Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބާރ އިމްތިހާނުގައި ރަޖިސްޓްރީވާން ހުޅުވާލުން

ބާރ އިމްތިހާނުގައި ބައިވެރިވާން ރަޖިސްޓަރީވުމަށް ހުޅުވާލައިފި

ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހުގެ މެންދުރު 12:00

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 އޯގަސްޓު 2022 | ހޮނިހިރު 02:07
ވަކީލުން ހުވާކުރުމުގެ ތެރެއިން

ވަކީލުން ހުވާކުރުމުގެ ތެރެއިން

19 ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާރ އިމްތިހާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ބާރ ކައުންސިލުން ހުޅުވާލައިފިއެވެ.

އެކައުންސިލުން ބުނީ، 25 ޖޫންގައި ބޭއްވުމަށް ތާވަލުކުރެވުނު އިމްތިހާނުގެ އެންމެހާ ކަންކަން ބާތިލުކުރެވިފައިވާތީ، ބާރ އިމްތިހާނުގައި ބައިވެރިވުމަށް އެދޭ އެންމެހާ ފަރާތްތަކުން އަލުން ރަޖިސްޓަރީވާންޖެހޭނެކަމަށެވެ. ބާރ އިމްތިހާނުގެ ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހުގެ މެންދުރު 12:00އެވެ.

Advertisement - newsAdvertisement

އެ ކައުންސިލުން ބުނީ، އިމްތިހާނުގެ ފީގެގޮތުގައި ކެނޑިޑޭޓުން ދައްކަންޖެހޭނީ 6,500ރ. (ހަ ހާސް ފަސް ސަތޭކަ ރުފިޔާ) ކަމަށެވެ. އިމްތިހާނުގެ ފީ ކަނޑައެޅުމުގައި ރިއާޔަތްކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ; އިމްތިހާނު ފަރުމާކުރުމަށާއި އިމްތިހާނު ބޭއްވުމަށް ހިނގާނެ ޚަރަދާއި، މި އަހަރު އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ކެނޑިޑޭޓުންގެ އަދަދާއި، އަދި އިމްތިހާނު ބޭއްވުމަށް ލިބިފައިވާ ގްރާންޓް އެހީއެވެ.  

އެގޮތުން އިމްތިހާނުގެ ޚަރަދު، އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރާ ކެނޑިޑޭޓުންގެ އަދަދުން ބަހާލުމުން، ކޮންމެ ކެންޑިޑޭޓަކަށް ޖެހޭ އަދަދު މިއަށްވުރެ މަތިނަމަވެސް، ކައުންސިލަށް ލިބިފައިވާ ގްރާންޓް އެހީ މި އަދަދުން އުނިކޮށް، ކެނޑިޑޭޓުން ދައްކަންޖެހޭ ފީއަށް ލުއިދިނުމަށް ދެވަނަ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފައެވެ.

2022 ވަނަ އަހަރުގެ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަކޮށް މި ލުއިދިނުމަށް ނިންމާފައިވަނީ، ބާރ އިމްތިހާނުގެ ފީގެގޮތުގައި ދައްކަންޖެހޭނެ އަދަދެއް ދުރާލައި ކެނޑިޑޭޓުންނަށް އެނގިފައިނެތުމުގެ ސަބަބުން، މިފަދަ ޚަރަދެއްކުރުމަށް ލިބިފައިވާ ވަގުތަކީ އެކަށީގެންވާ ވަގުތެއް ނޫންކަމަށް، އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓުންގެ ފަރާތުން ބާ ކައުންސިލާ ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްކަމަށް އެ ކައުންސިލުން ބުނެއެވެ. ބާރ އިމްތިހާނުގެ ފީއަކީ ކޮންމެ އަހަރަކު ބާއްވާ އިމްތިހާނަކަށް ހިނގާނެ ޖުމްލަ ޚަރަދަށް ބަލައިގެން އެ އިމްތިހާނަކަށް ވަކިން ކަނޑައެޅޭ ފީއަކަށްވާތީ، ކޮންމެ އިމްތިހާނަކަށްވެސް ކަނޑައެޅޭ ފީއަކީ ތަފާތު ފީއަކަށް ވާނެކަމަށް އެކައުންސިލުން ބުނެއެވެ.

އިމްތިހާނުގައި ބައިވެރިވުމަށް ފީ ދެއްކުމުގެ ސުންގަޑިއަކީ 20 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އެވެ.

ބާ ކައުންސިލް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
06 ޑިސެމްބަރު 2025

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
16 ސެޕްޓެމްބަރު 2025

މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި
05 މެއި 2025

ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި

05 މެއި 2025
ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު