Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާނަވީ

ކާމިޔާބީ ހޯދުމާ އެއްގޮތަށް، ނާކާމިޔާބީއާ ކުރިމަތިލުމުގެ ސިފަ ދަރިވަރުންގައި ހުންނަންޖެހޭ: މިނިސްޓަރ

ދަރިވަރުން ނާކާމިޔާބީގައި ހިތްވަރު ދޫކޮށްނުލުން މުހިންމުކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 އޯގަސްޓު 2022 | ބުރާސްފަތި 16:44
އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ - މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ - މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ކާމިޔާބީ ހޯދުމާ އެއްގޮތަށް، ނާކާމިޔާބީއާ ކުރިމަތިލުމުގެ ސިފަ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންނަށް އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ، ސާނަވީ ތައުލީމުގެ މަރުހަލާއަށްފަހު ދަރިވަރުންނާ އެންމެ ގިނައިން ކުރާ ސުވާލަކީ އެ ދަރިވަރުން ކުރިއަށްދާން ބޭނުންވަނީ ކޮން ދާއިރާއަކުންތޯ ކުރާ ސުވާލުކަމަށެވެ. އެހެންނަމަވެސް އެކަމަނާ ދަރިވަރުންނާ ކުރައްވަން ބޭނުންފުޅުވާ ސުވާލަކީ، ދަރިވަރުން ބޭނުންވާ ދާއިރާއަކުން ކުރިއަށް ނުދެވިއްޖެނަމަ ނުވަތަ ނާކާމިޔާބީއާ ކުރިމަތިވެއްޖެނަމަ އަމަލުކުރާނީ ކިހިނެއްތޯ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެފަދަ ހާލަތެއް އަތުވެއްޖެނަަމަ މާޔޫސްވެ ހިތްވަރު ބަލިކުރުމުގެ ބަދަލުގައި ނާކާމިޔާބީއާ ކެރިގެން ކުރިމަތިލާ ބަޔަކަށް ދަރިވަރުން ވާންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ދަރިވަރުންގެ ކާމިޔާބުގެ ފަހަތުގައި އެތައް ބައެއްގެ މަސައްކަތް ވާކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ، އެ ފަރާތްތަކަށްވެސް ތަހުނިޔާ ވިދާޅުވެފައެވެ. އެ ދަރިވަރުންގެ ކާމިޔާބާމެދު މުޅި ގައުމު ފަޚުރުވެރިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ސާނަމީ ތައުލީމަކީ ތައުލީމީ ފުރަތަމަ ހަރުފަތްކަމަށާއި، މަތީ ތައުލީމާއި ފަންނީ ހުނަރުތައް ދަސްކުރާ ބަޔަކަށް އެ ދަރިވަރުން ވުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު