Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދާލަތުގެ ތާއީދު ރިޔާސީ ނިޒާމަށް

އަދާލަތަށް ފުރުސަތު ފަހިވާނީ ބަރުލަމާނީ ނިޒާމުން، ނަމަވެސް ޕާޓީގެ މަސްލަހަތު އިސްކުރަން މެމްބަރުން ނުރުހޭނެ: އިމްރާން

16 އޯގަސްޓު 2022 | އަންގާރަ 23:59

ގައުމީ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރުމަށް އަދާލަތު ޕާޓީގެ މެމްބަރުން އެއްގޮތަކަށްވެސް ނުރުހޭނެކަމަށް އިމްރާން ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 އޯގަސްޓު 2022 | އަންގާރަ 23:59
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީއަށް ފުރުސަތު އެންމެ ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމުގެ އަޑުގަދަވެފައިވާ މިދަނޑިވަޅުގައި އިމްރާން ހޯމަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ މިރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫންކަމަށެވެ. ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަކުރައްވައި އިމްރާން ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސްއަވަހަށް ސަރުކާރު ބަދަލުވާނެކަމަށެވެ. އަދި ރައްޔިތުން ބައިބައިވެ ހާލުގައިޖެހުން ފިޔަވައި އިތުރު މޮޅުކަމެއް ނުވާނެކަމަށް އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އޭގެފަހުން އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓްގައި އަދާލަތު ޕާޓީއަށް ފުރުސަތު ބޮޑީ ބަރުލަމާނީ ނިޒާމުންކަމަށް ވިދާޅުވެ އިމްރާން ވިދާޅުވީ އެހެންނަމަވެސް ގައުމީ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރުމަށް އަދާލަތު ޕާޓީގެ މެމްބަރުން އެއްގޮތަކަށްވެސް ނުރުހޭކަން އެމަނިކުފާނަށް ޔަގީންކަމަށެވެ.

ކުރިޔަށް އޮތް އެމްޑީޕީ ކޮންގްރެސްއަށް، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނާނެ އިސްލާހުތަކާއި ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާނެ ގޮތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހާމަކުރައްވާފައެވެ. އަދި ރައީސް ނަޝީދު ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ވަކާލާތުކުރައްވަމުންނެވެ. ނަމަވެސް އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރައްވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ގެންނަން ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

އަދާލަތު ޕާޓީހޯމް މިނިސްޓަރު، އިމްރާން އަބްދުﷲރިޔާސީ ނިޒާމުބަރުލަމާނީ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ
22 އޮކްޓޯބަރު 2025

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން
20 އޮކްޓޯބަރު 2025

ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

20 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!
03 އޮކްޓޯބަރު 2025

ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

03 އޮކްޓޯބަރު 2025
ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
02 އޮކްޓޯބަރު 2025

ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ކަންކަން ރަނގަޅުކުރަން އިތުރު ފުރުސަތެއް ނުލިބިދާނެ: އަމީރު

02 އޮކްޓޯބަރު 2025
ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ކަންކަން ރަނގަޅުކުރަން އިތުރު ފުރުސަތެއް ނުލިބިދާނެ: އަމީރު
24 ސެޕްޓެމްބަރު 2025

"ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"

24 ސެޕްޓެމްބަރު 2025
 "ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"
05 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން

05 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން
07 އޯގަސްޓު 2025

ކައުުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލައްވައިފި

07 އޯގަސްޓު 2025
ކައުުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލައްވައިފި
15 މެއި 2025

ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެ: އަދާލަތު ޕާޓީ

15 މެއި 2025
ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެ: އަދާލަތު ޕާޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް