Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެރިން އެކްސްޕޯ

މެރިން އެކްސްޕޯ: އެމްޓީސީސީގެ ސްޓޯލަށް ބޮޑު ތަރުހީބެއް!

ސުޒުކީ އަދި ޔަންމާ އިންޖީނާއި ސްޕެއަރޕާޓްސްގެ އިތުރުން، ކާސްޓްރޯލް ލުބްރިކެންޓް ކަހަލަ އެކި ޕްރޮޑަކްޓްތައް ދައްކާލުމާއި މައުލޫމާތުދިނުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޯގަސްޓު 2022 | ހޮނިހިރު 14:28
މެރިން އެކްސްޕޯ - އެމްޓީސީސީގެ ސްޓޯލް

މެރިން އެކްސްޕޯ - އެމްޓީސީސީގެ ސްޓޯލް

މެރިން އެކްސްޕޯގެ އެމްޓިސީސީގެ ސްޓޯލަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދާކަމަށާއި، މިހާތަނަށް އަައިއިރު 300ށްވުރެ ގިނަ ބައިވެރިން އެމްޓީސީސީގެ ސްޓޯލަށް ޒިޔާރަތްކޮށްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ ސީނިއަރ މާކެޓިން އޮފިސަރ އަލީ ޒައިން ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މި އެކްސްޕޯގެ ތެރެއިން އާއްމުންނަށް އެމްޓީސީސީގެ ޚިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައިވާކަމަށާއި، އެމްޓީސީސީއަށް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބާމެދު ހިތްހަމަޖެހޭކަމަށެވެ. އެގޮތުން ކުރިން ނުފެންނަ ޕްރޮޑަކްޓްތައް މި ފަހަރުގެ އެކްސްޕޯގައި ދައްކާލާފައިވާކަމަށާއި، ބޯޓު މާކެޓުގެ އިތުރުން އެޗްއާރާ ގުޅުންހުރި ކަންކަމުގެ މައުލޫމާތުވެސް އާއްމުންނަށް ފޯރުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި އެކްސްޕޯގައި އެމްޓީސީސީގެ ބައިވެެރިވުމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ މާކެޓިންގ އޮފިސަރ ޝަމްވީލް މުހައްމަދު ވަނީ، ޓްރޭޑިންގއާއި އިންޖިނިއަރިންގގެ އިތުރުން މަރާމާތާ ގުޅުންހުރި ޕްރޮޑަކްޓްތައް ދައްކާލާފައިވާކަން ފާހަގަކުރައްވާފައެވެ. ކަސްޓަމަރ ރިލޭޝަން މެނޭޖްމެންޓް އޮފިސަރ މަރިޔަމް ރައްޔާ ވަނީ، މި އެކްސްޕޯގައި އެމްޓީސީސީގެ ކަށަވަރު ޝޯރޫމުން ލިބޭ ޚިދުމަތްތަކުގެ ތަފްސީލް ހިއްސާކުރަމުންދާކަން ވެސް ފާހަގަކުރައްވާފައެވެ.

އެމްޓީސީސީން ވިއްކާ ސުޒުކީ އަދި ޔަންމާ އިންޖީނާއި ސްޕެއަރޕާޓްސްގެ އިތުރުން ކާސްޓްރޯލް ލުބްރިކެންޓް ކަހަލަ އެކި ޕްރޮޑަކްޓްތައް ދައްކާލުމާއި މައުލޫމާތު ދިނުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެމްޓީސީސީމޯލްޑިވްސް މެރިން އެކްސްޕޯ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު