Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ

އެފްއެފްޕީ ގަވާއިދާ ޚިލާފުވެފައިވާތީ ޔުއެފާއިން ކުލަބުތަކެއްގެ މައްސަލަ ބަލަނީ

24 އޯގަސްޓު 2022 | ބުދަ 02:45

ޔުއެފާ އިން ވޮޗްލިސްޓުގައި ވަނީ 20 ކުލަބެއް ހިމަނާފައި، މިހާތަނަށް ބެލި ބެލުމުން ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ 10 ކުލަބެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2022 | ބުދަ 02:45
ޔުއެފާގެ އިދާރާ

ޔުއެފާގެ އިދާރާ

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާތީ ޔުއެފާ އިން ކުލަބުތަކެއްގެ މައްސަލަ ބަލަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުއެފާ އިން އަންނަނީ 10 ކުލަބެއްގެ މައްސަލަ ބަލަމުންނެވެ. އޭގެ ތެރޭގައި ބާސެލޯނާ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، އާސެނަލް، އިންޓަ މިލާން، ރޯމާ އަދި ޔުވެންޓަސް ހިމެނޭ ކަމަށް އެ މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ޔުއެފާ އިން ވޮޗްލިސްޓުގައި ވަނީ 20 ކުލަބެއް ހިމަނާފައެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ 10 ކުލަބެއްގެ ކަމަށާއި، އެ ކުލަބުތަކުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އެ ރިޕޯޓުގައި ވާ ގޮތުން ބާސެލޯނާ އާއި ޔުވެންޓަސް ވަނީ އެފްއެފްޕީއާ ބެހޭ ގޮތުން ޔުއެފާއާ މަޝްވަރާ ކުރުމަށް ދެކޮޅު ހަދާފައެވެ.

ބާސެލޯނާ، ޔުވެންޓަސްގެ އިތުރުން ރެއާލް މެޑްރިޑުން ވެސް ގަވާއިދާ ޚިލާފުވެފައިވާތީ އެއް މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެއީ އެފްއެފްޕީއާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި، އެއީ ޔޫރަޕިއަން ސުޕަ ލީގާ ގުޅުން ހުރި މައްސަލަ އެއް ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން އެފްއެފްޕީގެ ގަވާއިދާ ޚިލާފުވެފައިވާތީ ޕީއެސްޖީއަށް މާލީ ގޮތުން ފިޔަވަޅުތަކެއް އަޅާއިރު، ބާސެލޯނާ އަދި ޔުވެންޓަސް އަށް ޓްރާންސްފާ މާކެޓުގައި ބައިވެރިނުވެވޭ ގޮތަށް ފިޔަވަޅު އަޅައިފާނެ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ، ބާސެލޯނާ އަދި އާސެނަލުން ވެސް ވަނީ ގިނަ ހޭދަތަކެއްކޮށްފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2020

ގަވާއިދާ ޚިލާފުވުމުން ކައިލް ވޯކާއަށް ފިޔަވަޅު އަޅަނީ

06 އެޕްރީލު 2020
ގަވާއިދާ ޚިލާފުވުމުން ކައިލް ވޯކާއަށް ފިޔަވަޅު އަޅަނީ
03 އެޕްރީލު 2020

ފުޓްބޯޅަ ސީޒަން ކެންސަލް ނުކޮށް، ޖުލައި މަހު މެޗުތައް ފަށަން ޔުއެފާއިން މަސައްކަތް ކުރަނީ

03 އެޕްރީލު 2020
ފުޓްބޯޅަ ސީޒަން ކެންސަލް ނުކޮށް، ޖުލައި މަހު މެޗުތައް ފަށަން ޔުއެފާއިން މަސައްކަތް ކުރަނީ
23 މާރިޗު 2020

ތިން މުބާރާތެއްގެ ފައިނަލް މެޗުތައް ޔުއެފާއިން ފަސްކޮށްފި

23 މާރިޗު 2020
ތިން މުބާރާތެއްގެ ފައިނަލް މެޗުތައް ޔުއެފާއިން ފަސްކޮށްފި
17 މާރިޗު 2020

ޔޫރޯ އަންނަ އަހަރަށް ފަސްކުރަން ޔުއެފާއިން ނިންމައިފި

17 މާރިޗު 2020
ޔޫރޯ އަންނަ އަހަރަށް ފަސްކުރަން ޔުއެފާއިން ނިންމައިފި
28 އެޕްރީލު 2018

އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި

28 އެޕްރީލު 2018
އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި
12 އެޕްރީލު 2018

ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ

12 އެޕްރީލު 2018
ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ
11 ނޮވެމްބަރު 2017

ޔުއެފާއިން ސަސްޕެންޑް ކުރުމުން އެވްރާ މާސޭ ދޫކޮށްލައިފި

11 ނޮވެމްބަރު 2017
ޔުއެފާއިން ސަސްޕެންޑް ކުރުމުން އެވްރާ މާސޭ ދޫކޮށްލައިފި
02 ސެޕްޓެމްބަރު 2017

ޔުއެފާއިން ޕީއެސްޖީގެ ޓްރާންސްފާތައް ތަހުގީގު ކުރަނީ

02 ސެޕްޓެމްބަރު 2017
ޔުއެފާއިން ޕީއެސްޖީގެ ޓްރާންސްފާތައް ތަހުގީގު ކުރަނީ
23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
16 މެއި 2017

ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް

16 މެއި 2017
ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް