Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ގަރާރަކުން ހައްލެއް ނުފެނޭ – ރައީސް

ތަރައްގީވަމުން އަންނަ ގައުމެއްގައި މާބޮޑަށްވެސް ރިޔާސީ ނިޒާމު ރަނގަޅުކަމަށް ގަބޫލުފުޅުކުރެއްވޭކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2022 | ބުދަ 10:34
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ހުށަހަޅާ ގަރާރުގައި ހައްލެއް ފެނިވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ، މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލާ ގޮތް އެބައޮތް ކަމަށެވެ. އެގޮތުން މަޖިލީހުގައި އެއްޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދާ ވާހަކަ އެބައަންނަ ކަމަށާއި، އެހެންވީމައި މި ހުށަހެޅި މައްސަލައަށް ނުވަތަ ކޯލިޝަން ހަދައިގެން ސަރުކާރުގެ ކަންތައް ކުރިއަށް ނުގެންދެވެއޭ، އެ ބުނާ ބުނުމަށް މިގަރާރުން ހައްލެއް ނުފެންނަކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މިހާރު މި އޮތް ނިޒާމުގެ ތެރޭގައި ހުރީ ކޮން މައްސަލަތަކެއްކަމާއި އަދި ނުކުރެވިގެން މިއުޅެނީ ކޮންކަމެއްކަން ކިޔައިދެއްވަންޖެހޭ ކަމަށެވެ. ފުރަތަމަ ކަމަކަށް މި ގަރާރު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އަދި ގެނެސްފިނަމަ ކޮންގްރެސްގެ ތެރެއިން މި ގަރާރު ފާސްވެގެންދާތަން ފެނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ މިވަގުތު ކުރިއަށްގެންދަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނަށް ގަބޫލުފުޅުނުކުރެއްވޭކަމަށެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބައެއް އިސްލާހު އެބަހުރި ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ޖޭއެސްސީ އިސްލާހު ގެންނެވުމަކީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅެއްކަމަށާއި، ކުރިއަށް އޮތްތަނުގައި މި ދައުރުގެ ތެރޭގައި އެ އިސްލާހު އަންނާނެ ކަމަށެވެ. މީގެ އިތުރުންވެސް އިސްލާހުކުރަންޖެހޭ ބައެއް ކަންތައްތައް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި އެކަހަލަ ކަންކަން ކުރަން ނުޖެހޭ ކަންކަމުގައި، ސިޔާސީ މީހުން އެއްތަނަކަށް އެއްވެ އެ ބަހުސްކޮށް ސަރުކާރު ބަދަލުކުރަންޖެހޭނަމަ ކުރުން ރަނގަޅު ކަމަށެވެ. ނަމަވެސް ތަރައްގީވަމުން އަންނަ ގައުމެއްގައި އެކަން ކުރަންޖެހިއްޖެއްޔާ ހުންނަ ދަތިތައް މާ ބޮޑުވާނެކަމަށެވެ.

ރައީސް ވިދާޅުވީ، ދެބަސްވެވިދާނެ އަދި ވާހަކަދެކެވިދާނެ ކަންކަން އެބަހުރިކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް ގަބޫލުކުރެއްވޭގޮތުގައި މިހާރު އޮތް ގަރާރަކީ އަދި މިއޮތްގޮތަށް ކޮންގްރެސްއަށް ހުށަހަޅައިގެން ބަހުސްކޮށްގެން ވޯޓާ ހިސާބަށް ދާ ވަރަށްވުރެ މާ ޅަފަތުގައި އޮތް ގަރާރެއް ކަމަށެވެ.

ބަރުލަމާނީ ނިޒާމްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރިޔާސީ ނިޒާމުކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު