ރާއްޖެ
ދޯންޏެއްގެ ބައެއް އޮޔާދިޔުން
ދޯންޏެއްގެ ބައެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެންޑީއެފުން ބުނީ މަސްދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައި ވަނީ ގދ. ތިނަދޫއާ ދިމާ ބޭރުން ހުޅަނގަށް ކަމަށް

އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 އޯގަސްޓު 2022 | އަންގާރަ 23:52

އޮޔާދާ ދޯނި
ގދ. ތިނަދޫ ބޭރުން މަސް ދޯންޏެއްގެ ބައެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މަސްދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވަނީ ގދ. ތިނަދޫއާ ދިމާ ބޭރުން ހުޅަނގަށް ކަމަށެވެ. އެހެން ކަމުން އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ. އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރުމުގައި ޚާއްޞަ ސަމާލުކަމެއްދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.






