Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަންކީޕޮކްސް

މަންކީޕޮކްސްގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު ދަށަށް: އެކަމަކު ވެކްސިން ހީނަރުވެއްޖެ!

މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 96 ޤައުމަކުން މަންކީޕޮކްސް 41000 އަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 އޯގަސްޓު 2022 | ހުކުރު 18:05
ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރި މަންކީޕޮކްސް ބަލީގެ ކޭސްތަކަށް ބަލާއިރު 34 ޕަސެންޓް ހިއްސާ ކުރަނީ އެމެރިކާއިން

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރި މަންކީޕޮކްސް ބަލީގެ ކޭސްތަކަށް ބަލާއިރު 34 ޕަސެންޓް ހިއްސާ ކުރަނީ އެމެރިކާއިން

މަހެއްހާ ދުވަސް ވަންދެން އުފުލެމުންދިޔަ ކޭސް ނަމްބަރުތަކަށް މަޑު ޖެހުން އައިސް، ނިމިދިޔަ ހަފުތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓްކުރި މަންކީޕޮކްސް ބަލީގެ ކޭސްތަކުގެ ނިސްބަތް، 21 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ. 

މަންކީޕޮކްސްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އުފެދިފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖައިގެ ބަލިމަޑުކަމެއް ކަމުގައި ޑަބްލިއުއެޗްއޯއިން ކަނޑައެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 96 ޤައުމަކުން މަންކީޕޮކްސް 41000 އަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައި ވާ އިރު، އެ ބަލީގައި 12 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯޓްކޮށްފައެވެ. މަންކީޕޮކްސްގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް މި ފަހުން ރިޕޯޓް ކޮށްފައި ވަނީ އެމެރިކާއިންނެވެ. 

ޑަބްލިއުއެޗްއޯއިން އެންމެ ފަހުން އާންމު ކޮށްފައިވާ އެޕޮޑެމިއޮލޮޖިކަލް ރިޕޯޓްގައި ބުނާ ގޮތުން، ކޭސް ނަމްބަރު ދަށްވުމަކީ، ވިލާތު ސަރަހައްދުގައި ފެތުރެމުންދިޔަ ބަލިމަޑުކަމަށް ލުޔެއް ލިބުން ކަމުގައި ވެދާނެ ކަމަށެވެ. 

ކަން މިހެން އޮތް އިރު، ހަފުތާ ތެރެއަށް ބަލާއިރު ކޭސް ނަމްބަރު އިތުރުވި 24 އަކަށް ޤައުމުވެސް އެބަ ވެއެވެ. ކޭސް ނަމްބަރު އެންމެ ބޮޑަށް އިތުރުވި ޤައުމުތަކުގެ ލިސްޓަށް ބަލާއިރު އެންމެ ކުރީގައި އޮތީ އެމެރިކާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރި މަންކީޕޮކްސް ބަލީގެ ކޭސްތަކަށް ބަލާއިރު 34 ޕަސެންޓް ހިއްސާ ކުރަނީ އެމެރިކާއިންނެވެ.

އެމެރިކާ ސަރަހައްދުގައި ހަލުވި ދުވެލީގައި ބަލި ފެތުރެމުން ދާ އިރު، މިދިޔަ މަހު ރިޕޯޓް ކުރި ކޭސްތަކުގެ 60 ޕަސެންޓް ހިއްސާ ކޮށްފައި ވަނީވެސް އެ ސަރަހައްދުންނެވެ. 

މަންކީޕޮކްސްއިން ރައްކާތެރިވުމަށް ބޭނުން ކުރާ ވެކްސިން ލިބުންވެސް މިހާރު ވަނީ ދަތިވެފައެވެ. އެމެރިކާއަށް އެ ތަކުލީފު އުފުލަން ޖެހިފައި ވާ އިރު، ލިބެން ހުރި ވަސީލަތްތަކެއްގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ކުރުމަށްޓަކާ އެމެރިކާއިން މިވަގުތު ދެމުން ދަނީ ކުޑަ ޑޯޒްއެއް ކަންވެސް ފާހަގަ ކުރަން ޖެހެއެވެ. މަންކީޕޮކްސްއަށް ހާއްސަކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން ރެގިއުލޭޓަރުން ރުހުން ދީފައި ވާ ހަމައެކަނި ވެކްސިނަކީ ބަވޭރިއަން ނޯޑިކުން އުފައްދާފައިވާ ވެކްސިނަކަށް ވާއިރު، ކުޑަ ޑޯޒްއެއް ދިނުމުގެ ސަލާމަތްތެރިކަމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. 

ޑަބްލިއުއެޗްއޯއިން ދަނީ ލިބެން ހުރި ވެކްސިންތައް ބަލާ، ކުޑަ ޑޯޒް ދިނުމާ ގުޅޭ ކަންކަން ގާތުން ބަލަމުންނެވެ. އަދި ކުޑަ ޑޯޒްއެއް ދިނުމުގެ އަސަރުތައް ވަޒަންކޮށް، އެކަމާ ބެހޭ މަޝްވަރާތައް ކުރުމަށް، ތަޖުރިބާކާރުންގެ ޓީމަކުން، އޮކްޓޯބަރު މަހުގެ ކުރީކޮޅު ބައްދަލު ކުރާނެ ކަމަށްވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވަނީ ހާމަ ކުރައްވާފައެވެ.

ބަލިން ދިފާއުވާން ހަމަ އެކަނި ވެކްސިން ޖަހައިގެން ހުއްޓުވޭނެ ބަލިމަޑުކަމެއް ނޫންކަމަށާ، ނުރައްކަލަށް ހުށަހެޅިފައިވާ ވަކިވަކި ފަރުދުން އަމަލީ ގޮތުންވެސް ފިޔަވަޅުތަކެއްއަޅަން ޖެހޭ ކަމަށް، ޑަބްލިއުއެޗްއޯއިން ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަރަހައްދީޑައިރެކްޓަރު  ޑރ ހާންސް ހެންރީ ޕީ ކްލޫގެ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިތުރު އެހެން ބައްޔެއް ތަހައްމަލު ނުކުރާނަމަ މަންކީޕޮކްސްއަކީ ފުރާނައަށް ނުރައްކާބައްޔެއް ނޫން ކަމަށާ، މި ބަލި ޖެހޭ މީހުންނާ މެދުތަފާތު ކުރުންތައް ނުގެންގުޅުމަށްޑަބްލިއުއެޗްއޯއިން ދަނީ ބާރު އަޅަމުންނެވެ. ކަން މިހެން އޮތް ނަމަވެސް، ދުނިޔޭގެ އެކިމަންޒިލްތަކުން މިހާތަނަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އިންތިހާ ބޮޑު ޕަސެންޓެއްހިއްސާ ކުރަނީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަން ފާހަގަ ކުރަން ޖެހެއެވެ.

މީގެ ކުރިން އެފްރިކާ ސަރަހައްދުން ރިޕޯޓް ކުރަމުން ދިޔަ މަންކީޕޮކްސް ބަލި، ދުނިޔޭގެއެކި ހިސާބުތަކުން ފެނިގެން ރިޕޯޓް ކުރަން ފެށީ މެއި 2022 ގެ ފަހުކޮޅު، އިނގިރޭސިވިލާތުން އެފަދަ ރިޕޯޓެއް ކުރި ހިސާބުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަތުލި އަލްބު ކަމާލް އަނެއްކާ ވެސް އައިއެސްގެ އަތްދަށަށް

އަތުލި އަލްބު ކަމާލް އަނެއްކާ ވެސް އައިއެސްގެ އަތްދަށަށް

12 ނޮވެމްބަރު 2017
ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ

ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ

27 އޮކްޓޯބަރު 2017
ސްޕެއިންގެ އަތްދަށަށް ގެންދަން މަސައްކަތްކޮށްފި ނަމަ އެކަމަށް ބޯނުލަބާނެ: ކެޓަލޯނިއާ

ސްޕެއިންގެ އަތްދަށަށް ގެންދަން މަސައްކަތްކޮށްފި ނަމަ އެކަމަށް ބޯނުލަބާނެ: ކެޓަލޯނިއާ

23 އޮކްޓޯބަރު 2017
ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

27 ޖޫން 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު