Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަަސްގަނޑު ކެމްޕެއިން

"ފަސްގަނޑު" ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފި

މި ކެމްޕޭންގެ ދަށުން ކޮންމެ މަހަކު އެއްފަހަރު ނިއުސްލެޓަރއެއް ނެރުމަށް ވަނީ ހަމަޖެހިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އޯގަސްޓު 2022 | ހޯމަ 09:17
ފަސްގަނޑު ކެމްޕެއިން ރަސްމީކޮށް ލޯންޗްކޮށްދެއްވަނީ

ފަސްގަނޑު ކެމްޕެއިން ރަސްމީކޮށް ލޯންޗްކޮށްދެއްވަނީ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން "ފަސްގަނޑު" ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި ކެމްޕޭނަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

Advertisement - newsAdvertisement

މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި ވޯލްޑް ބޭންކުގެ ބޭފުޅުންގެ އިތުރުން އަތޮޅު ކައުންސިލުގެ ރައީސުންނާއި ރަށު ކައުންސިލްތަކުގެ ރައީސުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

'ފަސްގަނޑު' ގައުމީ ކެމްޕޭންގެ ތެރެއިން ކޮންމެ މަހަކު އެއްފަހަރު ނިއުސްލެޓަރއެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ނިއުސްލެޓަރ ތައްޔާރުކުރެވޭނީ ސްކޫލްތަކުގެ ދަރިވަރުން ތައްޔާރުކުރާ ހޭލުންތެރިކުރުމުގެ މަޢުލޫމާތު ހިމެނޭ ކުރެހުންތަކާއި، ލިޔުންތަކާއި، އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަައުލޫމާތުދެއެވެ.

"ފަސްގަނޑު" ނިއުސްލެޓަރ ނެރެދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާއެވެ. މި ކެމްޕޭންގެ ފުރަތަމަ ނިއުސްލެޓަރ ތައްޔާރުކޮށްފައިވަނީ ނ.މާފަރު އަދި ނ. ކުޑަފަރީގެ ރައްޔިތުންގެ އެހީތެރިކަމާއެކުގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ނިއުސްލެޓަރ ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ރައްރަށުގައި ސްކޫލް ކުދިންގެ މެދުގައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތު ބޭނުންކޮށްގެން ކަމަށެވެ. ނިއުސްލެޓަރ ތައްޔާރުކުރުމުގެ ވިޑިއޯ ގައިޑެއް ވެސް ވަނީ މި ރަސްމިއްޔާތުގައި ދައްކާލާފައެވެ.

މި ކެމްޕޭންގައި މައިގަނޑު ފަސް ދާއިރާއަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ، ސިއްޙީ، ތަޢުލީމީ، އިގްތިޞާދީ، ޖެންޑަރ އަދި އިޖުތިމާޢީ ދާއިރާތަކެވެ. މި ދައިރާތަކުގެ މައްޗަށް ބިނާކޮށްފައިވާ ވިޑިއޯއެއް ވެސް ވަނީ ހުށައަޅާއިފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި އަތޮޅުތަކުން ކޮންޓެންޓް ހިމެނޭ ވެބް ޕޯޓަލްއެއް އިފްތިތާހުކޮށް، ރަސްމީ ކެމްޕޭން ލަވަ ވެސް ވަނީ މި ރަސްމިއްޔާތުގައި އިފްތިތާހުކޮށްފައެވެ. މި ލަަވަ ތައްޔާރުކޮށްފައިވަނީ އައްކޮ، އީސާ އަދި އަހުމަދު ނަސީރެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ ވިދާޅުވީ، ކުނި މެނޭޖްކުރުމަކީ ރާއްޖޭގެ ދެމެހެއްޓެނެވި ތަރައްގީއަށް ވާސިލުކުރުމަށް ކޮންމެހެން ކުރަން ޖެހޭކަމެއް ކަމަށެވެ. މީގެ އިތުރުން މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން އަދި ފޯރުކޮށްދެމުންދާ ވާރލްޑް ބޭންކަށާއި މިކެމްޕޭން ފަރުމާކުރުމުގައި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް މިނިސްޓަރު ޝައުނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

27 ފެބުރުއަރީ 2017
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު