Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ނޫސްވެރިންނަށް އިންޑިއާއިން ތަމްރީން ދިނުން

މޯލްޑިވްސް މީޑިއާ ކައުންސިލާއި ދިވެހި ނޫސްވެރިން، އިންޑިއާގެ ޕްރެސް ކައުންސިލާ ބައްދަލުކޮށްފި

މިއީ އިންޑިއާގެ ޕްރެސް ކައުންސިލް ރަސްމީ ސިފައެއްގައި ބައްދަލުކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ފުރަތަމަ ފަހަރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 އޯގަސްޓު 2022 | ހުކުރު 04:35
ދިވެހި ނޫސްވެރިން އިންޑިއާގެ ޕްރެސް ކައުންސިލާ ބައްދަލުކުރަނީ

ދިވެހި ނޫސްވެރިން އިންޑިއާގެ ޕްރެސް ކައުންސިލާ ބައްދަލުކުރަނީ

މޯލްޑިވްސް މީޑިއާ ކައުންސިލާއި ދިވެހި ނޫސްވެރިންގެ ޓީމެއް އިންޑިއާގެ ޕްރެސް ކައުންސިލާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާއިން ތަމްރީން ހޯދުމަށް ދިވެހި ނޫސްވެރިންގެ ޓީމެއް އިންޑިއާއަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައވެ. މިއީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ދިނުމަށް މީޑިއާ ކައުންސިލާއި އިންޑިއާ ސަރުކާރު ގުޅިގެން، އެމިޓީ ޔުނިވަރސިޓީން ކުރިއަށް ގެންދާ ތަމްރީނު ދަތުރެކެވެ.

އިންޑިއާގެ ޕްރެސް ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ނައިބް ރައީސް ހުސައިން ޘަޤީފް އާއި ކައުންސިލް މެމްބަރު މުހައްމަދު ޝާފިއު އާއި ކައުންސިލް މެމްބަރު މުއިއްޒު އިބްރާހިމްއެވެ. އިންޑިއާގެ ޕްރެސް ކައުންސިލްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އެ ކައުންސިލްގެ ޗެއަރ ޕާސަން، އަދި އިންޑިއާގެ ސުޕްރީމް ކޯޓުގެ ރިޓަޔާޑް ޖަސްޓިސް ރަންޖަނާ ޕްރަކާޝް ދެސާއި އާއި ކައުންސިލް މެމްބަރު ޖީ ސުދާކަރު ނެއިރާއި ސެކެޓްރީ ނުންގްސަންގްލެމްބްގެ އިތުރުން އެ ކައުންސިލްގެ އިސް ބޭފުޅުންނެވެ.

މީގެ އިތުރުން އިންޑިއަން އިންސިޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަންގެ ކޯސް ޑިރެކްޓަރ ޑރ. ސަންގީތާ ޕްރަވެންދްރާ ވެސް މި ބައްދަލުވުގައި ބައިވެރިވެވަޑައި ގެންނެވިއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ޕްރެސް ކައުންސިލްގެ ޗެއާރ ޕާސަން ޖަސްޓިސް ރަންޖަނާ ޕްރަކާޝް ވިދާޅުވީ އެ ބައްދަލުވުމަކީ ދެ ކައުންސިލް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށް އެޅިގެންދިޔަ ރަނގަޅު ފާލަމެއް ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތް ވަފުދުން ވަނީ، ދެ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެ މަގުން މަސައްކަތް ކުރުމަށް ދައުވަތު ދީފައެވެ.

މިބައްދަލަވުމުގައި ދެ ގައުމުގެ ކައުންސިލް މަސައްކަތްތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ތަޖުރިބާތައް ވަނީ ހިއްސާކޮށްފައެވެ. އަދި ނޫސްވެރިންނާއި ނޫސްވެރިކަމަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްފައެވެ.

މިއީ ރާއްޖޭގެ މީޑިއާ ކައުންސިލާއި އިންޑިއާގެ ޕްރެސް ކައުންސިލް ރަސްމީ ސިފައެއްގައި ބައްދަލުކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ފުރަތަމަ ފަހަރެވެ. އިންޑިއާގެ ޕްރެސް ކައުންސިލަކީ އެ ގައުމުގެ ޕްރިންޓް މީޑިއާތަކުގެ ބެލެނިވެރި ފަރާތެވެ. އެ ކައުންސިލް އުފެދުނީ 1979 ވަނަ އަހަރުގައެވެ. އަދި ކައުންސިލް އެކުލެވިފައިވަނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރު 28 މެމްބަރުންގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު