Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ލެވަންޑޯސްކީގެ ދެ ލަނޑާއެކު ބާސެލޯނާއިން ސޮސިއެޑާޑް ބަލިކޮށްފި

ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޯގަސްޓު 2022 | ހޯމަ 03:23
ސްޕެނިޝް ލީގުގައި ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-1 އިންނެވެ. މިއީ އައު ސީޒަނުގެ ލީގުގައި ބާސެލޯނާއިން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމަށް ޖެހުނީ ޕޮއިންޓަކުން ފުއްދާލަންށެވެ.

ދެ ވަނަ މެޗަށް ނިކުމެ ބާސެލޯނާ މޮޅުވީއިރު، ބަޔާން މިއުނިކް ދޫކޮށް ބާސެލޯނާއަށް ބަދަލުވި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހާފައެވެ. ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗުގެ އެއް ވަނަ މިނެޓުގައި ޖެހީ ލެވަންޑޯސްކީއެވެ. މިއީ އޭނާ ބާސެލޯނާއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އޭގެ ފަސް މިނެޓު ފަހުން އަލެކްސެންޑާ އިސާކް ވަނީ ސޮސިއެޑާޑަށް ލަނޑެއް ޖަހައިދީ، އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ބާސެލޯނާގެ އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގައެވެ. މެޗުގެ 66 ވަނަ މިނެޓުގައި އަންސޫ ފާޓީ ދިން ބޯޅައަކުން ބާސެލޯނާއަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ އޮސްމާން ޑެމްބެލޭއެވެ. އޭގެ ދެ މިނެޓު ފަހުން ފާޓީގެ އެހީތެރިކަމާއެކު ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހާފައެވެ. ބާސެލޯނާގެ ފަހު ލަނޑު މެޗުގެ 79 މިނެޓުގައި ޖެހީ ފާޓީއެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ހަތަރު ޕޮއިންޓު ހޯދައިގެން ބާސެލޯނާއިން ވަނީ ލީގު ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފައެވެ. އެއް ވަނައިގައި ހަ ޕޮއިންޓާއެކު ވިލަރެއާލް އޮތް އިރު، ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ނަމަވެސް ވިލަރެއާލަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިން ވަނަ މަގާމުގައި އޮތް ރެއާލް ބެޓިސް އާއި ހަތަރު ވަނަ މަގާމުގައި އޮތް އޮސަސޫނާ އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ.

ލީިގުގައި ދެން ބާސެލޯނާއަށް އޮތީ މި މަހުގެ 28 ގައި ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގެ ކުރިން މި މަހުގެ 25 ވަނަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި ބާސެލޯނާއިން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނާނެއެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
15 އެޕްރީލު 2017

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު