Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޠާލިބާނުން އަފްޣާނަށް ދިން ޙަމަލާ

ޠާލިބާނުން އަފްޣާނިސްތާނުގައި ދިން ޙަމަލާއެއްގައި 12 މީހުން މަރުވެއްޖެ

19 މެއި 2020 | އަންގާރަ 15:19

ޠާލިބާނުން ދިން ޙަމަލާގައި 12 މީހުން މަރުވެ 18 މީހުން ޒަޚަމްވި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 19 މެއި 2020 | އަންގާރަ 15:19
އަފްޣާނިސްތާނު ސިފައިންނާއި، ޠާލިބާން ހަނގުރާމަވެރިން ދަނީ ޙަމަލާ ބަދަލުކުރަމުން

އަފްޣާނިސްތާނު ސިފައިންނާއި، ޠާލިބާން ހަނގުރާމަވެރިން ދަނީ ޙަމަލާ ބަދަލުކުރަމުން

ޠާލިބާން ހަނގުރާމަވެރިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގައި 12 މީހުން މަރުވެއްޖެ އެވެ.

އަފްޣާނިސްތާން ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ގޮވާޒާތުގެ ތަކެތި ހަށިގަނޑުގައި ހަރުކޮށްގެން ސައިކަލެއްގައި އައި މީހަކު މި ޙަމަލާދީފައި ވަނީ އުތުރު ކުންދޫޒް ސިޓީގެ ކާރު ބާރު ބޮޑު ބާޒާރު މަތީ ޞަރަހައްދަކަށެވެ.

ނިރުބަވެރި ޙަަމަލާއެއްގެ ގޮތުގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ސިފަކުރާ މިޙަމަލާގައި މަރުވީ މީހުންގެ ތެރޭގައި ފުލުހަކާއި ޢާންމުންގެ މީހަކުވެސް ހިމެނެއެވެ. އަދި މި ޙަމަލާގައި އިތުރު 18 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އަފްޣާނިސްތާނު ސިފައިންނާއި ޙަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

ކުންދޫޒުގެ ޞަރަޙައްދީ ސަރުކާރުގެ ތަރުޖަމާނު މުރާދީ ވިދާޅުވެފައިވަނީ މިއީ ޠާލިބާނުން ދިން ނިރުބަވެރި ހަމަލާއެއް ކަމަށާއި މިޙަމަލާގެ ޒިންމާ ހަނގުރާމަވެރިން އުފުލަން ޖެހޭނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ޙަމަލާއާއި ގުޅިގެން އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ޠާލިބާނުންނާއި ކުރިމަތިލާ ޙަމަލާތަކެއް ބަދަލުކޮށްފަ އެވެ. މިޙަމަލާތަކުގައި ހަނގުރާމަވެރިން 10 މީހުން މަރުވެ 15 މީހުން ޒަޚަމްވި ކަމަށް މުރާދީ ވިދާޅުވި އެވެ. އަދި އަފްޣާނިސްތާނުގެ ސިފައިންގެ 5 އޮފިސަރުންނާއި މަދަނީންގެ 3 މީހުން މި ޙަމަލާ ބަދަލުކުރުންތަކުގައި ޒަޚަމްވި ކަމަށްވެސް މުރާދީ ވިދާޅުވި އެވެ.

މި ކުރިމަތިލުންތައް ވަރުގަދަވެ، މިހާރު ކުންދޫޒުގެ ބޭރުން ރަށްފުށުގެ އަވަށްތަކެއް ކަމަށްވާ ތަލޯވްލާއައި ޕުލީ ސާފިދުގައިވެސް ހަނގުރާމަވެރިންނާއި، ސިފައިން ދަނީ ވަރުގަދައަށް ޙަމަލާ ބަދަލުކުރަމުންނެވެ. އަފްޣާނިސްތާނު ސިފައިން ބުނާ ގޮތުގައި މިހާރު ހަނގުރާމަވެރިން ވަނީ ބިރުން ފިލަން ފަށާފައެވެ.

އަންގާރަ ދުވަހުގެ ޙަމަލާއާއި ކުރިމަތިލުންތަކާއި ބެހޭ ގޮތުން ޠާލިބާން ޖަމާޢަތުން އަދި އެއްވެސް އެއްޗެއް ރަސްމީ ސިފައެއްގައި ބުނެފައެއް ނުވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް