Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެޑްރޯސްގެ ކަންބޮޑުވުން

ޣައްޒާގެ ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުންނަށް ބޭސްފަރުވާގެ ވަސީލަތްތައް މިހާރުން މިހާރަށް ލިބެންޖެހޭ: ޓެޑްރޯސް

18 ފެބުރުއަރީ 2024 | އާދީއްތަ 13:12

ނާޞިރު ހޮސްޕިޓަލުން ކަރަންޓު ކެނޑުމުން، ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ފަސް މީހަކު ވަނީ މަރުވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 18 ފެބުރުއަރީ 2024 | އާދީއްތަ 13:12
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް

އިސްރާއީލުން ހިފާފައިވާ ޣައްޒާގައި ހުރި މަދު ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުންނަށް ކޮންމެހެން ބޭނުންވާ ބޭސްފަރުވާގެ ވަސީލަތްތައް މިހާރުން މިހާރަށް ލިބެންޖެހޭކަމަށް، އދ.ގެ އިސްވެރިޔާ ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިސްވެރިޔާ އާދީއްތަ ދުވަހު ވަނީ، ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގެ އައްނާޞިރު ހޮސްޕިޓަލުގެ ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، އިސްރާއީލަށް ފާޑު ވިދާޅުވެފައެވެ.  

ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވާގޮތުގައި، ޣައްޒާގެ ނާޞިރު ހޮސްޕިޓަލުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައެވެ.

ޑަބްލިއުއެޗްއޯގެ ޓީމަކާއި އެ ޖަމްއިއްޔާގެ ޕާޓްނަރުން ގުޅިގެން މަސައްކަތް ކުރިނަމަވެސް، ބަލި މީހުންނާއި ކްރިޓިކަލް މެޑިކަލް ބޭނުންތައް ދެނެގަތުމަށް ހޮސްޕިޓަލަށް ވަނުމަށް ހުރަސް އެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓެޑްރޯސް ވިދާޅުވިގޮތުގައި، 200އެއްހާ ބަލި މީހުން އަދިވެސް ހޮސްޕިޓަލުގައި އެބަތިއްބެވެ. އަދި މެޑިކަލް ރެފަރަލްއަކީ ކޮންމެ ޕޭޝަންޓެއްގެ ވެސް ޙައްޤެއް ކަމަށާއި، ލަސްވުމުގެ އަގު ދައްކަންޖެހޭނީ ބަލިމީހުންގެ ފުރާނައިން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހޮސްޕިޓަލަށް ވަދެވޭނެ މަގު ފަހިކޮށްދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ހުކުރު ދުވަހު ބުނީ، އިސްރާއީލުގެ އަސްކަރިއްޔާއިން އެ ތަނަށް ވަދެ ކަރަންޓު ކެނޑުމުން، ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ފަސް މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ވަނީ ހޮސްޕިޓަލަށް ވަދެ، އެތެރޭގައި ތިބި އެންމެން ހުސްކޮށް، ފުރާނައަށްޓަކައި ފިލަން މަޖުބޫރުކޮށްފައެވެ. ނަމަވެސް ސީރިއަސް ހާލަތުގައި ތިބި ބަލި މީހުންނަށް ފަރުވާ ދިނުމަށް ކުޑަ މެޑިކަލް ޓީމެއް އެތެރޭގައި މަޑުކުރިއިރު، އެ އެންމެން ވެސް ތިބީ އަސާސީ ބޭނުންތައް ނެތުމުން އެ ހޮސްޕިޓަލުގެ އެއް އިމާރާތެއްގައި ބަންދުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޚާން ޔޫނިސްއަށް ވަނީ އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީ، އެ ސިޓީގެ އެތައް ހާސް ރައްޔިތުންނެއް ފިލަން އެ ޝަހަރު ދޫކޮށް ދާން މަޖުބޫރުކުރުވާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް