Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާންގެ އަންހެނުންގެ ކުތުބުޚާނާ

ޠާލިބާނުން ފިއްތާލި އަންހެނުންގެ ޙައްޤުތަކާއެކު މުއްސަނދި ކުތުބުޚާނާއެއް!

25 އޯގަސްޓު 2022 | ބުރާސްފަތި 08:57

ފުރާވަރު އުމުރުގެ ގިނަ އަދަދެއްގެ އަންހެން ކުދިން މިއަދު ވަންނާނެ ކުލާހެއް ނެތް، ވަޒީފާގެ މައިދާނުން ގިނަ އަދަދެއްގެ އަންހެނުން ވަނީ ބޭރުކޮށްލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 އޯގަސްޓު 2022 | ބުރާސްފަތި 08:57
ކުތުބުޚާނާ ހުޅުވާފައި ވަނީ އަންހެނުންނަށް ހާއްސަކޮށްގެން ގިނަ އަދެއްގެ މުދާ ވިއްކާ ޝޮޕިންގް މޯލްއެއްގެ ގޮޅިއެއް ކުއްޔަށް ނަގައިގެން

ކުތުބުޚާނާ ހުޅުވާފައި ވަނީ އަންހެނުންނަށް ހާއްސަކޮށްގެން ގިނަ އަދެއްގެ މުދާ ވިއްކާ ޝޮޕިންގް މޯލްއެއްގެ ގޮޅިއެއް ކުއްޔަށް ނަގައިގެން

ހަރުކަށި ފިކުރުގައި ހައްދުފަހަނައަޅާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ޠާލިބާން ޖަމާއަތުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގިތާ އަހަރެއް ފުރިފައި ވާ އިރު، މުޖުތަމައުގެ އެކި ބަހާތަކުން އެކަހެރި ކުރެވެމުންދާ އެއްބަޔަކީ އަންހެނުންނެވެ. އެކަން އެގޮތަށް ނުހިނގާނެ ކަމަށް ވަޢުދުވަމުން އަފްޣާނިސްތާނުގެ ވެރިކަމާ ޙަވާލުވިއެއްކަމަކު، މުޖުތަމައެއްގެ ފެންވަރުގައި އަންހެނުންނަށް ލިބިދޭން ޖެހޭ އެތައް ޙައްޤަކުން މަޚްރޫމުކޮށް، ބާކީ ކުރަމުން ދާ މަންޒަރަކީ މިއަދު އަފްޣާނިސްތާނުގައި އާންމު މަންޒަރެކެވެ.

ކުރިމަތިލާން ޖެހޭ އެކަނިވެރިކަމާއި، ކުރެވޭ ބާކީ ކަމުގެ އިހުސާސުން ތަސައްލީއެއް ހޯދާދިނުމުގެ މަޤުޞަދުގައި، އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ވަނީ، ވެރިރަށް ކާބުލްގައި އަންހެނުންނަށް ހާއްސަކޮށްގެން ކުތުބުޚާނާއެއް ހުޅުވާފައެވެ.

ޢާއިލީ ގޮތުން ގުޅުން އޮންނަ ފިރިހެނަކާ ނުލާ މަގުމައްޗަށް ނުކުމެ އުޅުން މަނާކޮށްފައި އޮންނަ އަފްޣާނިސްތާނުގައި، އެވަރަށްވެސް އަންހެނުންނަށް ނުކުމެ އުޅެވެނީ މޫނު ނިވާ ވާ ގޮތަށް ނިގާބު އަޅައިގެންނެވެ. ނަމަވެސް، ތަރައްޤީވެފައިވާ ބައެއް ސަރަހައްދުތަކުގައި އެ އަމުރުތަކަށް އެންމެ ފުރިހަމައަށް ކިޔަމަން ނުވާ އަންހެނުންވެސް ހިސާބަކަށް އުޅެއެވެ.

މުޅި އަފްޣާނިސްތާނަށް ޖުމުލަ ގޮތެއްގައި ބަލާއިރު، ސާނަވީ އުމުރުގެ އަންހެން ކުދިންނަށް ތައުލީމު ހާސިލު ކުރާނެ މާ ތަނަވަސް ފުރުޞަތުތަކެއް މިއަދަކު ނެތެވެ. ޠާލިބާނުން ވީ ވައުދު އޮތީ އޮތް ތަނުގައެވެ. އަންހެން ކުދިންނަށް ތައުލީމު ދޭ ތަންތަން މަރޗް މަހު ހުޅުވާނެ ކަމަށް ބުނި ނަމަވެސް، އެކަން ކޮށްފައެއް ނުވެއެވެ.

ކުތުބުޚާނާ ހުޅުވީ މިފަދަ އެތައް ކަމަކަށް ގޮންޖެހުމުގެ ގޮތުން ކަން، އެ ކުތުބުޚާނާގެ ބާނީންގެ ތެރޭގައި ހިމެނޭ ލައިލާ ބަސީމްގެ ވާހަކަތަކުން ދޭހަ ކޮށްދެއެވެ.

ކުތުބުޚާނާގެ ކަންކަމާ ގުޅިގެން ޠާލިބާނުންގެ ބަހެއް އަދި ލިބިފައި ނުވާ ކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯރޓްކޮށްފައެވެ.

1000 އަށް ވުރެ ގިނަ ފޮތާއެކު ކާބުލްގައި ހުޅުވި ކުތުބުޚާނާގައި ގިނަ އަދަދަކަށް ވާހަކަ ފޮތުގެ އިތުރުން، ތަސްވީރު އެކުލެވޭ ފޮތްތައްވެސް ހިމެނެއެވެ. އޭގެ އިތުރުން ސިޔާސީ، އިޤްތިޞާދީ އަދި ސައެންސްގެ ދާއިރާގެ މައުލޫތަކަށް ހާއްސަ ފޮތްތައްވެސް އެ ކުތުބުޚާނާގައި އެބަހުއްޓެވެ. ގިން ފޮތްތަކަކީ ކުތުބުޚާނާ ހުޅުވުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިން، އަފްޣާން އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރާ ކްރިސްޓަން ބައްޔާތު ފައުންޑޭޝަނަށް، ޓީޗަރުންނާއި ޅެންވެރިންގެ އިތުރުން މުސައްނިފުން ހަދިޔާ ކޮށްފައިވާ ފޮތްފޮތެވެ.

ކުތުބުޚާނާ ހުޅުވާފައި ވަނީ އަންހެނުންނަށް ހާއްސަކޮށްގެން ގިނަ އަދެއްގެ މުދާ ވިއްކާ ޝޮޕިންގް މޯލްއެއްގެ ގޮޅިއެއް ކުއްޔަށް ނަގައިގެން ކަމަށް ވާ އިރު، ފާއިތުވީ ދުވަސްތަކުގައި، އަންހެނުންގެ ޙައްޤުތަކަށް ގޮވާލާ، އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ބައިވެރިންގެ ދީލަތި އެހީވެސް ލިބިފައިވެއެވެ.

ފުރާވަރު އުމުރުގެ އަންހެން ކުދިންނަށް ތައުލީމު ކަށަވަރު ކޮށްދޭނެ ކަމަށް ބުނެ، ޠާލިބާނުން ވީ ވައުދުގައި ކޮޅުފައިން ޖެހީ މަރޗް މަހުގެ ތެރޭގައެވެ. ފުރާވަރު އުމުރުގެ ގިނަ އަދަދެއްގެ އަންހެން ކުދިން މިއަދު ވަންނާނެ ކުލާހެއް ނެތެވެ. ވަޒީފާގެ މައިދާނުން ގިނަ އަދަދެއްގެ އަންހެނުން ވަނީ ބޭރުކޮށްލާފައެވެ. ސަބަބެއް ކަމަށް ވަނީ އަންހެނުންގެ މިނިވަން ކަމަށް އެކި ކަހަލަ ހުރަސްތައް ހުރުމާއި، އަފްޣާނިސްތާނުގެ އިޤްތިޞާދީ ކާރިސާކަމަށް، ތަރައްޤީއަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ އޭޖެންސީތަކުން ބުނެއެވެ.

ޠާލިބާނުން ބުނާ ގޮތުގައި އަންހެނުންގެ ޙައްޤުތަކަށް އެ ޖަމާއަތުން އިހުތިރާމް ކުރެއެވެ. އަދި އެކަން އޮންނާނީ އިސްލާމީ ޤާނޫނުގެ އިމުގެ ތެރޭގައި ކަމަށްވެސް ވަކާލާތު ކުރެއެވެ. އަދި ފުރާވަރު އުމުރުގެ އަންހެން ކުދިންގެ ހައި ސްކޫލްތައް ހުޅުވުމަށް މަސައްކަތް ކުރަމުން ދާ ކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ.

އާންމު ދިރިއުޅުމުގެ އިޖުތިމާއީ އެކި ބަހާތަކުން އަންހެނުން އެކަހެރި ކުރަމުންދާ މައްސަލާގައި، ހުޅަނގުގެ ސަރުކާރުން ދަނީ ޠާލިބާނުންގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.

އަފްޣާނިސްތާނުގެ އަންހެނުންގެ އާބާދީއަށް ބަލާލި ކަމުގައި ވީ ނަމަވެސް، ގިނަ ބަޔަކު މިއަދު ތިބީ ޠާލިބާނުންގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިފައެވެ. ގޮވާލަމުން ދަނީ އަންހެނުންގެ ޙައްޤުތަކަށް އިހުތިރާމް ކުރުމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2020

މާކެންޒީ ސްކޮޓް ދުނިޔޭގައި މިހާރު ހުރި އެންމެ މުއްސަނދި އަންހެންމީހާއަށް ވެއްޖެ

03 ސެޕްޓެމްބަރު 2020
މާކެންޒީ ސްކޮޓް ދުނިޔޭގައި މިހާރު ހުރި އެންމެ މުއްސަނދި އަންހެންމީހާއަށް ވެއްޖެ
15 ޖުލައި 2020

ބައިނަލްއަގުވާމީ ވެކްސިން ޕްލޭންގެ ދަށުން މުއްސަނދި ގައުމުތަކުން އިތުރަށް ވެކްސިން ގަނެވިދާނެ!

15 ޖުލައި 2020
ބައިނަލްއަގުވާމީ ވެކްސިން ޕްލޭންގެ ދަށުން މުއްސަނދި ގައުމުތަކުން އިތުރަށް ވެކްސިން ގަނެވިދާނެ!
30 މެއި 2020

ޗައިނާ އިން އެންމެ މުއްސަނދި 32 ގައުމަށްވުރެ ގިނައިން ދުނިޔެއަށް އެހީތެރިވެދޭ

30 މެއި 2020
ޗައިނާ އިން އެންމެ މުއްސަނދި 32 ގައުމަށްވުރެ ގިނައިން ދުނިޔެއަށް އެހީތެރިވެދޭ
19 މެއި 2020

ޠާލިބާނުން އަފްޣާނިސްތާނުގައި ދިން ޙަމަލާއެއްގައި 12 މީހުން މަރުވެއްޖެ

19 މެއި 2020
ޠާލިބާނުން އަފްޣާނިސްތާނުގައި ދިން ޙަމަލާއެއްގައި 12 މީހުން މަރުވެއްޖެ
10 ޖެނުއަރީ 2019

ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަންހެނުން ވަރިކޮށްފި

10 ޖެނުއަރީ 2019
ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަންހެނުން ވަރިކޮށްފި
07 ޖެނުއަރީ 2019

ސައުދީގައި ވަރިވީކަން އަންގައިދޭން އަންހެނުންގެ ފޯނަށް މެސެޖެއް!

07 ޖެނުއަރީ 2019
ސައުދީގައި ވަރިވީކަން އަންގައިދޭން އަންހެނުންގެ ފޯނަށް މެސެޖެއް!
16 ޖޫން 2018

ޠާލިބާނުންގެ ޕާކިސްތާނު ގޮފީގެ އަމީރު، 'މުއްލާ ރޭޑީއޯ' މަރާލައިފި

16 ޖޫން 2018
ޠާލިބާނުންގެ ޕާކިސްތާނު ގޮފީގެ އަމީރު، 'މުއްލާ ރޭޑީއޯ' މަރާލައިފި
20 މާރިޗު 2018

މުއްސަނދި ކަމަކަށް އެދިގެން އަންނަ ދާއިރާއަކަށް ސިޔާސީ ދާއިރާ ނަހައްދަވާ: ރަނިލް

20 މާރިޗު 2018
މުއްސަނދި ކަމަކަށް އެދިގެން އަންނަ ދާއިރާއަކަށް ސިޔާސީ ދާއިރާ ނަހައްދަވާ: ރަނިލް
19 ޖެނުއަރީ 2018

ދެކޮޅަށް ފިޔަވަޅު އެޅީ ޤަތަރުގެ މުއްސަނދިކަން ފޭރިގަންނަން: ޝައިޚް އަބްދުﷲ ބިން ޢަލީ އަލްޘާނީ

19 ޖެނުއަރީ 2018
ދެކޮޅަށް ފިޔަވަޅު އެޅީ ޤަތަރުގެ މުއްސަނދިކަން ފޭރިގަންނަން: ޝައިޚް އަބްދުﷲ ބިން ޢަލީ އަލްޘާނީ
18 އޮކްޓޯބަރު 2017

ވެރިކަމުގެ ފުރަތަމަ އަހަރު މުއްސަނދިންގެ ލިސްޓުގައި ރައީސް ޓްރަމްޕް 92 ދަރަޖަ ފަހަތަށް

18 އޮކްޓޯބަރު 2017
ވެރިކަމުގެ ފުރަތަމަ އަހަރު މުއްސަނދިންގެ ލިސްޓުގައި ރައީސް ޓްރަމްޕް 92 ދަރަޖަ ފަހަތަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް