Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު

ރިޔާސީ އިންތިޚާބަށް ލަފާ ކުރާ ބަޖެޓުގެ މަސައްކަތް މި ހަފްތާގައި ނިންމާލެވޭނެ ކަމަށް ބެލެވޭ: ފުއާދު

ފުއާދު ވިދާޅުވީ އިންތިޚާބު ދެ ބުރަކަށް ބާއްވަން ޖެހިދާނެތީ ދެ ބަޖެޓް ވަކިން ހަދާ ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2022 | އަންގާރަ 13:16
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ލަފާ ކުރެވޭ ބަޖެޓުގެ މަސައްކަތް މި ހަފްތާ ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ފުއާދު ވިދާޅުވީ ބަޖެޓު ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ، މި ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުއާދު ވިދާޅުވި ގޮތުގައި ކުރީގެ ރިޔާސީ އިންތިޚާބުތަކަށް ބަލައި ލަފާ ކުރެވޭ ގޮތުގައި އިންތިޚާބުގެ އެއްބުރުގެ ވޯޓަށް 100 މިލިއަނެއްހާ ރުދިޔާ ހޭދަ ވާނެއެވެ. ނަމަވެސް މިފަހަރު ދެބުރަކަށް ދާން ޖެހިދާނެ ކަމަށް ބެލެވޭތީ ދެ ބުރުގެ އިންތިޚާބުގެ ބަޖެޓު ވަކިން ތައްޔާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބް އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބްއެވެ. މި އިންތިޚާބުގެ ވޯޓުފޮށިތައް ރިސޯޓުތަކާއި ރާއްޖޭން ބޭރުގެ ޤައުމުތަކާއި އިންޑަސްޓްރިއަލް ރަށްތަކުގައި ވެސް ބަހައްޓަން ޖެހޭއިރު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ވެސް އިތުރުވާނެއެވެ.

2023ވަނަ އަހަރުގެ އިންތިޚާބަށް މިހާރު ވެސް ބައެއް ޕާޓީތަކުން ވަނީ ތައްޔާރުވާން ފަށާފައެވެ. އެގޮތުން، އެ ޕާޓީތަކުން ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައަޅައި ޓިކެޓްވެސް މިހާރު ވަނީ ހަވާލުކޮށްފައެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އިންވެސް މިއަހަރު އެ އިންތިޚާބުގެ މަސައްކަތް ފަށާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ އިތުރުން ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލު ގެންނަނަމަ އެކަމަށް ދާ ޚަރަދާ ގުޅޭ ގޮތުން ވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ވަނީ "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓެއް ބާއްވާނަމަވެސް ރިޔާސީ އިންތިޚާބެއްގެ އެއްބުރަށް ދާނެ ވަރަށް (100 މިލިއަނެއްހާ ރުފިޔާ) ޚަރަދުވާނެއެވެ.

ނިޒާމީ ވޯޓުގެ ވާހަކަތައް މިހާރު ދެކެވުނު ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެފަދަ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ފުއާދު ވިދާޅުވިއެވެ. އެ މަޝްވަރާތައް ކުރަން ފަށާއި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލީހުން އެކަން އީސީއަށް އެންގުމުން ކަމަށާއި ޤާނޫނީ ގޮތުން ހަވާލު ކުރާ ހުރިހާ މަސައްކަތެއް އީސީ އިން ކުރަމުންގެންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންރިޔާސީ އިންތިޚާބު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު