Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ވެކްސިން

ބައިނަލްއަގުވާމީ ވެކްސިން ޕްލޭންގެ ދަށުން މުއްސަނދި ގައުމުތަކުން އިތުރަށް ވެކްސިން ގަނެވިދާނެ!

ފަގީރު ގައުމުތަކުން ވެކްސިން ގަންނާނެ ނުވަތަ ހޯދާނެ ގޮތެއް އަދި އެނގިފައެއް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖުލައި 2020 | ބުދަ 04:34
ކޮވިޑް-19 ގެ ވެކްސިން ޓްރައަލްގެ މަސައްކަތް ކުރަނީ

ކޮވިޑް-19 ގެ ވެކްސިން ޓްރައަލްގެ މަސައްކަތް ކުރަނީ

ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެ ނަމަ ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކަށް ވެކްސިން ލިބޭނެކަމަށް ސިޔާސީ ލީޑަރުންނާއި، ޕަބްލިކް ހެލްތް ލީޑަރުން ވައުދުވި ނަމަވެސް، މުއްސަނދި ގައުމުތަކުން އިތުރަށް ވެކްސިން ގަނެ، ފަގީރު ގައުމުތަކަށް ލިބޭ ވެކްސިންގެ އަދަދު މަދުވެދާނެކަމަށް އަންދާޒާކޮށްފިއެވެ.

މިކަމުގެ އިންޒާރުދީ އެކްޓިވިސްޓުން ބުނެފައިވަނީ ސިޔާސީ ފަރާތްތަކާއި، ބޭސްވެރިކަމާއި ސިއްހީ ލީޑަރުން ޖަވާބުދާރީ ނުކުރެވޭނަމަ މުއްސަނދި ގައުމުތަކުން ވެކްސިން ގަނެ އެ ބާދީތަކަށް ވެކްސިން ފޯރުކޮށްދީފާނެ ކަމަށެވެ. އެހެންކަމުން އެ ފަރާތްތައް މިކަމުގައި ޖަވާބުދާރީ ކުރުވާން ޖެހޭ ކަމަށް އެކްޓިވިސްޓުން ވަނީ ބުނެފައެވެ. އެކްޓިވިސްޓުން މިހެން ބުނެފައިވަނީ އެމެރިކާއިން ގިނަ އަދަދަކަށް ކޮވިޑް-19 އަށް ބޭސް ގަންނާނެކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އަދި މިކަމުގައި އެންމެ އުނދަގޫ އެއް ވަހަކައަކީ ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއަށް ނުފޫޒު ފޯރުވަފާނެކަމަށް ދެކެވޭ ވާހަކަތެކެވެ.

ދުނިޔޭގެ އެތައް ގައުމަކުން އަންނަނީ ނުރައްކާތެރި ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވެކްސިނެއް ވުޖޫދުވުމުގެ ކުރިން ބްރިޓެއިން، ފްރާންސް، ޖަރުމަން އަދި އެމެރިކާއިން ވަނީ މިލިއަނުން ކޮވިޑް-19 ގެ ވެކްސިންއަށް އޯޑަރު ޖަހާފައެވެ.

ބައެއް ގައުމުތަކުން ވެކްސިން ގަންނާނެ އެއްވެސް ގޮތެއް ނެތް އިރު، ފަގީރު ގައުމުތަކުން މިކަމުގައި ކަންކުރާނެ ގޮތެއް އަދި މަގެއް ވެސް ފެނިފައި ނުވެއެވެ. ނަމަވެސް ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ވަނީ "ގަވީ" ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއް އުފައްދާ ދުނިޔޭގެ 60 އިންސައްތަ ކުޑަކުދިންނަށް ވެކްސިން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ފަށާފައެވެ.

ކޮވިޑް-19 ގެ ވެކްސިން އުފައްދަމުން އަންނަ ކުންފުނިތަކަށް ގަވީން ފޮނުވި ސިޓީގައި ބުނެފައިވަނީ ވެކްސިން ގަތުމަށް ފައިސާ ދިނުމުން އެކަމުން ފައިދާވެދާނެ ކަމަށެވެ. ނަމަވެސް ކާމިޔަބު ވެކްސިނެއް އުފެއްދުމުން ގައުމުތަކަށް ހަމަހަމައަށް ވެކްސިން ދިނުން މުހިންމު ކަމަށާއި، އެއިރުން ކޮންމެ ގައުމެއްގެ ވެސް 20 އިންސައްތަ އަބާދީއަށް ވެކްސިން ލިބިގެންދާނެ ކަމަށެވެ. އަދި ވެކްސިން ދިނުމުގައި ގައުމުތަކުން ބޭނުންވާ ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ ކުޑަ އާމްދަނީއެއް ލިބެމުން އަންނަ ގައުމުތަކަށް 2 ބިލިއަން ޑޯޒްގެ ވެކްސިން 2021 ވަނަ އަހަރުގެ ނިޔަލަށް ލިބޭނެ ގޮތް ހަދާނެ ކަމަށެވެ. އަދި މިކަން ކުރުމުގައި ގަވީ ފަދަ ޕާޓްނާޝިޕާއި ގުޅިގެން ކުރާނެ ކަމަށް ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. ދުނިޔޭގެ 85 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައެވެ.

ދުނިޔޭގައި މިވަގުތު އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރަމުން އަންނަ އެމެރިކާއިން ވައިރަސް އަށް ވެކްސިނެއް ހޯދުމަށް އެސްޓްރާޒެނިކާ އާއި އޮކްސްފޯޑް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް 1.2 ބިލިއަން އެމެރިކާ ޑޮލަރު އިތުރަށް ދިނުމަށް ނިންމާފައެވެ.

މީގެއިތުރުން ވެކްސިންގެ 300 މިލިއަން ޑޯޒް ގަތުމަށްވެސް ވައިޓް ހައުސް އިން ވަނީ އޯޑަރ ކޮށްފަ އެވެ. މިއަހަރުގެ އޮކްޓޯބަރ މަހު ވެކްސިންގެ ފުރަތަމަ ޑޯޒް ލިބޭނެކަމަށް މިހާރު އުންމީދުކުރެވެ އެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިޔުމަން ސަރވިސަސް އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އެސްޓްރާޒެނިކާ އާއެކު ހެދިގެން މިދިޔަ ކޮންޓްރެކްޓް އާ އެކު ވެކްސިން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ސްޕީޑް އަވަސްވެ، އަންނަ އަހަރު އަންނަން ވާއިރަށް ގިނަ ބަޔަކަށް ވެކްސިން ލިބުމަށް މަގުފަހިވާނެ ކަމަށެވެ.

އެމެރިކާއިން މިކަމަށް ދޭ އެހީތެރިކަމާއެކު މިއަހަރުގެ ހޫނު މޫސުމުގައި އެމެރިކާގައި މިވެކްސިންގެ ޓްރެއަލް ތައް ކުރިޔަށް ގެންދާނެ އެވެ. މީގެތެރޭގައި 30،000 ވޮލަންޓިއަރުން ހިމެނޭއިރު އޮކްސްފޯރޑް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް މިކަމުގެ ސަބަބުން ލިބިގެންދާނެ އެވެ.

އެހެންނަމަވެސް ވެކްސިން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެސްޓްރާޒެނިކާ އިން ބުނާގޮތުގައި މިވެކްސިން އަކީ އަދި ކާމިޔާބު ވެފައިވާ ވެކްސިނެއް ނޫނެވެ. މިވެކްސިން އަދި މަސައްކަތް ނުކޮށްފާނެ ކަމަށާއި މިހާރު އެމީހުން މަޑުކޮށްގެން އެތިބީ ދެކުނު އިންގްލެންޑްގައި ކުރިޔަށްދާ ޓްރެއަލް ތަކުގެ ނަތީޖާ އަންނަ ގޮތަކަށް ކަމަށް އެސްޓްރާޒެނިކާ އިން ވަނީ ބުނެފަ އެވެ. ވެކްސިން އިތުރަށް ޓެސްޓް ކުރަން ފަށާނީ މި ޓްރެއަލް އިން ނަތީޖާ ފެންނަ ގޮތަކުން ކަމަށް އެސްޓްރާޒެނިކާ ވަނީ ބުނެފަ އެވެ.

މިހާތަނަށް ދުނިޔޭގައި އެތައް ފާމަސޫޓިކަލް ކުންފުނިތަކަކުން ވައިރަސް އަށް ވެކްސިން އާއި ބޭހެއް ބޭހެއް ހޯދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވެފަ އެއް ނުވެ އެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި ރަނގަޅަށް ފައިދާ ކުރާނެ ވެކްސިނެއް އުފެއްދުމަށް 12 މަސް ދުވަހާއި 18 މަސް ދުވަސް ހޭދަވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެއިންގެ އަތްދަށުން ކެޓަލޯނިއާ މިނިވަންކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަން: ކެޓަލޯނިއާގެ ކުރީގެ ލީޑަރު

ސްޕެއިންގެ އަތްދަށުން ކެޓަލޯނިއާ މިނިވަންކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަން: ކެޓަލޯނިއާގެ ކުރީގެ ލީޑަރު

08 ނޮވެމްބަރު 2017
ވެރިކަމުގެ ފުރަތަމަ އަހަރު މުއްސަނދިންގެ ލިސްޓުގައި ރައީސް ޓްރަމްޕް 92 ދަރަޖަ ފަހަތަށް

ވެރިކަމުގެ ފުރަތަމަ އަހަރު މުއްސަނދިންގެ ލިސްޓުގައި ރައީސް ޓްރަމްޕް 92 ދަރަޖަ ފަހަތަށް

18 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

18 ޖުލައި 2017
ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި

ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި

02 ޖުލައި 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު