Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޑިޖިޓަލް ހިދުމަތްތައް

ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މުޖުތަމައުގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް

އުރީދޫގެ އަމާޒަކީ ގަތަރާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ޕާޓްނާޝިޕްތައް ގާއިމްކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އޯގަސްޓު 2022 | އަންގާރަ 07:48
ތިން ވަޒީރަކު ގަތަރަށް ވަޑައިގަތުން

ތިން ވަޒީރަކު ގަތަރަށް ވަޑައިގަތުން

އުރީދޫ މޯލްޑިވްސްއިން އިންތިޒާމްކޮށް ރާއްޖެއާއި ގަތަރުގެ ބައެއް މިނިސްޓަރީތަކާއި މުއައްސަސާތަކާ ގުޅިގެން ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މުޖުތަމައުގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާ މީޓިންގްތަކެއް ދޯހާގައި ބާއްވައިފިއެވެ.

އުރީދޫގެ ތަސައްވަރާ އެއްގޮތުގެ ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އެކި ސިނާއަތްތައް ހިމެނޭހެން މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން މިސް ފާތިމާ އަލް ކުވާރީ ވަނީ ރާއްޖޭގެ މިނިސްޓީރިއަލް ޑެލެގޭޝަންއަކަށް ދައުވަތު ދީ، ގަތަރުގެ ދޯހާގައި ހުންނަ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާއެކު ބައްދަލުވުންތައް ބޭއްވުމުގެ މަގު ފަހިކޮށްދީފައެވެ. މި ބައްދަލުވުންތަކަކީ އުރީދޫ އިން އިސްނަގައިގެން، ގަތަރާއި ރާއްޖެއާ ދެމެދު ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކުރެވިދާނެ ކަންކަމާއި ވުޒާރާތަކާއި މުއައްސަސާތަކުގެ ކުރިއެރުމަށް ކަންކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކެކެވެ.

މި ބައްދަލުވުންތަކުގައި ރާއްޖެއިން، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އޮނަރަބަލް އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އޮނަރަބަލް ޢާއިޝަތު ޢަލީއާއި، ި، މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ އޮނަރަބަލް ދުންޔާ މައުމޫނުގެ އިތުރުން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުކުރެއްވި ޤަޠަރުން ބައިވެރިވަޑައިގެންނެވި މިނިސްޓަރުންގެ ތެރެއިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ބުތައިނާ ބިންތު ޢަލީ އަލްނުއައިމީއާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ޝައިޚް ޑޮކްޓަރ ފަލިޙް ބިން ނާސިރު ބިން އަޙްމަދު ބިން ޢަލީ އާލް ޘާނީއާއި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ޝައިޚް މުހައްމަދު ބިން ޢަލީ އާލް މަނާއީއާއި، މިނިސްޓަރ އޮފް ކަލްޗަރ، އާޓްސް އެންޑް ހެރިޓޭޖް، ޝައިޚް ޢަބްދުއްރަޙްމާން ބިން ހަމަދު އަލް ޘާނީ ހިމެނިވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި އުރީދޫ ގެ އިސް މނޭޖްމެންޓް ޓީމުގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ޙުސައިން ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޤަތަރުގެ މިނިސްޓްރީތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ލައިބްރަރީ ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޤަތަރު ފައުންޑޭޝަންއާއި ކަމާބެހޭ މުހިންމު މުއައްސަސާތަކަށް ޒިޔާރަތްކުރުމުގެ މަގުވެސް އުރީދޫއިން ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން ޤަތަރުގެ ޤައުމީ ދާރުލްއާޘާރާއި، ކަތާރާ ކަލްޗަރަލް ވިލެޖާއި، އާރޓް ގެލަރީއާއި، ވަރކްޝޮޕްތަކާއި އެގްޒިބިޝަންތައް ބާއްވާ ތަންތަނާއި، ޕަރފޯމަންސް އެރީނާތަކުގެ އިތުރުން އެހެނިހެން ޘަޤާފީ ދާރުލްއާސާރުތައް ވަނީ ޒިޔާރަތްކޮށްފައެވެ.

މި ބައްދަލުވުންތަކާއެކު އުރީދޫގެ އަމާޒަކީ ގަތަރާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ޕާޓްނާޝިޕްތައް ގާއިމްކުރުމެވެ.

އުރީދޫގަތަރު

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު