Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންސާފު ހޯދުން

އެމީހަކަށް ފެންނަ ގޮތަކަށް 'އިންޞާފު' ޤާއިމުކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫން: ޕީޖީ ޝަމީމް

26 އޯގަސްޓު 2022 | ހުކުރު 12:53

ޤާނޫނުގައި ލިޔެ، 'އިންޞާފު' އޮންނަންވީ ގޮތުގެ އިރުޝާދު ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތެއް : ޕީޖީ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 އޯގަސްޓު 2022 | ހުކުރު 12:53
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އެމީހަކަށް ފެންނަ ގޮތަކަށް 'އިންޞާފު' ޤާއިމުކުރުމަކީ ޤާނޫނު ހުއްދަކުރާ ކެމެއް ނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޭނާގެ ބްލޮގްގައި "އިންސާފެއް ނުލިބުނު" މި ޝިއާރުގެ ދަށުން ލިޔުއްވާފައި ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ ޢަދުލު އިންޞާފުގެ މަފްހޫމަކީ ދިވެހިންގެ ތެރޭގައި އެކި ގޮތްގޮތަށް މާނަކުރެވޭ އެއްޗެއް ކަމަށެވެ. އަދި ޕީޖީގެ ހައިސިއްޔަތުން އިންސާފު ޤާއިމްކުރުމުގެ މަސްޢޫލިއްޔަތާއި ހަވާލުވެ ހުންނެވި އިރު އިންސާފު ނުލިބޭ މައްސަލަ އަކީ ވިސްނަވާ މައްސަލަ އެއް ކަަމަށް ފާހަގަކުރެއްވިއެވެ. އަދި އިންސާފު ނުލިބޭ މައްސަލަ ހައްލުކޮށްދީ އިންސާފު ހޯދާދިނުމަކީ އެމަނިކުފާނުގެ ހަމައެކަނި މަސައްކަތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބަލާއިރު ޤާނޫނީ ނިޒާމުތައް ހަމަޖެހިފައިވާ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން ޤާއިމުކުރަންޖެހޭ އިންސާފަކީ ޤާނޫނުތަކާއި ގަވާއިދުތަކާއި ޤާނޫނީ އުޞޫލުތަކުގެ މަތީން ޤާއިމްކޮށްދޭ އިންސާފު ކަމަށާއި އެއީ އޭނާ ޤަބޫލުކުރައްވާ ގޮތަށް ހޯއްދަވައިދެއްވާ އިންސާފެއް ނޫން ކަމަށް ޝަމީމްގެ ލިޔުއްވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިސްލާމީ ޝަރީޢަތުން ސާބިތުވާން އޮތް ކަންކަން ތަންފީޒުނުކުރަނީ ކީއްވެގެންތޯ ކުރާ ސުވާލަށް ވެސް އެ ލިޔުމުގައި ޝަމީމް ވަނި ޖަވާބުދެއްވާފައެވެ. އެގޮތުން އެއްވެސް މީހަކަށް އަދަބެއް ދެވޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ޤާނޫނަކުން ބަޔާންކުރާ އަދަބެއް ކަމަށް ވާއިރު ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އަމަލުކުރަން ޖެހެނީ އެ މޭރުމުން ކަން ޝަމީމް ފާހަގަކުރެއްވިއެވެ.

އެެހެންކަމުން ޤާނޫނުގައި ވަކި ކަމެއް ނެތް ނަމަ، އެކަމެއް ޤާނޫނުގައި ލިޔެ، 'އިންޞާފު' އޮންނަންވީ ގޮތުގެ އިރުޝާދު ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތެއް ކަމަށް ވެސް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. ޝަމީމް ވަނީ އެމީހަކަށް ފެންނަ ގޮތަކަށް، އެމީހެއްގެ ހިތަށް ފެނުނު 'އިންޞާފު' ޤާއިމުކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

ޝަމީމް މިފަދައިން ވިދާޅުވެފައި މި ވަނީ އިންސާފު ނުލިބޭ ކަމަށް ބުނެ އާއްމުން ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް އަނިޔާ ކުރަމުންދާ ދިއުން އާންމުވެ އެފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވެސް ޢިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

އިހްތިރާމް ކުޑަގޮތަކަށް ސަރުކާރުގެ ވެހިކަލެއްގައި މުސްހަފްތަކެއް އުފުލި މައްސަލަ ހޫނުވެއްޖެ

25 މާރިޗު 2017
އިހްތިރާމް ކުޑަގޮތަކަށް ސަރުކާރުގެ ވެހިކަލެއްގައި މުސްހަފްތަކެއް އުފުލި މައްސަލަ ހޫނުވެއްޖެ
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
19 މާރިޗު 2017

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
13 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ

13 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް