Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަމާލެ ޕްލެޓްފޯމް ފަރަށް އެރުން

ޕްލެޓްފޯމް ފަރަށް އެރުމުން ލިބުނު ގެއްލުން ސަރވޭ ކުރަން ފެށޭނެ ވަކި ދުވަހެއް އަދި ނޭނގޭ: އީޕީއޭ

28 އޯގަސްޓު 2022 | އާދީއްތަ 04:16

އެ ޕްލެޓްފޯމް ފުންކޮށް ނަގާފައި ވަނީ ހޮނިހިރު ދުވަހުގެ 12:30ހާއިރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 އޯގަސްޓު 2022 | އާދީއްތަ 04:16
ވިލިމާލޭ ފަރަށް ބީހުނު ޕްލެޓްފޯމް

ވިލިމާލޭ ފަރަށް ބީހުނު ޕްލެޓްފޯމް

ތިލަމާލެ ބްރިޖްގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެފައިވާ "ސެލްފް އެލެވޭޓިން ޕްލެޓްފޯމް" (އެސްއީޕީ)، ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދިރާސާކުރަން ފެށޭނެ ވަކި ދުވަހެއް އަދި ނޭނގޭ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އެ ޕްލެޓްފޯމް ފުންކޮށް، ނަގާފައި ވަނީ ހޮނިހިރު ދުވަހުގެ 12:30ހާއިރެވެ. އެ ޕްލެޓްފޯމް ނެގުނީ ފަރަށް އެރިތާ 12 ދުވަސް ފަހުންނެވެ. މި މައްސަލަ އާއި ގުޅޭގޮތުން ރާއްޖެ އެމްވީ އާއި ވާހަކަދައްކަވަމުން ޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ޕްލެޓްފޯމު ފުންކުރުމުގެ މަސައްކަތް ނިމުނު ނަމަވެސް އެ ސަރަހައްދު ސާފުކޮށް، އެ ސަރަހައްދުގައި ހުރި ދަގަނޑުތައް ނެގުމުގެ މަސައްކަތް އަދި ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ނިމުނުހާ އަވަހަކަށް ދިރާސާ ކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ނައީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށް ގޮވާާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލަ އެއްވެސް ވަނީ ހުށަހަޅާފައެވެ. ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުއްވި އެ މައްސަލައިގައި، އެ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ވިލިމާލޭގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދިޔަކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކާ ބްރިޖު ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ ފެންވަރު ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ވަރަށް ކައިރިން ބަލައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފެންނަ ކަމަށް ހުޝާމް ވަނީ ވިދާޅުވެފައެވެ.

މީގެކުރިން އެ ޕްލެޓްފޯމް ނަގަން ހަމަޖެއްސި ތާރީހު ފަހަނައަޅާ ދިޔަ އިރުވެސް އެ ޕްލެޓްފޯމު ނުނެގުނީ، އެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނީ ޕްލެޓްފޯމް ނުނެގި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އެ ކުންފުނިން ވަނީ އެ ޕްލެޓްފޯމް ވިލިމާލޭ ފަރަށް ބީހެން ދިމާވީ މޫސުން ގޯސްވެ ވައިގަދަވުމާއި ރާޅު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ހާދިސާ ހިނގީ އެ ސަރަހައްދުގައި ޕްލެޓްފޯމް އަޅާފައި ބޭއްވުމަށް މަސައްކަތް ކުރަމުންދަނިކޮށްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ޕްލެޓްފޯމް ނެގުން ލަސްވެ ފަރަށް ގެއްލުންވަމުން ދިޔުމާއި ގުޅިގެން ސަރުކާރަށާއި މި މަޝްރޫއު ހިންގަމުން އަންނަ ކުންފުނި އެފްކޮންސްއަށް ވަނީ ގިނަ ބައެއް ފާޑިކިޔުން ކުރިމަތިވެފައެވެ. ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ޕްލޭނިން މިނިސްޓްރީ އާއި އީޕީއޭ އަދި އެފްކޮންސް ގުޅިގެން، އެ ތަންތަނުގެ އިސްވެރިންނާ އެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް