމްގެ އިތުރުން އެ މައްސަލާގައި ދައުވާކޮށްފައި ވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްއާއި ދަފްތަރު 6231 ޙަސަން ޔާސީން އާއި ހުޅުމާލެ 07-3-56، މުޙައްމަދު ޒޫމަލް ޒަރީރުގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2017

ރާއްޖޭގެ ސަލާމަތީ ކަންކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމްއާއި، ހައްދުފަހަނަ އެޅުން: ސަފީރު އަހުމަދު މުހައްމަދު

24 އޮކްޓޯބަރު 2017
ރާއްޖޭގެ ސަލާމަތީ ކަންކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމްއާއި، ހައްދުފަހަނަ އެޅުން: ސަފީރު އަހުމަދު މުހައްމަދު
05 ސެޕްޓެމްބަރު 2017

ޓެރަރިޒަމްގެ ތުހުމަތުގައި މެލޭޝިޔާއިން ދެ ދިވެހިން ހައްޔަރުކޮށްފި

05 ސެޕްޓެމްބަރު 2017
ޓެރަރިޒަމްގެ ތުހުމަތުގައި މެލޭޝިޔާއިން ދެ ދިވެހިން ހައްޔަރުކޮށްފި
26 އޯގަސްޓު 2017

މެމްބަރުންނާ ދެކޮޅަށް ކުރާ ދައުވާގައި ހެކިބަސްދޭން ތިބި ފުލުހުންނަށް ޕީޖީ ނުފޫޒުފޯރުވާ: އިދިކޮޅު އިއްތިހާދު

26 އޯގަސްޓު 2017
މެމްބަރުންނާ ދެކޮޅަށް ކުރާ ދައުވާގައި ހެކިބަސްދޭން ތިބި ފުލުހުންނަށް ޕީޖީ ނުފޫޒުފޯރުވާ: އިދިކޮޅު އިއްތިހާދު
03 އޯގަސްޓު 2017

ސަރުކާރުން މަޖިލިސް މުވައްޒަފުން ޓެރަރިޒަމްގެ ނުރައްކަލަކަށް ދޫކޮށްލުމީ ބިރުވެރިކަމެއް:ހިސާން

03 އޯގަސްޓު 2017
ސަރުކާރުން މަޖިލިސް މުވައްޒަފުން ޓެރަރިޒަމްގެ ނުރައްކަލަކަށް ދޫކޮށްލުމީ ބިރުވެރިކަމެއް:ހިސާން
01 އޯގަސްޓު 2017

ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ސައުދުއާއި ހަނީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

01 އޯގަސްޓު 2017
ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ސައުދުއާއި ހަނީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު