Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ އެހީ ޔޫކްރެއިނަށް

ޔޫކްރެއިންގެ މިނިވަން ދުވަހާއި ގުޅުވައިގެން އެ ޤައުމަށް 3 ބިލިއަން ޑޮލަރުގެ އެހީ ދޭން އެމެރިކާއިން ނިންމައިފި

25 އޯގަސްޓު 2022 | ބުރާސްފަތި 02:17

ބައިޑެންގެ ސަރުކާރުން މިހާތަނަށް ވަނީ ޔޫކްރެއިނަށް 13.5 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ނިންމާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އޯގަސްޓު 2022 | ބުރާސްފަތި 02:17
އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ޔޫކްރެއިންގެ އަހަރީ ދުވަހާއި ގުޅުވައިގެން އެ ޤައުމަށް އިތުރު 3 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާންކުރައްވައިފިއެވެ.

އެމަނިކުފާނުގެ އޮފީހުން މިކަން އިއުލާންކޮށްފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން މި 3 ބިލިއަން ޑޮލަރަކީ ސެކިއުރިޓީ އެސިސްޓެންސްގެ ގޮތުގައި ފޯރުކޮށްދޭ އެހީތެރިކަމެކެވެ. މިއީ ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭން ފެށި ފަހުން ވޮޝިންގޓަން އިން ފޯރުކޮށްދޭ އެންމެ ބޮޑު އެހީގެ ޕެކޭޖު ކަމަށް ރޮއިޓަރސް އިން ރިޕޯޓް ކުރެއެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި މި އެހީތެރިކަން ފޯރުކޮށްދޭނެކަން އެމެރިކާއިން އިއުލާން ކުރީ ކުރިއަށް އޮތް ދުވަސްތަކުގައި ޔޫކްރެއިނުގެ އިތުރު ސަރަހައްދުތަކަކަށް ރަޝިއާއިން ހަމަލާދޭން ނިންމާފައިވާކަން އެ ޤައުމަށް އެނގިފައިވާތީއެވެ. ނަމަވެސް މި އެހީ ޔޫކްރެއިނަށް ފޯރުކޮށްދޭން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އައު ޕެކޭޖުގެ ދަށުން ހަތިޔާރު ހޯދުމަށް ފަންޑު ހޯދަނީ ޔޫކްރެއިން ސެކިއުރިޓީ އެސިސްޓެންސް އިނީޝިއޭޓިވްގެ ދަށުންނެވެ. މިއީ ބައިޑެންގެ ސަރުކާރަށް ހަތިޔާރު އުފައްދާ ފަރާތްތަކުގެ އަތުން ހަތިޔާރު ގަނެވޭ ގޮތަށް ކޮންގްރެސް އިން ހުއްދަ ދީފައިވާ ފަންޑެކެވެ. އެހެންވެ، ހުރިހާ ޕްރޮސެސްއަކަށް ގިނަ ވަގުތު ނަގާނެއެވެ.

މި އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސްމިން ބަރޯސާވެފައިވަނީ މިހާރު ހަތިޔާރު އުފައްދާ ކުންފުނިތަކުގައި ހަތިޔާރު ހުރި ވަރަށާއި ކެޕޭސިޓީއަށް ކަމަށް ރޮއިޓަރސްގައި ވަނީ ބުނެފައެވެ.

އެމެރިކާގެ ޑިފެންސް ފޯ ޕޮލިސީގެ އަންޑަރ ސެކެޓްރީ ކޮލިންއާ ހަވާލާދީ ރޮއިޓަރސް ގައި ބުނެފައިވަނީ މި އެހީގެ ދަށުން ފޯރުކޮށްދޭ ހަތިޔާރުތައް ޔޫކްރެއިނަށް ގެންދިއުމަށް ދެތިން އަހަރު ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިއީ މިހާރު ކުރިއަށްދާ ހަނގުރާމައަށް އެހީވުމުގެ ބޭނުމުގައި ދޭ އެހީއެއް ނޫން ކަމަށާއި މި ހަތިޔާރުތަކުގެ ބޭނުމަކީ ކުރިއަށް އޮތް އަހަރުތަކުގައި ޔޫކްރެއިނަށް ދޭނެ ކަމަށް ލަފާ ކުރެވޭ ހަމަލާތަކުން އެ ޤައުމު ރައްކާތެރި ކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އައު ޕެކޭޖުގައި ހިމެނޭ ހަތިޔާރުތަކުގެ ތެރޭގައި ސާފޭސް ޓު އެއަރ މިސައިލް ސިސްޓަމްތަކާއި ކައުންޓަރ އަރޓިލެރީ ރާޑަރުތަކާއި ޕޫމާ ޑްރޯން އާއި ކައުންޓަރ ޑްރޯން ސިސްޓަމްތައް ކަމަށްވާ "ވެމްޕަޔަރ" ތައް ހިމެނެއެވެ. ވެމްޕަޔަރ އަކީ ކުދި މިސައިލްތައް ޑްރޯންގެ ޒަރީއާއިން ފޮނުވާލާ ސިސްޓަމެކެވެ.

އެމެރިކާގެ ވެރިކަމާއި ބައިޑެން ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް އެމެރިކާއިން ވަނީ ޔޫކްރެއިނަށް ސެކިއުރިޓީ އެސިސްޓެންސްގެ ގޮތުގައި 13.5 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ނިންމާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

11 މެއި 2017

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
24 މާރިޗު 2017

ހުސްނީ މުބާރަކް މިނިވަން ކޮށްފި

24 މާރިޗު 2017
ހުސްނީ މުބާރަކް މިނިވަން ކޮށްފި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް