Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެރިކަމުގެ ނިޒާމުގެ ބަހުސް

އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ 47،000 މެމްބަރުންގެ ވޯޓު ގެއްލޭނެ، ސަރުކާރަށް ލިބޭނީ %27 ވޯޓު: ނަޝީދު

ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ހިސާބު ޖައްސަވަނީ ސިޔާސީ ހަގީގަތަށް ބަލައިގެންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 އޯގަސްޓު 2022 | ބުދަ 02:53
ރައީސް މުހައްމަދު ނަޝިދު

ރައީސް މުހައްމަދު ނަޝިދު

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާއި ވެރިކަމުގެ އޮނިގަނޑަށް ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް އެއްބަސްނުވެއްޖެނަމަ އެމްޑީޕީގެ 47،000 މެމްބަރުންގެ ވޯޓު ސަރުކާރަށް ގެއްލޭނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް އަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ތާއީދުހޯއްދެވުމުގެ ގޮތުން އެމްޑީޕީ ހަރުގޭގައި ގެންދަވަނީ ކޮންމެ ރެއަކު ސިލްސިލާ ބައްދަލުވުންތަކެއް އެމަނިކުފާނު ބާއްވަވަމުންނެވެ. އެބައްދަލުވުމުގެ ތެރެއިން އަންގާރަ ދުވަހު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނު ޖައްސަވާ ހިސާބު ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި 233،889 މީހުން ވޯޓު ލާފައިވާއިރު މީގެތެރެއިން 42 އިންސައްތަ މީހުން ވޯޓުލާފައިވަނީ ޕީޕީއެމް އަށެވެ. އެއީ 98،223 މީހުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މިމީހުންނަކީ އޭރުވެސް އަދި މިހާރުވެސް އެމްޑީޕީ ސަރުކާރާއެކު މަސައްކަތްކުރަން ތިބި ބައެއް ނޫންކަމަށެވެ.

98،233 މީހުން ޖުމްލަ އަދަދުން އުނިކުރުމުން ބާކީ ތިބީ 135،000 މީހުންކަމަށާއި މީގެތެރެއިން އަބަދުވެސް ޖުމްހޫރީ ޕާޓީ(ޖޭޕީ)ން 12 އިންސައްތަ ވޯޓު ހޯދާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލު އިންތިޚާބާ ދެމެދު ބޭއްވި ހުރިހާ އިންތިޚާބުތަކެއް ދިރާސާކުރާއިރު އަބަދުވެސް ޖޭޕީން 12 އިންސައްތަ ނުވަތަ 14 އާއި 16 އިންސައްތަ ވަރުގެ ވޯޓު ހޯދާކަމަށެވެ. އެހެންކަމުން ޖޭޕީން 16،000 ވޯޓު ހޯދާއިރު 135،000ން އެއަދަދު އުނިކުރުމުން ބާކީ ތިބީ 119،000 މީހުންނެވެ.

އިންތިޚާބުތަކަށް ބަލާލުމުން ރައީސް މައުމޫންގެ އެމްއާރުއެމް އާއި އަދާލަތު ޕާޓީ އެއްކޮށް އޮވެ ނަގަނީ 6 އިންސައްތަ ވޯޓުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ 7000 ވޯޓު ކަމަށްވާއިރު 119،000ން 7000 އުނިކުރުމުން އެމްޑީޕީއަށް ނެގެން އޮތީ 112،000 ވޯޓުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއަދަދަކީ އެމްޑީޕީ އެކަނި އެކީގައި އޮވެ މިކަން ކުރާނަމަ ލިބޭނެ ވޯޓު ކަމަށެވެ. ރަައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ހިސާބު ޖައްސަވަނީ ސިޔާސީ ހަގީގަތަށް ބަލައިގެންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ނިޒާމީ ވޯޓަށް ފުރުސަތު ދިނުން އެއީ ބުއްދިވެރިކަމެއް ނޫންކަމަށް ދެކެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް އެވޯޓަށް ފުރުސަތު ނުދީފިނަމަ އެމްޑީޕީގެ 42 އިންސައްތަ މެމްބަރުންގެ ވޯޓު ނުލިބޭކަން އެނގިވަޑައިގަންނަވާކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ކަންކަމާއި 2023 ވަނަ އަހަރުގެ ކަންކަން އެއްވެސް ހާލެއްގައި އެއްގޮތް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެންކަމުން އެމްޑީޕީ މެމްބަރުން މިކަމާ ވިސްނަވަންޖެހޭކަމަށެވެ.

ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވަކާލާތުކުރައްވާ ސަބަބުތައް ވިދާޅުވެދެއްވާފައެވެ. އޭގެތެރޭގައި މިހާރުވެސް ރައްޔިތުން ކަންކަމު ބޭނުންވުމުން މެމްބަރުންނަށް ގުޅާކަމަށާއި ނަމަވެސް ހަގީގަތުގައި މެމްބަރުންނަށް ކަމެއް ކޮށްދެވެން ނޯންނަކަމަށާއި ކަންކަން ކޮށްދެވެނީ ވަޒީރުންނަށްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ މެމްބަރުން ވަޒީރުންގެ ގޮތުގައި ތިބެ އެކަންކަން ދުވަހުން ދުވަހަށް ނިންމުން އެއީ އެދޭގޮތްކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް އަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، މަގާމަށް އިންތިޚާބު ކުރެވޭނީ 35 އިންސައްތައަށްވުރެ މަތިން އަޣުލަބިއްޔަތު ލިބޭ މީހަކަށްކަން ބަޔާންކޮށް، ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށެވެ. އަދި ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ.

ރައީސް ނަޝީދުގެ މިގަރާރާއި ގުޅިގެން އެމްޑީޕީގެ އެންމެ އިސްލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު  "ރާއްޖެ ޓީވީ" އަށް ދެއްވި އެކްސްކްލޫސިވް ފޯން އިންޓަރވިއުގައި ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން ތާއީދުނުކުރައްވާކަމަށެވެ. އަދި މި ގަރާރު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޮންގްރެސްގެ ތެރެއިން މި ފާސްވެގެންދާތަން ވެސް ފެނިވަޑައިނުގަންނަވާ ކަމަށާއި ޕާޓީގެ ތެރެއިން ފާސްކުރިޔަސް އަދި މަޖިލީހަށް ދާންޖެހޭ ކަމަށާއި، މަޖިލީހުން ގާނޫނުއަސާސީއަށް ބަދަލެއް ގެންނަންޔާ އެ ފާސްކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު ރިފަރަންޑަމްއަކަށް ދާންޖެހޭނެ ކަމަށާއި، ގާނޫނުގެ ތެރެއިން ކުރަންޖެހޭ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް މިއީ މިވަގުތު ކުރިއަށްގެންދަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނަށް ގަބޫލެއް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ބަރުލަމާނީރިޔާސީ ނިޒާމުރައީސް ނަޝީދުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު