Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ސިޔާސީ މަސްރަހު

ބަރުލަމާނީ ނިޒާމުން ކޯލިޝަންގެ މައްސަލަ ހައްލެއްނުވާނެ: ރޮޒޭނާ

ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަރުލަމާނީއަކީ އެންމެ އެކަށީގެންވާ ނިޒާމެއް ނޫން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 އޯގަސްޓު 2022 | އަންގާރަ 18:10
މެމްބަރު ރޮޒޭނާ

މެމްބަރު ރޮޒޭނާ

ބަރުލަމާނީ ނިޒާމެއްގައި ކޯލިޝަނާއެކު ނޫނީ ވެރިކަމަށް ނާދެވޭގޮތަށް ރާއްޖޭގައި ދެމިގެންދާ ސަގާފަތަށް ބަދަލެއް ނާންނާނެކަަމަށާއި، އެ ނިޒާމުގައި ކުދި ޕާޓީތަކުގެ ދައުރު ވާނީ ބޮޑު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާނެ ގޮތް ހާމަކުރައްވައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެމްޑީޕީގެ ކޮންްގްރެސްއަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާފައެވެ. ރައީސް ނަޝީދު ވަނީ ކޯލިޝަނަކާނުލާއި އެއް ޕާޓީއަކަށް ވެރިކަމަށް ނާދެވުމުން، ވެރިކަމުގައި ހުންނަ މީހަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަމަށް ވިދާޅުވެފައެވެ. ކުދި ޕާޓީތަކާއެކު ވެރިކަންކުރަން ޖެހުމުން ވެރިކަމުގެ ނިޒާމު ގަޑުބަޑުވާކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަންގާރަ ދުވަހުގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒޭނާ ވިދާޅުވީ، ކޯލިޝަނަކާއެކު ވެރިކަން ނުކުރެވެނީ ވެރިކަމުގައި ހުންނަ މީހާގެ އެ ގާބިލުކަން ނެތުމުން ކަމަށެވެ. އެހެންނަމަވެސް ކޯލިޝަނަކާއެކު ކާމިޔާބުކަމާއެކު މަސައްކަތްކުރެވޭނެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސާބިތުކޮށްދެއްވާފައިވާކަަމަށް ރޮޒޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ތިން ބާރު އެއްކުރަން ދައްކާ ވާހަކަތަކަކީ ރައްޔިތުންނަށް ހެޔޮ އެދިގެން ދެކެވޭ ވާހަކަތަކެއްކަމަށް ގަބޫލުނުކުރެއްވޭކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ކަރުދާހުގައި، ބަރުލަމާނީ ނިޒާމުގައި ކޯލިޝަނާމެދު ވަނީ ސައްހަ ވާހަކަތަކެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެފަދަ ކުޑަ ގައުމަކަށް ބަރުލަމާނީއަކީ އެންމެ އެކަށީގެންވާ ނިޒާމު ނޫންކަމަށާއި، އެމްޑީޕީގެ ގިނަ މެމްބަރުންވެސް ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާކަަމަށް ރޮޒޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަން ކުރަން ނިންމީ ރައްޔިތުންގެ ވޯޓަކުން ކަމަށްވާއިރު ރައްޔިތުންގެ ބަހަކާނުލައި އެ މަސައްކަތް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރޮޒޭނާ ވަނީ އެއީ ރައްޔިތުންގެ ބާރު ކަނޑުވާލުންކަން ފާހަގަކުރައްވާފައެވެ. ބަރުލަމާނީ ނިޒާމަކާއެކު ރައްޔިތުންގެ މެދުގައި ބައިބައިވުން އިތުރުވާނެ ކަމަށާއި، ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ދޫކޮށްލަން ރައްޔިތުން ބޭނުންނުވާނެކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ރައީސް ނަޝީދު މަސައްކަތްކުރައްވާއިރު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދު ﷲ އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ނަގާކިޔާ ބޭފުޅުން ގެންދަވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވަމުންނެވެ.

އެމްޑީޕީބަރުލަމާނީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު