Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ތަރައްޤީ

ތަރައްގީގެ މަގުގައި ރާއްޖެ މެރަތަންޖަހަން ޖެހޭ، އެކަން ކުރެވޭނީ މި ސަރުކާރާއި އެކުގައި: އަސްލަމް

ރައީސް ޞާލިހު މަސައްކަތްކުރައްވަނީ ޓީމެއްގެ ގޮތުގައި، ތަރައްޤީކުރެވޭނީ ރައީސްއާ އެކު: އަސްލަމް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 އޯގަސްޓު 2022 | އާދީއްތަ 07:15
މ.ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު

މ.ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު

ތަރައްގީގެ މަގުގައި ރާއްޖެ މެރަތަންޖަހަން ޖެހޭ ކަމަށާއި، އެކަން ކުރެވޭނީ މި ސަރުކާރާއި އެކުގައި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މ. ވޭވަށުގެ ބަނދަރު ހެދުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަސްލަމް ވަނީ ތަރައްޤީގެ މަގުން ރާއްޖެ ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަ ހުރިކަން ފާހަގަކުރައްވާފައެވެ. އެކަންކަން ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި އެމަނިކުފާނުގެ ވެރިކަމާއި އެކުގައި ކަމަށާއި ސަބަބަކީ އެމަނިކުފާނަކީ ގުޅިގެން މަސައްކަތްކުރައްވާ ބޭފުޅަކަށްވުން ކަަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ރައީސް ޞާލިހު އަކީ ވަޒީރުން ބޭނުންވާ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރިހަމަ މިނިވަންކަން ދެއްވާ ވެރިއެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. ހަމައެހެންމެ މަރުކަޒީ އުސޫލުން ވަކި ހިސާބަކަށް މީހުން ޖަމާވާ ގޮތަށް ތަރައްގީކުރުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ހިސާބެއް ތަރައްޤީކުރަން ރައީސް އިސްކަންދެއްވާކަން އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތަކުން އަރައިގަނެ ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމުގައި ރައީސްދެއްކެވީ ރަނގަޅު ލީޑަރޝިޕެއްކަމަށް ފާހަގަކުރައްވާ އަސްލަމް ވަނީ ރައީސް އަށް ތައުރީފްކުރައްވާފައެވެ. އަސްލަމް ވަނީ ރާއްޖޭގެ ތަރައްްޤީއަށް އެޅިފައިވާ ހުރަސްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ރާއްޖެ މަރުކަޒީކުރުމުގެ ވިސްނުން ގެންގުޅުނު ކަމަށާއި އެކަމުގެ ސަބަބުން އަތޮޅުތެރޭގެ ތަރައްޤީއަށް ހުރަސް އެޅުނު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ރާއްޖޭގެ ރަށްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތަކީ ގިނަ ރަށްތަކަށް ބޭނުންވާ އަސާސީ ޚިދުމަތެއްކަން ފާހަގަކުރައްވާފައެވެ. އަމާޒަކީ އަންނަ އަހަރުގެ މެދުތެރެއާ ހިސާބަށް ދާއިރު ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭނެ އެއްވެސް ރަށެއް ނޯންނަކަން ޔަޤީންކުރުން ކަމަށް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ. އެ މަސައްކަތަށް ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19އިގެ ބަލިމަޑުކަން ދިގުލައިގެން ދިއުންކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު