Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރު: ސެޕްޓެމްބަރުގެ ފުރަތަމަ 15 ގައި ޙުކުމް ކުރައްވަނީ

މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވަނީ 22 ފެބްރުއަރީ 2022 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އޯގަސްޓު 2022 | އާދީއްތަ 10:11
ނަދީމް މަރާލި މައްސަލައިގައި، ދައުވާ އުފުލާފައިވާ މީހުން

ނަދީމް މަރާލި މައްސަލައިގައި، ދައުވާ އުފުލާފައިވާ މީހުން

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ މިހާރު އޮތީ ޙުކުމުގެ މަރުޙަލާގައެވެ. އެގޮތުން އާދިއްތަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމުގެ ކުރިން ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފު ކުރުމަށް ތާވަލުކުރި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ ދައުލަތުން ހުށައަޅާފައިވާ ވީޑިއޯ ފުޓޭޖްތަކާއި ގުޅޭ ސީޑީތަކާއި ގުޅިގެން ބައެއް ކަންކަން ސާފު ކުރައްވާފައެވެ. އެގޮތުން "ކުއެޝަނަަބަލް އެވިޑެންސް" ގޮތުގައި ހުށައެޅިފައިވާ ބައެއް ފުޓޭޖްތަކާއި ގުޅޭގޮތުން ގާޒީ ވަނީ ސުވާލު ކުރައްވާފައެވެ. އޭގެ ތެރެއިން ބައެއް ފުޓޭޖް ޝަރީއަތަށް ލިބިފައިނުވާކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ މައުލޫމާތުތައް ވެރިފައި ކުރުމަށްފަހު ދައުލަތުން ޝަރީއަތަށް ހުށައަޅާނެ ކަމަށެވެ. ދައުލަތުން ވަނީ އެކަންކަން ކަށަވަރު ކުރުމަށްފަހު އެކަމަށް ވާހަކަ ދެއްކެވުމަށް ފުރުސަތެއް ދެއްވުމަށް އެދިފައެވެ.

ދައުލަތުން ވަނީ އެ ފުޓޭޖްތައް ހުށައެޅުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިލައްވާފައެވެ.

ދައުލަތުގެ ޚުލާސާ ބަޔާނުގައި ގ.މަސްއޮޑިގޭ ކައިރީގެ ވީޑިއޯ ފުޓޭޖެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެެއީ މި މައްސަލައިގެ ދައުވާލިބޭ މަފާޒް އެތަނުގައި ހުރި ކަމާއި، އޭނާގެ ޖީބުން މާސްކެއް ނަގާ މަންޒަރު ދައްކުވައިދޭ ފުޓޭޖެއްކަން ދައުލަތުން ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅިގެން ދައުލަތުން ހުށައަޅާފައިވާ ފުޓޭޖުގައި ބަޔާންކޮށްފައިވާ ގަޑިއާއި ގުޅިގެން ޝަރީއަތުން ވަނީ އިތުރަށް ސާފު ކޮށްދިނުމަށް ދަންނަވާފައެވެ.

މި މައްސަލައިގައި ހިމެނޭ ސިއްރު ހެކިންގެ ބަޔާންތަކަށް ބުރަދަން ދިނުމަށްވެސް ދައުލަތުން އެދިފައިވެއެވެ. މި މައްސަލައިގައި ދައުލަތުން 11 ސިއްރު ހެކިވެރިއެއް ހުށައެޅި ނަމަވެސް އެ ހުރިހާ ހެކިންގެ ހެކިބަސް ނެގިފައެއް ނުވެއެވެ. ދައުލަތުން އެކަމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ހެކި ވެރިންނަށް ނުފޫޒު ފޯރުވާ ކަމާއި، އެކަމުގެ އިންޓެލިޖެންސް މައުލޫމާތުވެސް ލިބިފައިވާކަމެވެ. 

 ސިއްރު ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތަކާއި އެއާއި ގުޅުވާލެވޭ ހެކިތަކަށް މި މައްސަލަ ނިންމަވާއިރު ރިއާޔަތް ކޮށްދެއްވުމަށް ދައުލަތުން ޚުލާސާ ބަޔާނުގައި ވަނީ އެދިލައްވާފައެވެ.

ގާޒީ ވަނީ އެ ފަރާތްތަކުގެ ބަޔާންތައް ހެކީގެ ގޮތުގައި ހުށައަޅާފައިވޭތޯ ސުވާލު ކުރައްވާފައެވެ. ދައުލަތުން ބުނާ ގޮތުގައި އެ ފަރާތްތަކުގެ ބަޔާންތައް ހެކީގެ ގޮތުގައި ހުށައެޅިއިރު، ކިތާބީ ހެކީގެ ގޮތުގައި ހުށައަޅާފައެއް ނުވާނެއެވެ. ނަމަވެސް ޝަފަހީ ހެކި ހުށައެޅިއިރު އެ ބައި ހިމަނާފައިވާނެކަން ދައުލަތުން ފާހަގަކުރިއެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތުން ފާހަގަކުރި ކަންކަމާއި ގުޅިގެން ލިއުމުން ޖަވާބު ހުށައެޅުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އެއަށްފަހު ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރުމެވެ.

ގާޒީ ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ ފުރަތަމަ 15 ވަނަ ދުވަހުގެ ތެރޭގައި މައްސަލައިގެ ޙުކުމް ކުރައްވާނެ ކަމަށެވެ.

ގާޒީ ވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމެވި ނިންމެވުން ދަމަހައްޓަވާފައެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު