Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތް

ކޮންމެ ރަށެއްގައި ހިނގާ ކޮންމެ ކުށެއްގެ ފަހަތުގައި އޮތީ މަސްތުވާތަކެތީގެ މައްސަލަ: މިނިސްޓަރު

ޑްރަގްގެ ވަބާއަކީ ރާއްޖޭގައި ގާތްގަނޑަކަށް ބައިޤަރުނެއްހާ ދުވަސްވީ ބޮޑު މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 އޯގަސްޓު 2022 | ބުރާސްފަތި 08:59
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ކޮންމެ ރަށެއްގައި ހިނގާ ކޮންމެ ކުށެއްގެ ފަހަތުގައި އޮތީ މަސްތުވާތަކެތީގެ މައްސަލަކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނ.ކުޑަފަރި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަައި މިނިސްޓަރ ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ ދިވެހި ލޮބުވެތި ރައްޔިތުން ދިރިއުޅެމުންދާ ކޮންމެ ރަށެއްގައި ރައްޔިތުންނާ ގާތުން, ރައްޔިތުންނާ އެކީގައި ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި, ކޮންމެ މުޖުތަމައެއްގެ ތެރޭގައި ކޮންމެ އާއިލާތަކެއްގެ ތެރޭގައި ހިނގަމުންދާ ކަންކަމާއި, ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ތަރުތީބުކުރެވިފައިވާ ފުލުހުންގެ ނިޒާމްގެ ތެރެއިން ލިބެންޖެހޭ ޚިދުމަތް ލިބިދިނުން އެއީ އަޅުގަނޑުމެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުންވާކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެކަމަކު އެމަސައްކަތް ހަލުވިކަމާއެކު ގެންދިއުމަކީ ބުރަ, ގޮންޖެހުންބޮޑު, ދަތިކަމެއްކަންވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަވަށްޓެރި ފުލުހުންގެ ފަލްސަފާއަކީ ރާއްޖޭގެ ރައްޔިތުންގެ ތާރީޚާއި, ޘަޤާފަތާއި, ރައްޔިތުންގެ ވިސްނުމަށް ބަލާއިރު އެކަން ކުރަންޖެހޭ ގޮތް ކަމަށެވެ.

އަޅުގަނޑުމެންގެ ކިބައިގައި އަހުލާޤާއި ރީތި ސިފަތައް, މާތްވަންތަކަން އުފެއްދުމަކީ އަޅުގަނޑުމެންގެ ދީނާއި, އަޅުގަނޑުމެންގެ ޘަޤާފަތް އަޅުގަނޑުމެންނަށް ދަސްކޮށްދޭ ކަމެއްކަމަށާއި, އެކަން އެގޮތުގައި ދެމިގެން ދިއުން އެއީ އަޅުގަނޑުމެންގެ ހަމަޖެހުމާއި އުފާފާގަތިކަމަށް މަގުފަހިކޮށްދޭކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް އަޅުގަނޑުމެން މިއަދުގެ ހުޅުވިފައިވާ ދުނިޔޭގެ ތެރޭގައި ދިރިއުޅެމުންދާއިރު އެކިފަހަރުމަތިން އެކިގޮތްގޮތަށް އަންނަ އޮއިވަރުތަކުގައި އަޅުގަނޑުމެންގެ ތެރޭގައި އޮތް ބައެއް ކަންކަން އެންމެ ރަނގަޅުނޫން ގޮތުގައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން ފުލުހުން ތިބެގެން މިކަންކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކުށުގެ ވެށީގެ ހާލަތަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހިނގާ ކޮންމެ ކުށެއްގެ ފަހަތުގައި އޮތީ މަސްތުވާތަކެތީގެ މައްސަލަކަމަށެވެ.

މިއީ ރާއްޖޭގައި ގާތްގަނޑަކަށް ބައިޤަރުނެއްހާ ދުވަސްވީ ބޮޑު މައްސަލައެއްކަމަށާއި, މިކަމުން އަރައިގަތުން އެއީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގައި ސަރުކާރުން ބޮޑަތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި, އޭގެ ނަތީޖާ މިދިޔަ ދުވަސްތަކުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދުންވެސް ހާމަވާކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމިނިސްޓަރ އިމްރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު