Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތައް

މިއީ މޫދަށްއެރި، ކަތީބުން ރޯނުދަމާ، ގޯތި ދިން ޒަމާނެއް ނޫން

28 އޯގަސްޓު 2022 | އާދީއްތަ 14:19

ރިޔާސީ އިންތިހާބަށް ވާ ވައުދުތައް ދެން އަންނަ އިންތިހާބެގައި ހިފައިން އައުމުގެ ފުރުސަތު ދޭން ނުޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އޯގަސްޓު 2022 | އާދީއްތަ 14:19
ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން

ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން

ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް ކަޑަޖެހުމާއި ރައްޔިތުންނަށް ހުވަފެން ދެއްކުމާއި މޮޅު ވަހަކަ ދެއްކުން ގިނަވެގެން ދިޔަ ޒަމާނެއްވެސް އައެވެ. އެޖަހާ ކަޑަތައް ހުރެ ފީވެ ދަނީ އެވެ. ވައުދު ފުދޭ ތަނެއް މަދުން ނޫނީ އޭރު ނުފެނެއެވެ. އަނެއްކާވެސް އަނެއް ރިޔާސީ ދައުރު ފެށެން ވާއިރަށް ހަމަ ކުރިން ކުރި ކަންތައް އަނެއްކާވެސް ކުރަންޖެހެއެވެ.

މިހާރު މިފެންނަނީ ތަފާތު ދުވަހެކެވެ. ރިޔާސި ދައުރެއް ފުރިހަމަވެގެން ދާއިރު ވީ ވައުދުތައް ތަކުރާރު ކުރަން ނުޖެހި، މިފަދަ ކަންކަމަށް ނިމުމެއް ގެނެސް، ރައްޔިތުންނަށް ވެވޭ ވައުދުތައް އެ ބުނާ ދުވަހަށް ނިންމާނެކަމުގެ ޔަގީންކަން މިހާރު މިއޮތް ސަރުކާރުން ކިތަންމެ ރަގަލަކަށްވެސް ވަނީ ދީފައެވެ.

އަނެއްކާ ވެސް މިއޮތީ ރިޔަސީ އިންތިހާބެއް ބޯމަތިވެފައެވެ. ރައްޔިތުން ގޮތް ނިންމުމުގެ ކުރިން ބަލަންޖެހޭ ނިކަން ގިނަ ކަންކަން އެބަހުއްޓެވެ. ކަތީބުންނާއި އަތޮޅުވެރިންގެ ޒަމާނުގައި ރައްޔިތުން ގުބޯހެއްދި ހެއްދުން ނިމުމަކަށް ގެނެސް ވައުދުވެ ވައުދުފުއްދާ ސަރުކާރަކަށް މި ސަރުކާރު ސާބިތުކޮށްދީފައިވާ ކަން މީ އެންމެންނަށް ފެންނަން އޮތް ހަގީގަތެވެ.

އެކި ފަހަރުމަތިން އެކި ވެރިކަމުގައި މި މަންޒަރު ދައްކާފައި އެބަހުއްޓެވެ. ތިމާއަށް ވޯޓު ދިނުމަށް ބުނުމުގެ ބަދަލުގައި މިފަހަރު ވެރިކަމުގައި ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙް ގޮތް ނިންމުން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެއްވިއެވެ. ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނި ރައްޔިތުން ވިސްނަވާފައި ގޮތް ނިންމެވުމަށް އެދިވަޑައިގަންނަވާފައެވެ.

ދިއްގަރުގެ ހާލަތަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މަސައްކަތްތައް ހުއްޓާލައި، މަހަށްނުގޮސް އެތައް ދުވަހަކު ރަށުގައި ތިބެ ބާޑިޖަހައި، އެކަމުން ޙައްލު ހޯދުމަށްޓަކައި ކޮންމެ އަހަރަކު އެ މަސައްކަތް ތަކުރާރުކޮށް ކުރަމުން އައި އެއް ރަށަކީ ދިއްގަރު ކަމަށެވެ. ޙައްލެއް އެއަކަށް ނުލިބޭ ކަމަށެވެ. ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް އޮންނަނީ އުދައަރައި ގޭގެޔަށް ލޮނުވަދެ، ގެންގުޅޭ ސާމާނާއި މުދަލަށް އިންތިހާއަށް ގެއްލުންވެފައި ކަމަށެވެ.

މި ވާހަކަތައް އެ ރަށުގެ ރައްޔިތުންނާއި އެ ރަށުގެ ވެރިން، ކުރީގެ ސަރުކާރުތަކުގައިވެސް ދަންނަވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެންމެފަހަރަކު ނޫން ކަމަށާއި، ކިތަންމެ ފަހަރަކު މި ވާހަކަތައް ތަކުރާރުކޮށް ސަރުކާރާ ޙިއްޞާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެ ރައްޔިތުން އެ ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލީ ސިފަ ގެނެސްދޭނެ ކަމުގެ ވަޢުދު ކިތަންމެފަހަރަކު ވެފައި، ކިތަންމެފަހަރަކު ޕްލޭންވެސް ދައްކާފައިވާނެ ކަމަށެވެ. އަދި ބަޖެޓްވެސް ކޮށްފައިވާނެ ކަމަށާއި، އެހެން ނަމަވެސް، އަނެއްކާވެސް އެ ޕްލޭނާ އެކީގައި ދެން އަންނަނީ އަނެއްކާވެސް އިންތިޚާބަކާއެކު ކަމަށެވެ.

ދެން އަންނަ ފަހަރު އެއަށްވުރެ ބޮޑު ޕްލޭނެއް ޙިއްޞާ ކުރައްވާ، ޖަޕާން ކީއްކުރަންތޯ، އެހެން ކޮންމެވެސް ރަށެއްގެ މިސާލުވެސް ޖައްސަވައެވެ. ސަރުކާރުން ކުރާ ކަންތައްތައް، ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި، ސަރުކާރަކާ އެކީގައި، އެއް ވިސްނުމެއްގައި ތިބޭ ބަޔަކު ތިބީމާ ވަރަށް ބޮޑަށް ފަސޭހަވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަން މުހިންމުކަމެއް ކަމުގައިވާތީއެވެ.

ބިމުގެ މައްސަލައަކީވެސް އެތައް ރަށަކަށް ދިމާވެފައިވާ މައްސަލައެކެވެ. ނަމަވެސް، މި ވާހަކަވެސް ކުރީގެ އެތައް ސަރުކާރެއްގައި ރައްޔިތުން ކައިރީގައި ދައްކައެވެ. ހަމަ އެ ސަރުކާރުތަކުން މިއަށް ޙައްލު ގެނެސްދޭނެ ޕްލޭންތަކާއި، ކުރެހުންތަކާއި، ބަޖެޓާ އެއްޗެތި ދައްކާފައި އޮވެއެވެ. އަދި އޭގެއިތުރުން، މޫދަށްއެރި، ކަތީބުން ރޯނުދަމާ، ގޯތިވެސް ދީފައި އެބަހުއްޓެވެ.

ރައީސް ސާލިހު ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ އެކަމެއް އެގޮތަކަށެއް ނުކުރާނެ ކަމުގެ ޔަގީންކަމެވެ. ވަޢުދުތައް ފުއްދަމުން، ވީ ވަޢުދުތައް ވީވެސް އެކަމަށް ކުރިއާލައި ރާވައި ބަޖެޓްކޮށް، ތައްޔާރީތައް ވެގެން ކުރައްވަމުން ގެންދަވާނެކމަުގެ ޔަގީންކަމެވެ. ހަމަ އައިސް ތަނަކަށް ފައިބާ، ކަމެއް ކޮށްދޭނަމޭ ބުނެ ނިންމާ ނުލައްވާނެކަމުގެ ޔަގީންކަމެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށްދާން ތައްޔާރަށް ކަމަށެވެ. ސަރުކާރުގެ ވިސްނުމާއި ފިކުރު އެބަހުރި ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކޮށް، އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދީ، އެ ރަށެއްގެ އިޤްތިޞާދު ކުރިއަރުވައި ފުދުންތެރި ކުރުން ކަމަށެވެ. ކުރިއަށް މިއޮތް ތަނުގައި ރައްޔިތުން ކަންތައްތައް ނިންމަވާއިރުގައި، ވަރަށް ފުންކޮށް ވިސްނަވަންވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންނެވީ ވިސްނަވާފައި ބައްލަވާފައި ކަންކަން ނިންމެވުމަށެވެ. ޖެހިގެން އޮންނަ އަހަރަކީ އަނެއްކާވެސް ހަލަބޮލި ސިޔާސީ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް ކަމާއި، ތަފާތު ވިސްނުމާއި ފިކުރު ރައްޔިތުންގެ ކުރިމައްޗަށް އަންނާނެ. ޕްލޭންތައް ހުންނާނެ ކަމަށެވެ. ކުރެހުންތައް ގެންނަވާނެ ކަމެވެ. އެހެން ނަމަވެސް، ވިސްނަވަންވީ އެއާ އެއްގޮތަށް ޢަމަލުތައް ބަހައްޓައި، ކަންތައްތައް ކުރަނީ ކޮންބައެއްތޯ އާއި ކަންތައްތައް ނިންމަވާނީ ރައްޔިތުން ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2017

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!
02 ސެޕްޓެމްބަރު 2017

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

02 ސެޕްޓެމްބަރު 2017
މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟
30 އޯގަސްޓު 2017

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!
27 އޯގަސްޓު 2017

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.
27 ޖޫން 2017

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!
18 ޖޫން 2017

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟
13 މެއި 2017

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް